މިއީ 22 އަހަރުގެ އަހްސަންއަށް ދިމާވި ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ.

އަހަރެންނަށް ރައުހާ އެނގުނީ ތައިލޭންޑުގައި ކިޔަވަން އުޅުނު ދުވަސްވަރު ރަހުމަތްތެރިއެއްގެ ފަރާތުންނެވެ. ރައުހާއަކީ ލ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އެ ދުވަސްކޮޅު އޭނާއައީ އޭ ލެވެލް އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ކުއްޖެކެވެ.

އިންސްޓަގްރާމުން ކުރަން ފެށުނު ކުދިކުދި މެސެޖުތައް އިސާހިތަކު ފޯން ކޯލުތަކަށް ބަދަލުވިއެވެ. އެ ފޯނުކޯލު ތަކުގެ ސަބަބުން އަހަރެންގެ ހިތުގައި ރައުހާގެ މައްޗަށް ލޯބި އުފެދިގެން ދިޔައީ ނުވެސް އެނގި ހުއްޓައެވެ. ރައުހާ ނުބުނި ނަމަވެސް އޭނާގެ ހިތުން ވެސް އަހަންނަށް ޖާގައެއް ހާއްސަކޮށްފިކަން އެނގުނެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއް ނުވަނީސް ރައުހާއަށް ލޯބި ހުށަހަޅަން އަހަރެން ނިންމީމެވެ. އޭނާގެ ފަރާތުން ލިބޭނެ ޖަވާބަކަށް ވާނީ އާނއެކޭ ކަން އެނގި ހުރެއެވެ. ކަންހިނގައި ދިޔައީ ވެސް އަހަރެން އުންމީދު ކުރި ގޮތަށެވެ. ރައުހާގެ ޖަވާބަކަށް ވީ އާނއެކެވެ.

އަހަންނަށް ރައުހާގެ ފަރާތުން ގަޔާނުވާ ހަމަ އެންމެކަމެއް ވެސް ނުފެނެއެވެ. މާގިނަ ދުވަހު ނުފެނި ދުރުގައި ހުންނަން އުނދަގޫވިއެވެ. އެހެންކަމުން ރައުހާ ކައިރިއަށް އެނބުރި ރާއްޖެ ދާން އަހަރެން ނިންމީމެވެ. ކުޑަ ޗުއްޓީއެއް ހަދައިލުމުގެ ނިޔަތުގައި މާލެ އައިސް އޭގެ އަނެއް ދުވަހު ލާމު އަތޮޅަށް ގޮސް އެ ރަށުގައި ތިބި ރައުހާގެ ރަހުމަތްތެރިންނާ ގުޅިގެން އޭނާ ސަޕްރައިޒްކޮށްލީ ވަރަށްވެސް ފުރިހަމައަށެވެ.

ރައުހާ ފެނުނު ފުރަތަމަ ފަހަރުވެސް އަހަރެންގެ ހިތަށް ލިބުނު ފިނިކަން އަދިވެސް އިހްސާސް ވާ ކަހަލައެވެ. އެދުވަހު އެކުގައި ސައިކަލު ދުއްވައިލުމަށްފަހު، ބަނދަރުމަތީގައި ހުރި ހިލަތައް މަތީގައި ދެމީހުން ތަރިތަކަށް ބަލަން ތިބި މަންޒަރު އަދިވެސް ފެންނަ ކަހަލައެވެ. އެކުގައި ބާބަކިއު ހެދުމަށްފަހު ލޯބިން ދެއްކި ހުރިހާ ވާހަކަތައްވެސް އަޑު އިވިއިވި ހުންނަ ކަހަލައެވެ. ހަމަ ރަނގަޅަށް ވެސް އަހަންނަށް ރައުހާދެކެ އިންތިހާއަށް ލޯބިވެވިއްޖެކަން ކަށަވަރުވީ އެދުވަހުއެވެ.

އަހަރެން އެނބުރި ތައިލޭންޑަށް ދިޔައީ ދާ ހިތަކުންނޫނެވެ. އޭގެފަހުން 3 ފަހަރެއްގެ މަތިން ރައުހާއާއި ބައްދަލު ކުރަން ދިޔައީމެވެ. ނަމަވެސް، ދުވަސްކޮޅެއް ފަހުން ކުދިކުދި މައްސަލަތައް ޖެހެން ފެށިއެވެ. އެ ދުވަސްކޮޅަކީ އަހަރެންގެ ޓެސްޓު ދުވަސްވަރު ކަމުން އަހަންނަށް ރާއްޖެ ދެވޭ ގޮތެއް ނުވިއެވެ. ރައުހާގެ ފިރިހެން ރަހުމަތްތެރިއަކާއި ވާހަކަ ނުދައްކާށޭ އަހަންނަށް ބުނެވުނެވެ. އެއީ ޒައުހެވެ. ވަރަށް ނުރުހިފައި ހުރެވެސް، އެކަން ކުރަން ރައުހާ އެއްބަސްވިއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޖެހުނު މައްސަލައެއްގެ ތެރެއިން ރައުހާ ވަނީ އަހަރެންނާއި އެއްވަރަށް އޭނާގެ ރަހުމަތްތެރިޔާ ޒައުހް ވެސް މުހިއްމު ކަމަށް ބުނެފައެވެ. ޒައުޙް އޭނާގެ ރަހުމަތްތެރިއެއްގެ ގޮތުގައި ބަހައްޓަން ބޭނުންވާ ކަމަށް ބުނެ ރައުހާ އާދޭސްކުރުމުން އަހަރެން ނިންމީ އޭނާއަށް އެކަން ކޮށްދޭށެވެ. ނަމަވެސް ރައުހާގެ ހަޔާތުން އަހަރެން ދިއުމަށް ފަހުގައެވެ. އޭނާއަށް އެއްޗެއް ވިސްނޭނެކަމުގެ އުންމީދުގައެވެ.

ކަންތައްވީ ހީކުރިގޮތާއި ހިލާފަށެވެ. ރައުހާއާއި އަހަރެން ރުޅިވުމުން، އެނބުރި އައުމަށް ރައުހާ އަހަރެން ގާތު އާދޭސް ކުރަމުން ދިޔަ ވަގުތު ޒައުހު ކައިރީ ލޯބިވާކަން ރައުހާ ވަނީ ހާމަކޮށްފައެވެ. އެއީ ރައުހާގެ ކުރީގެ "ކްރަޝް" އެކެވެ. ވާހަކަ ނުދައްކަން އަހަރެން ބުނީވެސް އެ ސަބަބަށް ޓަކައެވެ. ކޮންމެއަކަސް، ރައުހާއާއެކު އުޅޭކަށް ޒައުހު ބޭނުމެއް ނުވިއެވެ. ދެން އަނެއްކާ ވެސް ރައުހާ އައީ އަހަރެންގެ ކައިރިއަށެވެ. އައުމުގެ ކުރިން ރައުހާ ބުނެފައި ވަނީ އަހަރެންގެ ކައިރިއަށް އާދެވޭނީ ޒައުހު ދޭ ޖަވާބަކަށް ބެލުމަށްފަހުގައި ކަމަށެވެ.

ޒައުހު ލިބޭގޮތް ނުވުމުން ކުރީގައި އުޅުނު ގޮތަށް ލޯބިން އަނެއްކާ ވެސް އަލުން ރައްޓެހިވުމަށް އެދި ރޮއެ އާދޭސް ކުރާކަށް އަހަރެން ވެސް ބޭނުމެއް ނުވިއެވެ. އަހަރެން މުހިއްމު ނުވި މީހަކަށް ދެންވެސް އުފަލުގައި އުޅެވިދާނޭކަމާމެދު ސުވާލު އުފެދެއެވެ. ދެން ވެސް އަހަރެން ދޫކޮށް ހިނގައިދާނެ ކަމުގެ ބިރު ހީވެއެވެ. އަހަރެންގެ ހިތަށްވާ ތަދު އިހްސާސްވާނެ މީހެއް މި ދުނިޔެ މައްޗަކު ނުހުންނާނެއެވެ. ރައުހާ ކައިރިއަށް ދާންވީ ތޯ ނުވަތަ ނުދާންވީ ތޯ އެއީ މިވަގުތު އަހަރެންގެ ހިތުގައި އުފެދިފައި އޮތް އެންމެ ބޮޑު ސުވާލެވެ. ރައުހާއާއެކު ވަނީ ފޮނިފޮނި ހަނދާން ތަކެކެވެ. އެ ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. މިއަދު އަހަރެން މިހުންނަނީ މިކަމުގައި ހަދާނެ ގޮތް ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢާލް

    ދާނެ ކަމެއް ނެތް. ޢެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުއްމާލާނެ.

    78
    1
  2. ރުމޭ

    ތި އަންހެން ކުއްޖާ ތި ވީކީ ހަގީގީ ލޯތްބެއްނޫން އެއްވެސް ކުލުނެއްނެތް. ކައިވެނި ކުރިޔަސް އޭނަ ދާނެ އޭނަ ހިތް އެދޭ މީހެއް އެ ފުރުދަތު އޭނައަށް ދީފިއްޔާ. ހެޕީ ލައިފް އެއް ނުލިބޭނެ އެކަހަލަ މީހަކާއެއްކޮށް އުޅެގެން

    45
    2
  3. އަހްމަދު

    އޭނާ އެވީ ލޯތްބެއް ނޫން. ބްރޭކްއަޕް ވީމާ ހިތްހަމަ ޖައްސާލަން އެ ރައްޓެހި ވީ.
    އިޝްގުގަ ޖެހިގެން ހަލާކުވެ ނުދާށޭ.
    ހެއްދެވުން މަގްސަދު ހަނދާން ނައްތާ ނުލާށޭ
    އެނބުރި ދިއުން އޮތީ ހެއްދެވި އިލާހު ހަޒްރަތަށޭ.
    އަމުރު ކުރެއްވި ކަންތައް އަދާކޮށްފިންހޭ.

    45
  4. ނަބީހް

    ތިއީ އުފެއްދެވި އެއްޗަކާ އުފެއްދެވި އެއްޗަކަށް އޮތް ލޯބި ކަމުގައި ވަނީ ނަމަ އުފެއްދެވި އެއްޗާއި އެ އުފެއްދެވި ފަރާތާއި މެދުގައި އޮތް ލޯބި ކޮބައިތޯއެވެ. ނެތް ނަމަ ދެން ޖެހޭނީ ހަމަ ތި ގޮތް ހުސްވުމުގައި އުމުރު ހޭދަކުރާށެވެ.

  5. ނަބީހް

    ތިއީ އުފެއްދެވި އިންސާނަކާއި އިންސާނަކާއި ދެމެދުގައި އޮތް ލޯބި ކަމުގައި ވަނީ ނަމަ އުފެއްދެވި ފަރާތާއި ދެމެދުގައި އޮތް ލޯބި ކޮބައިތޯއެވެ؟ ނެތް ނަމަ ދެން ދައްކާނެ ހުއްޖަތެއް ނެތް. ހަމަ ތި ހިތާމަ ތަކާއި ތިި ފިކުރު ތައް ވަގުތު ބޭކާރު ކުރުވާނީ

  6. ޟހޗު

    ޢަވަހަށް އިސްތިހާރާ ނަމާދު ކޮއްލާ. ޢެއީ އެ ންމެ ރަ ނގަޅު ގޮތަކީ

    5
    1