ބޮޑުމިން ދުނިޔެއާ އެއްވަރުގެ ބިޔަ ގިނި ހިލައެއް ސުރުދަ ނިޒާމުގެ އެންމެ ބޮޑު ގުރަހަ ޖުޕިޓާއަށް ވެއްޓިއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ޖުޕިޓާ އަކީ ދުނިޔެއަށް ވުރެން 1000 ގުނަ ބިޔަ ގުރަހައެކެވެ.

ޖައްވާއި ޖައްވުގައި ހިމެނޭ ގުރަހަތަކާއި އެނޫންވެސް ބައިތައް ދިރާސާކުރުމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނި ގޮތުގައި 79 ހަނދު އޭގެ ވަށައިގެން ދައުރު ވަމުންދާ ޖުޕިޓާއަށް ވަނީ ދުނިޔެ ވަރުގެ ބިޔަ ގިނި ހިލަައެއް ވެއްޓިފައެވެ. މި ގިނި ހިލަ ޖުޕިޓާއަށް ވެއްްޓި އުފެދުނު އަލިފާން ބޯޅަ ދުނިޔޭގައި ގާއިމު ކޮށްފައިވާ ބޮޑެތި ޓެލެސްކޯޕްތަކަށް ވަނީ އަރާފައެވެ.

ސައިންވެރިން ބުނާ ގޮތުގައި ދުނިޔެ ވަރުގެ މި ގިނި ހިލަ ޖުޕިޓާގައި ޖެހުމުން އެ ގުރަހައަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށް ބެލެވޭ ކަމަަށެވެ. އަދި ގުރަހައިގެ ހުރި ބޮޑެތި ތޫފާންތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.

ޖުޕިޓާއަކީ އިރަވީ ނިޒާމުގައި އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހަ އެވެ. ޖުޕިޓާ އަކީ އިރަވީ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު ގުރަހައެކޭ އެއްފަދައިން ގޭހުގެ މައްޗަށް ބިނާވެގެންވާ، ހަރު ބިމެއް ނޯންނަ ގުރަހައެކެވެ.

ގުރަހަތަކަށް ބިޔަ ގިނި ހިލަ ވެއްޓުމަކީ ކޮންމެ 50000 އަހަރުން އެއް ފަހަރު ހިނގާ ކަމެކެވެ. ދުނިޔެ ކައިރިން ދަތުރުކުރާ ގިނި ހިލަތަކާއި ކައުނުގައި ވާ ގޮތް ނޭގޭ ގިނި ހިލައިގެ މައުލޫމާތު އެެއްކުރުމަށް ސައިންސްވެރިން އަބަދުވެސް އަންނަނީ މައްސަކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގިނި

  އެއީ އެތަނުގައި ތިބި ޝައިތާނުން ފައްސާލަން ފޮނުވުނު ހިލަގަނޑެއް. ނަސީބު ނޫން ދުނިޔޭގަ ނުޖެހުނުކަން.

  4
  1
 2. އިބްރާހިމް އުމަރު

  ސާބަސް. އެއީ ދުނިޔެއާއި އެސައިޒް ގިނަހިލަޔެއްނޫން. ހަމައެކަނި ޖައްވު ބެލިމީހަކަށް އެއިވެންޓު ފެނުނީ. އަދި ޖުޕިޓަރ އަކީ ގޭސް ޖަޔަންޓް ޕުލެނެޓެކެވެ.

 3. ވަހީދާއްތަ

  އެމެރިކާއިން ހަނދަށް ފުނުވި މީހާ ދޯ އެ ހިލައިގައި މިން އެޅީ؟