ބައެއް މީހުން ދެކޭގޮތުގައި ފިރިހެނުންނާއި އަންހެނުން ނިދުމުގައި ހަމަހަމަ ވާން ޖެހޭނެއެވެ. ގިނައިން ނިދާ އަންހެނުންނަކީ ކަންނެތް ބައެއްގެ ގޮތުގައި އެފަދަ ފަރާތްތަކުން ސިފަ ކުރާއިރު، އެއީ ހަޤީޤަތުގައިވެސް ކަންނެތްވުންތޯ ކުރެވޭ ސުވާލަކީ، "ބޮޑު" ސުވާލެކެވެ.

އެމެރިކާގެ ޑޫކް ޔުނިވާސިޓީއިން ހެދި ދިރާސާއެއްގައި ބުނެފައިވާގޮތުގައި ފިރިހެނުންނަށްވުރެ ދެ ގުނަ އިތުރަށް އަންހެނުންނަށް ނިދި ބޭނުންވާނެއެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި ދިރާސާ ކުރިޔަށްގެންދިޔަ ޓީމުން ބުނެފައިވަނީ ނިދި އަދި އަރާމު ނުލިބުމުން، އަންހެނުންގެ ސިކުނޑިއާއި ހަށިގަނޑުގެ ހަރަކާތްތަކަށް، ނިސްބަތުން ބަލާއިރު ފިރިހެނުންނަށްވުރެ ބޮޑަށް ހުރަސްއެޅޭ ކަމަށެވެ. އަދި އަންހެނުންގެ ސިކުނޑީގެ ހަރަކާތްތައް ފިރިހެނުންނަށް ވުރެ އިތުރު ވާއިރު، އެކަމަށް ބޭނުންވާ ހަކަތަ ލިބުމުގައި ނިންޖަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމެއް ކަމަށް އެފަރާތުން ބުނެއެވެ.

އެހެންކަމުން ބޭނުންވާ ވަރަށް ނިދި ނުލިބިއްޖެނަމަ ސިކުންޑިގެ ހަރަކާތްތަކަށް ބޭނުންވާ ހަކަތަ މަދުވެ ހިތުގެ ބަލިތައް ޖެހި، ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު އަންހެނުންނަ އޮންނަ މިންވަރު ބޮޑު ވާނެއެވެ.

"މި ދިރާސާއިން ފާހަނގަވި އެއް ކަމަކީ، ރުޅި އަދި ޑިޕްރެޝަންއަށް ދާ މިންވަރު، ރަނގަޅަށް ނިދި ނުލިބި ހެނދުނު ހޭލާ އަންހެނުންގެ އިތުރުކަން" ދިރާސާގައި ބައިވެރިވި ޑޮކްޓަރަކު ބުނެފައިވެއެވެ.

މި ދިރާސާއަކީ، ގިނައިން ނިދުމަށް އަންހެންވެރިންނަށް ހިއްވަރު ލިބި، އެކަމަށްޓަކައި ދެއްކެން އޮތް ބަހަނާއަކަށް ވުން އެކަށީގެންވެއެވެ. ނަމަވެސް މިކަމުގައި 'ލިމިޓެއް' އޮންނަކަން ޤަބޫލު ކުރަން ޖެހޭނެއެވެ. އެ ލިމިޓު ފަހަނަޅައި ގޮސްފިނަމަ ބޮޑެތި ގެއްލުންތަކާއި ކުރިމަތި ވާނެ ކަމާމެދު ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ލޮލް

  މީގެ ފަހުން އަންހެނުންނާ ފިރެހެނުން ހަމަ ހަމަޔޭ ކިޔާއެން ވާހަކަ ނުދެއްކުން އެދެން.???

  14
 2. ހަފްސާ

  ގައިމު އައިޝާއަކަށް ހަމަ ނިންޖެއް ނުލިބޭ އެންމެ ރެޔަކުވެސް.

 3. Akko

  Faseyhain nidhi annaanegotheh bunebala. Miulhenee rangalhah nunidhigen