ކައުބަތުﷲ ގެފުޅުގެ އުރަކޮޅު "ކިސްވާ" އަކީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ އުރަކޮޅެކެވެ.

ގެފުޅުގެ އުރަކޮޅު، ބަދަލު ކުރުމުގެ މަސައްކަތް ކޮންމެ ހައްޖު މޫސުމެއްގައި ކުރާއިރު އިއްޔެ އަނެއްކާވެސް ވަނީ ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފައެވެ. ކަޅުކުލައިގެ ސިލްކާއި ރަންރިހީގެ ރޮދިން ވިޔެފައިވާ ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު ދުވަހުއެވެ.

މި އުރަކޮޅު ފެހުމަށް ކޮންމެ އަހަރަކު ހަ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހޭދަކުރެއެވެ. އެހެންކަމުން މި އުރަކޮޅުގެ ޖުމުލަ އަގު ހަ މިނިއަލް ޑޮލަރަށް އަރާނެއެވެ.

އުރަކޮޅު ވިޔުމަށް ގާތްގަނޑަކަށް 200 ވަރަކަށް މުވައްޒަފުން އުޅެއެވެ. ކޮންމެ އަހަރަކުވެސް އުރަކޮޅު ހަދާ ނިންމުމަށްފަހު، އަނެއް އަހަރުގެ އުރަކޮޅުގެ މަސައްކަތް މިކަމަށް ހާއްސަކުރެވިފައިވާ ފެކްޓްރީން ފަށައެވެ.

1927 ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީގެއް ގާއިމުކޮށްފައިވާއިރު، އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރެއެވެ. އުރަކޮޅު ފެހުމަށް ސިލްކް ސްވިޒަލޭންޑާއި އިޓަލީން ގެންނައިރު، ރަންރިހީގެ ރޮދި ގެންނަނީ ޖަރުމަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިސްވާ

    އޭގެ އަގު ހުންނާނެ. އަރަބިންނަށް ލިބޭހާ އެއްޗެއް ޚަރަދު ކުރަނީ ތިޔަކަމަށް. އެކަމަކު އެއިން މީހެއްގެ ކިބައިގައި އިންސާނިއްޔަތުގެ ކުޑަވެސް އަގެއް ނުހުރޭ.

    33
    19
    • މިސްރާބު

      ދަންނައެ. ފަހެ އަރަބިންނަށް ބަދުބަސް ނުބުނުމަށާއި އަރަބިންނަށް ނަފުރަތުނުވުމަށް ސިޔަރަތުގައިވެސް އައިސްފައިވެޔެ.
      އެއީ މިކަމަކީ އިސްލާމުންގެތެރޭންވާ މީހަކު ކޮށްގެންވާނޭ ކަންކަމެއް ނޫންވީމައެ.

      32
      7
      • މޮޔައެނޮނިމަސް

        ގަޅި ވާހަކަ ނުދައްކާ.އަބޫ ޖަހުލު ވެސް އަރައްބެއް

  2. އުގޫފާރު މީހާ

    މާސާﷲ.

    17
    3
  3. ފުނަދޫ

    އެއީﷲގެ ގެފުޅު މުދަލަކީ މާތްﷲގެމުދާ އެމުދާހޭދަކުރަންވާނީ މާތްﷲހައްޓަކާ މުޅިކާއިނާތުގަ ވާހާހުރިހާއެއްޗަކީ އެކަލާނގެއައް މިލްކުވެގެންވާ އެއްޗިހި ކަލޭމެންނަކައްއެކަމާބެހޭގޮތުން އެއްވެސް އެއްޗެއްބުނުމުގެ ބާރެއްލިގެންނުވެ ދެންވެސް ތިދޫރައްކާތެރިކޮއްގެންތިބެވޭތޯބަލާ [މިކޮމެންޓުޖަހާދޭތި

    39
    2
  4. އަބޫ އައިސާ

    ރަން ރިހި ބޭނުން ކުރުމަކީ ހުއްދަ ކަމެއް ބާ

  5. އަލީ

    ނަންވާނީ ހިންދޫއިން. ކޮބާ ރަނާ ރިހިލުމުގެ ބޭނުމެއް. ފަގީރުންނަށް ރަނގަޅު ދިރިއުޅުމެއްލިބޭތޯ ސަދަގާތް ކުރިނަމަ.