ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ ކަމަށްވާ މިއްރީޚު (މާސް) އިން އިންސާނެއް ކަމަށް ބެލެވޭ "އެއްޗެއް"، މިއްރީޚުގައި ހަރަކާތެރިވާ ނާސާގެ ކިރުޔޯސިޓީ އުޅަނދަށް ފެނިފައިވާ ކަމަށް ދިރާސާވެރިން ބުނަން ފަށައިފިއެވެ.

މީސް މީޑިއާގައި ނާސާއިން މިހާރު އާންމުކޮށްފައިވާ ފޮޓޯ ތަކުން ފެންނަނީ އިންސާނެއްގެ ބައްޓަމަށް ހުރި އެއްޗެއް މިއްރީޚުގައި ހިންގާ މަންޒަރެވެ. މިއީ ފޭކެއް ކަމަށް ބައެއް މީހުން ބުނާއިރު މިއީ އިންސާނެއް ބައްޓަމަށް ހުރި ގަލެއް ކަމަށް ބައެއް މީހުން ބުނެއެވެ.

މީގެ ކުރިންވެސް މިއްރީޚުގައި ދިރުން ހުރެދާނެ ކަމަށް ބެލެވޭ ތަފާތު ހައިރާން ކުރުވަނިވި ނިޝާންތަކެއް މާސް ވަށައިގެން ދައުރު ކުރަމުންދާ ނާސާގެ އުޅަނދުތަކަށް ފެނިފައިވެއެވެ. ނަމަވެސް މިއްރީޚުގައި ދިރުން ހުރި ކަމުގެ ސާބިތު ހެއްކެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ. އަދި އެފަދަ ކަމަކާއި ގުޅޭގޮތުން ނާސާ އިން ރަސްމީ ބަހެއްވެސް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ މިއްރީޚުއަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. މިއްރީޚަކީ ދުނިޔެއާ 139 މިލިއަން މޭލު ދުރުގައިވާ ގުރަހައެކެވެ.

ހަނދަށް ނުވަތަ މިއްރީޚަށް، އިންސާނުން ކޮންމެވެސް ދުވަހަކުން ދަތުރުކުރާނެ އެެވެ. މިއީ އަދި ޚިޔާލެއް ނަމަވެސް، އުއްމީދީ ވިސްނުމެވެ. 2025 ވަނަ އަހަރުގައި މި ގުރަހަ އަށް އިންސާނުންނާއެކު އުޅަނދެއް ފޮނުވުމަށް ނާސާގެ ސައިންސްވެރިން ދަނީ މިހާރު ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސާޝާ

    އަނެއްކާ ރުޟުވާނު ނޫންބާ؟

    31
    4
    • ޖާބިރ

      ތިވާނީ ރިލުވާނަށް

      30
      5
    • ޙސ

      ފަލަސްތީނު ފުޑާލަންވީ ހަމަ

      3
      84
      • ނަތަންޔާހޫ

        ވަރަށް ބޭނުން ދޯ؟ ބިންކޮޅުގެ ލިބޭތޯ ތެޅިތެޅި ތިބެން ޖެހޭނީ. އިސްރާއީލަކަށް ނުވާނެ އެކަމެއް.

        37
        1
    • އޭލިއަން

      ތީ މަ. ކަލޭމެން އިންސާނުން މިތަނަށް އާސްގެން ނުވާނެ..

      16
  2. ----ފާތުމާ

    އެމީހާ އިހަށް ދުވަހު ހައްޔަރުކޮށްގެން ގެނެސްފި

    28
    2
  3. ހަސަންބެ

    ތީހަމަ ހުސްދޮގެއް

    23
    3
  4. Anonymous

    ތީ ޔުނިވަރސިޓީ އަޅަންވެގެން ޞޯލިހު ފޮނުވި މީހެއް. ޢެއީ ޢިމްރާނު މައްކާއިން އޭނަ ނައްޓާލީ ސީދާ މާރސްއަށް. ބިން ހަމަޖައްސާފަ ވަށާފާރު ރާނާފަ އޭނައަންނާނީ.

    16
    5
  5. ޞަރޯ

    އެއީ އަދީބު ބުރޯ. ކަމަށްވެދާނެ.

    17
    2
  6. އާލިމް

    ފޮޓޯއިން އޭނާ ހިނގަހިނގައި ހުންނަކަން އެނގެނީ ކިހިނެއް. ފޮޓޯތަށް ނެގިފައިހުރި ގޮތް މާބޮޑަށް ސާފީ ކަންނޭނެ.

    14
    1
  7. މާމިގިލީ މީހާ

    ތިވާނީ ބުރުމާ ބާގީއަށް. ބަގާވާތް ކުރާން އެތަނައް ދިޔައީ ކަންނޭގެ.

    13
    2
  8. ކކކކ

    ޖިންނީންނަށް އެފަދަ މަންޒަރެއް ދެއްކިދާނެ. އަހަރުމެން މުސްލުމުން ޤަބޫލް ކުރަން ޖެހޭ ޖިންނި އުޅޭކަމަށް އެހެން ވީމަ އެފަދަ މަންޒަރެއް ފެނިގެން ހައިރާން ވާކަށް ނުޖެހޭ

    27
    3
  9. ޢަބްދުއްލަޠީފު

    ބޮޑަށް ލަފާކުރެވެނީ ފުރޭތައެއްކަމަށް. އުޑަށް އެރުން މަނާވިޔަސް މިއްރީޚު އަށް ދިއުން މަނަލެއްނުވާނެތާ. ނާސާގެ ސައިންސްވެރިން މޮޔަހައްދަން އެސޮރު އެތަނަށް ގޮސް އިންސާނެއްގެ ސިފަ އަށް ބަދަލުވިޔަސް ޤުރްއާން ޤަބޫލު ނުކުރާ ބަޔަކަށް ހެކި ފެންނާނެ އެއްވެސް ގޮތެއްނޯންނާނެ. މޮޔަ ހިކަނދިތަކެއްބާ؟

    21
    1
  10. ޞާލިޙް

    ވައްތަރީ މަޑިއެއްލާ މީހަކާ!

    11
  11. ލޮލް

    ބިމުގެ އަޑިޔައްގޮސްގެން ވެސް ވަކިހިސާބަކުން މިމީހުން ބޯ ބުރާންތިވަނީ ވާނުވާއެއް ނެެތްނޭ!!!!
    މައްޗަށް އެރީމަވެސް ވަކި ހިސާބަކުން އަމިއްލަ ސައިޒަށް ތިރިވާންޖެހެނީ!!!
    އުޅެނީ ހިތުން ގައިބު ހޯދޭނެ ބަޔަކީ ތިމަންމެން ކަމަށް ހީވެހީވެގެން!!
    ދުވަސް ކޮޅަކުން ބުނާނެ އިރު ގެތެރޭވެސް އެބައުޅޭ ދިވެހިންގެ ތެރެއިން ގެއްލުނު މީހުން!! ލޮލް
    ގައިބު ހޯދޭނެކަމަށް ހީކުރަނީ!! ޔަހޫދީންގެ މަކަރު

    13
    1
  12. ލޮލް

    ދުނިޔޭގެ އެއްވެސް ހިސާބެއްގަ ހުރި ވަޅެއްގެ ދާނި ނުފެނިގެން ފެންވަރާގެން ރީތިވާން ސަފަރުކަތްދަ ދިޔައީ މާސްއަށް!! އެވަގުތު ތިހިރީ ފޮޓޯ ނެގިފަ!!

  13. މީ

    އަޅޭ މިމީހުންނާ ހެދި މަސިއްރުން ސެލްފީ ނަގަން ދިޔަގަޑީއެބެލީ