ފޮޓޯ އިން ތިޔަ ފެންނަނީ އުމުރުން 50 އަހަރުގެ ޝެނީ ހެގަން އެވެ. ނަމަވެސް، އޭނާގެ މޫނު މަތިން 50 އަހަރު ހެން ހީ ނުވާ އިރު، ގިނަ ބަޔަކު ހީކުރަނީ އޭނާ އަކީ ކުޑަ ކުއްޖެއް ކަމަށެވެ.

ޝެނީގެ ފިރިހެން ދަރި އެއް ހުންނަ އިރު، އެ ދަރިފުޅު ގޮވައިގެން ބޭރުގައި އުޅޭ އިރު ގިނަ ފަހަރަށް އޭނާގެ ރަހުމަތްތެރިންނަށް ހީވެފައި އޮންނަނީ އެއީ އެ ކުއްޖާގެ ދައްތަ ކަމަށެވެ. މީގެ އިތުރުން ޝެނީ ބާ ތަކަށް ގޮސް އުޅޭ އިރު އަދި 18 ޕްލަސް ފިލްމް ތައް ބަލަން ސިނެމާ އަށް ދާއިރު، ޝެނީ އަށް 18 އަހަރު ވި ތޯ ޔަގީން ކުރުމަށް އޭނާގެ އައިޑީ ކާޑު ވެސް އެތަންތަނުން ޗެކް ކުރެއެވެ.

އުމުރުން 50 އަހަރުގައި ވެސް ރީތިކަން ލިބުމުގެ ސިއްރަކީ ޝެނީ ބުނާ ގޮތުން ފިރިހެނަކާއި ނުލައި ސިންގަލް ކޮށް ހުރުމެވެ.

"21 އަހަރު ވި ފަހުން އަހަރެންގެ ހަށިގަނޑަށް އެއްވެސް ބަދަލެއް ނާދޭ. ދިމާވާ މީހުންވެސް ހިކުރަނީ އަހަރެން ވަރަށް ކުޑަ ކަމަށް. އެންމެންވެސް ވަރަށް ހައިރާން ވެފަ ތިބެނީ. މިކަމުގެ ސިއްރަކީ ސިންގަލް ކޮށް ހުރުން. ފިރިހެނުންގެ ކަންކަމާއި ވިސްނަން ނުޖެހޭތީ މޫނު މައްޗައް ރުލެއް ވެސް ނާރާ" ޝެނީ ބުނެފައި ވެއެވެ.

ޝެނީ ކުޑަ ކަމަށް ހީކޮށް، އޭނާގެ ދަރިފުޅު ސްކޫލްގެ ކުދިން ވަނީ މީގެ ކުރިން ޝެނީ އާއި ބެހިވެސް ފައެވެ. އެހެން ނަމަސް، ހަގީގަތް އެނގުމުން އެކަންތައް މިހާރު ވަނީ ހަމަ އަކަށް އެޅިފައެވެ.