އުމުރުން އެންމެ 10 އަހަރުގެ ސެލީނާ ކަވާޖާއަކީ ޕާކިސްތާނަށް އުފަން ކުއްޖެކެވެ. އާދައިގެ އާއިލާއަކަށް އުފަން ސެލީނާއަކީ މިހާރު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކުއްޖެއްވެސް މެއެވެ. ހަގު އުމުރުގައި ސެލީނާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދީ 7،000 މީޓަރު އުސް ފަރުބަދައަކަށް އަރައިގެންނެވެ.

ސެލީނާގެ ބައްޕައާއެކު މީގެ ކުރިންވެސް ފަރުބަދަތަކަށް އަރާ ސެލީނާ އެފަދަ އުސް ހިސާބަކަށް އެކަނި އެރީ ހާއްސަ ތަމްރީނުތަކަކާ އެކުގައެވެ. "މައުންޓަން ޕްރިންސަސް"ގެ ނަމުންވެސް މަޝްހޫރުވެފައިވާ ސެލީނާއަށް މިހާރު ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، ސެލީނާއަށް ވަރަށް އަވަހަށް ރެކޯޑު ފޮތުގެ ހާއްސަ ސެޓްފިކޭޓް ހަވާލު ކުރާނެއެވެ.

ސެލީނާގެ ބައްޕަ ޔޫސުފާއެކު ޖިމަށް ގޮސް ހާއްސަ ތަމްރީނުތަކެއްވެސް ހަދަމުންދާއިރު، 2017 ވަނަ އަހަރުގެ މިރާންޖާނީ ނަމަކަށް ކިޔާ ފަރުބައަކަށް އަރާ ސެލީނާ ވަނީ ހާއްސަ މަގުބޫލު ކަމެއް ހޯދާފައެވެ. ސެލީނާގެ ހާއްސަ ކާމިޔާބީއާއެކު ޕާކިސްތާނުގެ ސަރުކާރުންވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސެލީނާ ވަނީ މުޅި ގައުމު ފަހުރުވެރި ކޮށްފައި ކަމަށެވެ.

ފަރުބަދައަށް އެރެވުމާއެކު ސެލީނާ މިހާރު ވަނީ އޭނާގެ ދުރު މުސްތަަގުބަލަށް ޓާގެޓް ކަނޑައަޅާފައެވެ. ސެލީނާގެ ޓާގެޓަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންްޓް އެވަރެސްޓަށް އެރުމެވެ.

ކިޔުންތެރިންގެ ހިޔާލު