މި އަހަރުގެ ވެސް އަލްހާ އީދު ދުވަސް ބޯމަތި ވެފައި ވާއިރު، އެތައް ހާސް ބަޔަކު ރަށަށް ނުދެވި މާލޭ ގައި ރޯން ތިބިކަން ޔަގީނެވެ.

ރަސްމީ ކޮށް މިފަހަރުގެ އީދު ކުޅިވަރު ތައް ފާހަގަ ކުރަން ހަމަޖެހިފައި އޮތީ ޅ. ހިންނަވަރު ގައި ނަމަވެސް، ބ. އޭދަފުއްޓާއި، ލ. އަތޮޅުގެ އިތުރުން އެނޫންވެސް ގިނަ ރަށްތަކުގައި މަޝްހޫރު ފަންނާނުން ނާއި އެއްކޮށް ކުލަ ގަދަ ގޮތެއްގައި އީދު ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އީދު ފާހަގަކުރުމަށް ގިނަ ބަޔަކު ރަށަށް - ވަގުތު އިމޭޖްސް

ރާއްޖެއަކީ އީދުގައި މަޖާ ކުޅިވަރުތަކާއި، ސަގާފީ ގިނަ ހަރަކާތްތައް ހިންގަމުން އަންނަ ގައުމެކެވެ. އީދަކީ ދިވެހި ވަންތައް ގިނަ ކަންތައްތަކެއް ދިވެހިންގެ ތެރެއިން ފެނިގެންދާ ދުވަސްވަރެއްވެސް މެއެވެ. ދިވެހިންގެ ދިވެހި ވަންތައް މަސައްކަތްތައް ދައްކައިދޭ ކޯޑި އާއި، މާލި ނެށުމާއި، ބޮޑު މަސް ދުއްވުމާއި، ކުލަ ޖެހުމަކީ މިއީ އީދުގައި އާއްމުކޮށް ކުރަމުން އަންނަ ކަންކަމެވެ.

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ކުލަ ޖަހަނީ - ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އާއްމުކޮށް ޕްރައިވެޓް އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް އީދަށް ތަންތަނަށް ދެވޭނީ މަދު ފަހަރެއްގައެވެ. މާލޭގައި އީދަށް މާބޮޑު ކަމެއް ނޯވެއެވެ. މާލޭގައި ތިބޭ މީހުުންވެސް ގޭގައި ތިބެގެން ނިދާނީއެވެ. ނޫނީ މާލެ ތެރޭގައި ބުރު ޖަހަން ދާނީއެވެ.

މިގޮތަށް އީދާއި ދިމާކޮށް ތަންތަނަށް ނުދެވި ތިބޭ މީހުން އީދު ކުޅިވަރު ބަލަން ތިބެން ޖެހޭނީ ގޭގެ ބޮޑު ސިޓިންގ ރޫމްގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ުއަން ކޮންފަޓް

    ކޮންފޯޓް އެކްސް ޕްރެސް ކިޔާ ބަޔަކު އަހަރުންގެ ލީވް އަދި އީދު ޗުއްޓީ ހަރާބު ކޮއްލައިފި

    30
    • ޢަލީ

      ކީއްވީތަ؟؟ އެމީހުނަ ކިހިނެއްތަ ހެދީ؟؟ ޗުއްޓީ ކެންސަލްކުރީތަ؟؟ އެތާގަތަ ވަޒީފާއަދާކުރަނީ..އީދުނުނިމެނީސް އޮފީހަށް ނިކުންނަން ބުނީދޯ؟ އަނެއްކާ ޗުއްޓީނަގާ އެވަރުކަމެއްނޫނެއްނު...

  2. ފްރެންޑު

    ކޮބައިތަ އެއުޅޭ "މެން އާރ ޓްރޭޝް" އޭ ކިޔާ ގްރޫޕް. ކަލޭމެން ލޯންޗަށް ނޫނީ ދޯންޏަށް އަރަންވީމަ ފިރިހެނަކާއި ދިމާލަށް ދޯ އަތްދިއްކުރަން ޖެހެނީ. އެނީވޭ، ވަރަށް އުފާވެރި ބޮޑު އީދު ޗުއްޓީއަކަށް އެދެން ހުރިހާ އެންމެންނަށްވެސް.

    19
  3. ޙފޒ

    ކޮންމެހެން ނުޖެހޭ އީދު ބަންދޭ ކިޔާފަ ތަންތަނަށް ދާކަށް. މާ މޮޅުކަމެއްތަ މި ކުރެވެނީ. ޙުރިތާ ހުރެގެންވެސް އީދު ފާހަގަކުރެވޭނެ. ކޮންމެހެން ބަޔަކު ނާޗަރަންގީ ކުޅޭތަން ބަލަންދިއުން އެއީ ބައެއް މީހުންނަށް މޮޅުކަމަކަށްމިވީ. މިކަހަލަ ގޯސް މެސެޖްތައް މުޖުތަމައަށް ދޭ މީހުންގެ މެދުގައި ކަންކަމުގައި އޮންނަ ރޫހު ކަނޑުވާލާ ކަހަލަ އާޓިކަލް ނިލުޔުން އެދެން. ކޮންމެ ތާކު ތިއްބަސް އީދު ވާނީ އީދަށް. ރެސްޓު ކުރަން ކުޑަ ޗުއްޓީއެއް ލިބޭ އިރަށް ތަންތަނަށް ގޮސް ހާލުގަ ޖެހޭކަށް ނުދާނަން. ވަރިހަމަ އީދު ތި ގޮތަށް ފާހަގަނުކުރެވުނަސް.

    52
    5
  4. ތީބޭކާރު އަމަލެއް

    އިސްލާމްދީނުގައި ޢީދަކީ ތަނަކަށް ދިމެއްނޫން، މައިތިވޭ!

    43
    3
  5. ޙަސަން

    ތީވަރުގަދަ ކޮންފޯޓެއް މުޅިން ދޭނީ ދޯކާ

    19
    • ޢަލީ

      ހެހޭ! ކީއްހޭވީ ބުނެލަދީބަލަ އޭރަށްދޯ އެހެންމީހުނަށްވެސް އެނގޭނީނީ ވިސްނާތިބެން ބުނަބައަޅެ...

  6. އ. ޖ. އ

    އީދު ރަސްމީކޮށް ފާހަގަކުރުމަކީ ކޮބާ؟
    އަދި ރަސްމީކޮށް ފާހަގަ ކުރެވެނީ ވަކި ބަޔަކަށްތޯ؟

    23
    1
  7. ޢާއިޝާ

    ޢީދުގައި ތަނަކަށް ނުދާ އެންމެން ތިބެނީ ރޯކަށް ނޫން. އާއިލާ އާއެކު އުފާވެރި ވަގުތު ހޭދަކުރަން ފުރައިގެން ދިއުން މަޖުބޫރެއްނޫން. އެންމެންނަކީ ބޭރުގަ ވަގުތު ހޭދަކޮށްގެން އުފާކުރާހިތްވާ ބައެއްވެސް ނޫން. އަދި މި އީދުގައި ހުޅުމާލޭގައި ވަރަށް ގިނަ ހަރަކާތްތައް ރާވާފައިވޭ. ރޯން ތިބީ ކޮންބައެއްތޯ ނާހާ ނޫނީ ޓީވީ ބަލަން ޖެހޭނީއޭ. ނުބުނެ މިފަދަ ހަރަކާތްމައުތު ހިމަނާލިނަމަ.... ކިޔުންތެރިންނަށް ފައިދާ ވާފަދަ ލިޔުންތަކެއް ވަގުތު ނޫހުން ފެންނާނެ ދުވަހަކަށް އުއްމީދު ކުރަން. ޢީދު މުބާރިކް.

    24
    1
  8. ޢާއިޝާ

    ޢީދުގައި ތަނަކަށް ނުދާ އެންމެން ތިބެނީ ރޯކަށް ނޫން. އާއިލާ އާއެކު އުފާވެރި ވަގުތު ހޭދަކުރަން ފުރައިގެން ދިއުން މަޖުބޫރެއްނޫން. އެންމެންނަކީ ބޭރުގަ ވަގުތު ހޭދަކޮށްގެން އުފާކުރާހިތްވާ ބައެއްވެސް ނޫން. އަދި މި އީދުގައި ހުޅުމާލޭގައި ވަރަށް ގިނަ ހަރަކާތްތައް ރާވާފައިވޭ. ރޯން ތިބީ ކޮންބައެއްތޯ ނާހާ ނޫނީ ޓީވީ ބަލަން ޖެހޭނީއޭ. ނުބުނެ މިފަދަ ހަރަކާތަކުގެ މައުލޫމާތު ހިމަނާލިނަމަ.... ކިޔުންތެރިންނަށް ފައިދާ ވާފަދަ ލިޔުންތަކެއް ވަގުތު ނޫހުން ފެންނާނެ ދުވަހަކަށް އުއްމީދު ކުރަން. ޢީދު މުބާރިކް.

    10
    1
  9. ޕޮގުބާ

    އީދު ބަނދަށް މާލޭގަ ރޯންތިބީ ނޫސްވެރިން

    32
  10. ިޮފަލިިިޔަ

    މަށެއް ނޫޅެން ރޯކަކް ހަޙަހަހަ

    20
    1
  11. ދިދަ ދަނޑި

    އަހަރެމެން ތިބޭނީ ހޭން.. އަބަދުވެސް ބޭނުންވަނީ މިހާ އަމާންކޮށް މިތަން އޮންނަން.. ރަށް ރަށުން އައިސް މާލެ އަރާ ތިބޭ މީހުންތަށް ފޭބުމުން ހާދަ ހިތްހަމަޖެހި އުފާވޭ...

  12. ބިސްމަޅިދުވާ ރައްޔިތާ

    އަހަރެން ކުޅުދުއްފުއްޓައް ދިޔުމައް ގުޅާގުޅާ ޓިކެޓެއްނުލިބުން ފުލްވެފަކަމައްބުނަނީ އެކަމަކު މިހާރު ވަރައް ދެރަވެއްޖެ ޔާމީނައް ވޯޓުނުދެވުނީމަ އަދިއިރާދަކުރެއްވިއްޔާ ދޭނަން ކައުންސިލު އިންތިހާބުގަ ބޮޑުތަނުން ބަލިކުރާނަން މިސަރުކާރު އެއީ ދެންފެށޭ ވެރިކަމުގެ ސައިޒު ކަންމިސަރުކާރު ޖެހޭނެ ގަބޫލު ކުރަން ރިސޯޓު ގަނޑެއްގެ މިންވަރުވެސް ޔާމިނު ނުދިނީމަ ރުޅިއައީ ނަމަވެސް މިސަރުކާރު މާކަޑަ

  13. އައިން

    އީދު ޗުއްތީއެއް ނުލިބޭ.. ވަރަށް އަފަލުން ހިނި އައިސް ޑިއުޓީގަ މީނީ. އަދި މިމަހު މުސާރަ ލިބޭ އިރު އެލިބޭ ލާރިގަނޑު ރަނގަޅު ކަމުން މާ އުފާވާނެ

  14. ޑައިރެކްޝަނަރ

    ވަން ޑައިރެކްޝަން