ބުޅަލަކީ ބަލާލަން ރީތި ވެފައި އެ ގެންގުޅޭ މީހާ އަށް ހިތްހަމަ ޖެހުމެއް ގެނުވާ ޖަނަވާރެކެވެ. އެހެން ނަމަވެސް، ބުޅަލަށް އެލާޖިކް ވާ މީހުން ކިތަންމެ ބޭނުން ނަމަވެސް، ބުޅަލުގެ ގައިގައި އަތްލައި ފިރުމައެއް ނުހެދެއެވެ. އެއީ އެލާޖިކް އެއްގެ ސަބަބުންނެވެ. އެކަމަކު ދެން ބުޅަލެއްގެ ސަބަބުން އެލާޖިކް ވެދާނެތީ ހާސް ވާކަށް ނުޖެހޭނެއެވެ.

ސައިންސްވެރިން މިވަނީ ބުޅަލަށް އެލާޖިކް ވާ މީހުންނަށް ވެކްސިން އެއް އުފައްދާފައެވެ. މި ވެކްސިންގެ ސަބަބުން އާދައިގެ މީހެކޭ އެއްފަދައިން ބުޅަލަށް އެލާޖިކް ނުވެ ހުރެވޭނެއެވެ. ބުޅަލަކާއި ކައިރި ވުމަށް ފަހު ހުއްޓައި ނުލައި ކިނބިހި އަޅައި، ގައި ކަހާ ވަރުން ދެން އުޅޭކަށް ނުޖެހޭނެއެވެ.

ދުނިޔޭގެ ކޮންމެ 10 މީހަކުން އެކަކީ ބުޅަލަށް އެލާޖިކް ވާ މީހެއް ކަމުގައި ވާއިރު، ވެކްސިން އޭ ބުނުމުން މީހުންނަށް ހީވާނީ އިންސާނުން ގަޔަށް ޖަހަން ކަމަށެވެ. ނަމަވެސް، މި ވެކްސިން ޖެހިގެން ދާނީ ބުޅަލުގެ ގަޔަށެވެ. އޭރުން ބުޅަލުގެ ކެހެރި ތަކުން އުނދަގޫ ވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެއީ މީހުންނަށް އެލާޖިކް ވާ ކެހެރިތައް މި ވެކްސިންގެ ސަބަބުން ނައްތާލާ ތީއެވެ.

މި ވެކްސިންގެ ސަބަބުން އިންސާނުންގެ އިތުރުން ބުޅަލަށް ވެސް ފައިދާ ތަކެއް ލިބިގެން ދާއިރު، އެތައް މިލިއަން ބަޔަކު އަންނަނީ މިފަދަ ވެކްސިން އެއް އުފެއްދުމުން ސައިންވެރިންނަށް ޝުކުރު އަދާ ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޯ

    ތީ މާކުރިންވެސް އޮންަނަ އެއްޗެއް. އެކަމަކު ދޭނީ އިންސާނުންނަށް. ހޯމިއޯޕަތީގައި ހަދާނި ކެހެރި ޑައިލިއުޓަޑް ވޯޓާއަށް އަޅައިގެން އިންސާނުނަށް ދޭނީ ދެން ވަކި ހިސާބަކުން ހަށިގަނޑު ހޭނޭނެ. ވެކްސިނަކީ ބޭކާރު އެއްޗެއް