އަހަރެމެން އިންސާނުންނަކީ އަބަދުވެސް ވަރަށް އަރާމުގައި އުޅެން ބޭނުންވާ ބައެކެވެ. ނަމަވެސް، ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ގިނަ ފަހަރަށް އެކަން އޮންނަނީ ވާގޮތް ނުވެފައެވެ. އަހަރެމެން ދިވެހިންނަށް އެންމެ އަރާމުގައި އުޅޭ ޖަނަވާރަކަށް ފެންނާނީ ހަމަ ގައިމުވެސް ބުޅާ ކަމުގައި ވާއިރު، ބުޅަލެއްހައި އަރާމުކޮށް އުޅެން ބޭނުންވާ މީހުން މަދެއް ނޫނެވެ.

ބުޅާ ކުރާހައިވެސް ކަމަކީ ކާން ދިނީމައި ކައިގެން ނިދުމެވެ. ދޭތެރެ ދޭތެރެއިން މީހުންނާއި އެކު ކުޅެލާ މަޖާ ކޮށްލަން އެ އެއްޗެހި ބޭނުންވި ނަމަވެސް، ގިނަ ފަހަރަށް ފެންނާނީ ހަމަ ނިދާފައި އޮންނަ ތަނެވެ. ނޫނީ ތަނެއް މަތީ އެއްވެސް ހާސް ކަމަކާއި ނުލައި ހަމަޖެހި ލައިގެން އޮންނަ ތަނެވެ.

ބުޅަލެއް ވެކޭޝަން ގައި

"އަހަރެން ބުޅަލަކަށް ވީ ނަމަ" އޭ ކިޔާފައި ފޭސްބުކް ސްޓޭޓަސްތައް ޖަހާ ކުދިންވެސް ވަކި މަދެއް ނޫނެވެ. ނަމަވެސް، ހިތާމަ އާއި އެކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އަހަރެމެންނަށް ބުޅާ އުޅޭހައި ފަސޭހަކޮށް އަދި އަރާމުގައި ނޫޅެވޭނޭ ކަމެވެ.

އެހެންކަމުން، ކުޑަ އިރުގައި މައިންބަފައިން ހުރިހާ ކަމެއް ކޮށްދިން ދުވަސްތައް ހަނދަނާން ކޮށްލައި، ތިމާ އަށްވެސް އަރާމުގައި އުޅެވިއްޖެކަން ގަބޫލު ކުރާށެވެ. ބުޅަލަކަށް ވާން ބޭނުން ވުމީ މިކަމުގެ ހައްލެއް ނޫނެވެ.