އިޓަލީގައި ޖޯސެފް އާއި އެމެރިކާގެ ޖެނިފާ ކާޓެލޯންގެ އަންހެން ދަރިފުޅު ދިން ހަދިޔާ އެއްގެ ސަބަބުން ޖޯސެފްގެ ދަރީގެ ބައްޕަ އަކީ އެހެން މީހެއް ކަން ފަޅާ އަރައިފިއެވެ.
މިހާރު އުމުރުން 24 އަހަރުގެ ރެބެކާ ގަސްތު ކުރީ ކްރިސްމަސް ހަދިޔާ އެއްގެ ގޮތުން އޭނާގެ މައިން ބަފައިންނަށް އޭނާގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ތައް ދިނުމަށެވެ. އެއީ އެމީހުންގެ ފެމިލީ ޓްރީ ބޮޑަށް ދެނެގަތުމުގެ ގޮތުންނެވެ. ނަމަވެސް، އެ ދެމަފިރިން އެ ހަދިޔާ ހުޅުވާލައި، ނަތީޖާ ތައް ބެލި ބެލުމުން ހާމަވީ އެ ކުއްޖާގެ ބައްޕަ އަކީ އެހެން މީހެއް ކަމެވެ.
ދަރި އަކު ހޯދުމަށް މައްސަލަތައް ޖެހުމުން މި ދެމަފިރިން ވަނީ އެމެރިކާގެ ކްލިނިކެއް މެދުވެރިކޮށް، ވައިޓްރޯ ފާޓިލައިޒޭޝަންގެ ދަށުން ރެބެކާ ހޯދާފައެވެ. އެހެން ނަމަވެސް، ޓެސްޓުގެ ނަތީޖާ ތަކުން އެނގޭ ގޮތުގައި އެ ކްލިނިކުން ބޭނުން ކޮށްފައި ވަނީ އެހެން މީހެއްގެ ސްޕާމް ތަކެކެވެ. މި މައްސަލަ ހޫނުވެ، ދެމަފިރިން ވަނީ މިކަން ކޯޓަށް ވެސް ގެންގޮސްފައި ކަން ފާހަގަކޮށްލެވެއެވެ.
"މިވީ އަހަރެން ދުވަހަކު ހީވެސް ކުރި ކަހަލަ ކަމެއް ނޫން. އަހަރެމެން މިހާރު މިތިބީ ޝޮކެއްގައި. ނޭނގެ ކިތައް އާއިލާ އަށް ކަމެއް ވެސް މިވަރުގެ ބޮޑު ގެއްލުމެއް ލިބުނީ އަކީ އެއް." ނޫސް ވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަމުން ޖޯސެފް ބުނެފައި ވެއެވެ.
ދަރިންވެސް އެބަތިބި އެނގޭނީ ތިހެން ޓެސްޓް ކޮށްލީމަ
މީ ކޮން އިރެއްގެ ޚަބަރެއް! ކްރިސްމަސް އާދޭތަ އޮގަސްޓަމަހު!