މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން ނުވަތަ "ދަ ރޮކް" އެނާ ޑިޕްރެޝަންއާ ހަނގުރާމަ ކުރަމުންދިޔަ ދުވަސްތަކުގެ ވާހަކަތައް ހިއްސާކޮށްފިއެވެ.

އޭނާ މިކަން ހިއްސާކޮށްފައި މި ވަނީ ދަ އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައެވެ. ޑްވޭން ބުނީ، އޭނާ ޑިޕްރެޝަންގައި އުޅުނު ދުވަސްކޮޅު އެއްވެސް ވަރަކަށް މަސައްކަތް ކުރަން ބޭނުން ނުވާކަމަށެވެ.

އޭނާ ބުނީ އެދުވަސްކޮޅު އޭނާ ހޭދަކުރީ ރުއިމުގައި ކަމަށެވެ.

ޑްވޭން މިކަން ހިއްސާކޮށްފައި މި ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ މަންމަ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ވާހަކަ ހިއްސާކޮށްފައިވަނިކޮށެވެ. އޭނާ އެކަމާއި ގުޅޭ ވާހަކަ ދަައްކާފައި ވަނީ މިދިޔަ މަސް ތެރޭގައި އަލަށް ނުކުންނަށް ހަމަޖެހިފައިވާ އޭނާގެ ފިލްމް ބޯލާސްގެ ޝޫޓިންގގެ ތެރެއިންެނެވެ.

ޑްވޭން ބުނީ، އޭނާއާއި އޭނާގެ މަންމަ އެޕާޓްމެންޓުން ނުކުންނަށް ޖެހުނީ އޭނާގެ އުމުރުން 15 އަހަރުގައި ކަމަށެވެ. އަދި މަންމަ އެ ދުވަހު ކާރު ބާރު ބޮޑު މަގުގައި ކާރުން ފޭބުމަށްފަހު، ދުއްވާއެއްޗެއްސަށް ބެލުމެއް ނެތި ހިނގާފައި ދިޔައީ ކަމަށާއި، ނަމަވެސް އޭނާ މަންމަ ސަލާމަތް ކުރި ކަމަށެވެ.

ޑްވޭން ބުނީ، ގާތް މީހެއްގެ ކުއްލި މަރާއެކު އެތައް ބަޔަކަށް މިހާރުވެސް ސިހުން ގެނުވާފައިވާކަމަށެވެ.