ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޟްހާ އީދުގެ ހަރަކާތްތައް ފެށިއްޖެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި އީދުގެ ހަރަކާތްތައް ފަށާފައި ވަނީ އީދު ހުޅު ޖަހައިގެންނެވެ. މިއީ އާއްމުކޮށް ކޮންމެ އީދެއްގައި ބައެއް ރަށްރަށުގައި ގަވާއިދުން ކުރަމުން އަންނަ ކަމެކެވެ. އެހެން ނަަމަވެސް އެކި ފަހަރު މިކަންތައް ކުރުމުގައި ޒުވާނުން ހިޔާލުތަކަށް ބަދަލުތައް ގެނެއެެވެ.

އެގޮތުން ދ. މީދޫގައި މިފަހަރު އީދު ހުޅު ޖަހާފައި ވަނީ ވަރަށް ތަފާތުކޮށް ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ. އޭނާ ބުނީ، މީގެ ކުރިން އެރަށުގައި އީދު ހުޅުޖަހަނީ ފަން ބޭނުންކޮށްގެން އެއްގަމުގައި ކަމަށެވެ. އެހެން ނަމަވެސް މިފަހަރު އީދު ހުޅު ޖަހާފައި ވަނީ މޫދުގައެވެ.

ބޮޑު އަކުރުން "އީދު މުބާރިކް 1440" ޖެހުމަށްފަހު ދަގަނޑު ބޭނުންކޮށްގެން މޫދުގައި ވަނީ ހަރުކޮށްފައެވެ. މިފަަހަރު އީދު ހުޅު ހަދާފައި ވަނީ އަކުރުތައް ދަގަނޑުުން ހެދުމަށްފަހު އޭގައި ފޮތި އޮޅައިގެންނެވެ. ދެން ބޭނުންކޮށްފައި ވަނީ ކަރާސީން ތެލެވެ.

މީދޫގައި އީދު ހުޅު ޖަހަން ތައްޔާރު ކޮށްފައި - ފޮޓޯ މީސް މީޑިއާ

މިކަމުގައި ހަރަކާތްތެރިވެފައި ވަނީ އެރަށު މަމެން ޓީމެވެ. އެ ޓީމްގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ، މިފަަހަރު އީދު ހުޅު ޖެހުމަށްޓަކައި ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިގަތީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އެގޮތުން މާލެއިން އަކުރުތައް ހެދުމަށްފަހު، އެހެނިހެން މަސައްކަތްކޮށްފައި ވަނީ ރޭގައެވެ.

އޭނާ ބުނިގޮތުގައި، މިގޮތަށް މިފަހަރު އީދު ހުޅު ޖަހާފައި ވަނީ ކޮފީ މޭޒެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ކަމަށެވެ.

މީދޫގައި މިރޭ ކުރިއަށްދިޔަ އީދު ހުޅު ޖެހުމުގެ ހަރަކާތުގެ ތެރެއިން - ފޮޓޯ މީސް މީޑިއާ

މިރޭ 9:00 ޖެހިހާއިރު އީދު ހުޅު ޖެހި މަންޒަރު ބަލަން ރަށުގެ ގިނަ ބަޔަކު އެއްވިއެވެ. އަދި އެތަނުގެ ފޮޓޯތައްވެސް ނެގިއެވެ.

އީދާއި ގުޅުވައިގެން މާދަމާވެސް އެރަށުގައި ހަރަކާތްތައް ކުރިއަށް ދެއެވެ. އެގޮތުން މާދަމާ ހެނދުނު އީދު ނަމާދަށްފަހު ރަށުގެ އެންމެންނަށް ބާއްވާ އީދު ސައި އޮންނާނެއެވެ. އަދި އޭގެ ފަހުން ފެންކުޅީގެ ހަރަކާތްތައް އޮންނާނެއެވެ. އަދި މާދަމާ ރޭ މަޝްހޫރު ފިލްމީ ތަރިންގެ ނެށުމުގެ ހަރަކާތްތައް އެރަށުގައި އޮންނާނެއެވެ. އަދި އޭގެ އަނެއް ރޭ މާލި ހަރަކާތްތައް އޮންނައިރު، އޭގެ އަނެއްރޭ އަޮންނާނީ ބިދަބިން ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކެވެ.

މީދޫއަކީ އީދާއި ގުޅުވައިގެން އަބަދުވެސް ހަރަކާތްތައް ބާއްވަމުން އަންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަދުގެ ދިވެހިން

  އީދު މުބާރަކް ވެސް މިޖެހެނީ އިގިރޭސިން

 2. ހާމިދު ޝާޙިދު

  ހުޅު ޖެހުމަކީ އިސްލާމްދީނާ ގުޅުން ހުރި ސަގާފަތެއް ނޫން. މިކަން ނުކޮށް ހުއްޓާލުމަށް ގޮވާލަން.

  11
  2
  • ފަންޖިފުޓި

   މީ ކާފަރުންނާ އެއްވައްތަރުވާން ކުރާ ކަމެއް ނޫނެއްނު. އެހެންވީމަ އޯކޭވާނެ

 3. ދޮންކަލޯ

  މީ އައްޑޫގައި އާންމުކޮށް ކުރާ ކަމެއް. އީދުގައިވެސް އާއަހަރުވެސް.

 4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  މިދެން ކޯއްޗެއް...

 5. ޙުސެން

  ތީ ބޯޑެތި މޮޔައިން އުޅޭރަށަެއް ތޯއްޗެ

  1
  1
 6. ނަޖީބު އައްބާސް

  އިސްލާމް ދީނާ ގުޅުން ހުރީކޮން ކަމެއް ކުރީމަތޮ! އަރަބިން ހަދާހެން ކަންފަތް މަތީގަ ކަޑެއެއް ހޫރަމުން ނަށައްވީތޯ! ކަޑިން ރަމުޒުކޮއް ދެނީ ހަނގުރާމަ! މިޒަމާނުގަނަމަ އަލިފާނުންވެސް ރަމުޒު ކޮއްދެނީ ހަގުރާމަ! މިޒަމާނުގެ ހަނުރާމަ ކުރަނީ ބޮން އަޅާ އަންދައިގެން އެޒަމާނުގަ ކަޑިން ބިމައް ލޭއޮހުރުވައިގެން ވީމަ ކޮބައި މައްސަލަޔަކީ