ކުރިއަށް މިދަނީ އަލްހާ އީދު ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މުސްލިމުން ވަރަށް ފޯރީގައި އީދު ފާހަގަ ކުރަމުން އަންނަ އިރު، ރާއްޖޭގެ ރަށް ރަށުގައިވެސް މިކަން ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ.

އީދު ނަމާދަށް ފަހު އެންމެންވެސް ގެއަށް ގޮސް ސައި ބޮއިލަގެން އެއްޗެހި ބަދަލު ކޮށްގެން ނިކުންނާނީ ކުލަ ޕެކެޓެއް ޖަހާލާނެ މީހެއް މަގުމަތިން ފެނޭތޯއެވެ. ނަސީބު ދެރަ ބައެއް މީހުން އީދު ހެދުމުގައި ހުންނަ އިރު، ކުލަ ޕެކެޓު ނުވަތަ ހޮލީ ކަލާގެ ޝިކާރަ އަކަށް ވެގެން ދަނީ ވިސްނައި ވެސް ނުލައި ހުއްޓެވެ.

ކޮންމެ އަހަރަކުވެސް އީދުގައި ކޮންމެވެސް ބަޔަކު އީދު ހެދުމުގައި ނިކުމުގެން އުޅޭނެއެވެ. ތިމަންނަ ގަޔަށް ކުލައެއް ނުޖެހޭނޭ ހިތާއެވެ. ނަމަވެސް، ކަންތައް ވަނީ މިހެން ނޫން ކަން އެނގޭ ދޯއެވެ؟ މިހާރު ވެސް ރާއްޖޭގެ ރަށްތަކުގައި ފޯރީގައި އީދު ފާހަގަ ކުރަމުން ދާ އިރު، ކުލަ ޖަހާ މީހުންނަށް މިވަނީ އީދެއްގެ މައްޗައް އީދެއް އައިހެވެ.

މިއަދު ކުލަ ޖެހުމުގެ ހަރަކާތްތައް ވަރަށް ގަދަ އަށް ކުރިއަށް ގެންދިޔަ ރަށަކުން ވަގުތު އާއި ވާހަކަ ދެއްކި ޒުވާނަކު ބުނެފައި ވަނީ މިއީ މަޖާ ކަމެއް ކަމަށާއި، އީދަކީ އޭނާ ކުލަ ޖެހުމަށް އަންނަ އީދެއް ކަމެވެ.

"ވަރަށް މަޖާ ކޮށް ފޯރީގައި ކުލަ ޖެހުން ކުރިއަށް އެބަ ދޭ. އީދު ހެދުން ލާގެން މަގު މަތީ ވަރަށް ނޫޅޭ މީހުން މިއަދު. އެނގޭނެ އެންމެނަށް ވެސް މިރަށުގެ ކުލަ ޖެހުމުގެ ކަންކަން އޮންނާނެ ވަރު" ވަގުތު އާއި ވާހަކަ ދެއްކި ޒުވާނާ ކިޔައި ދިނެވެ.

މިއީ އީދެވެ. ހުރިހާ އެންމެންވެސް މަޖާ ކުރަންވީ އެވެ. ނަމަވެސް ހައްދުގެ ތެރެއިން ބޭރު ނުވުމަށް ހަނދާނުގައި ބަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސީވަލު ކަމަނަ

  އަޅެ ކީއްވެތަ މިޒާުތުގެ ހަބަރުތައް މާމަތީ ކޮށްފަ މިހުންނަނީ ... ހީވަނީ މީ މާމޮޅެތި ކަން ކަން ހެން.... ކާފަރުން ކުރާކަމެއް ވެއްޖިއްޔާމު މޮޅުކުރާތި.... މި ކޮމެންޓް ޖަހާލަދޭތި...

  29
  2
 2. ހަލޯ

  އަހަރެންނަށް ފާހަގަވަނީ އީދު ބޮޑަށް ގޯސް ގޮތުގަ ފާހަގަކުރަނީ ދީނާ ދުރުހެލި މިހުން

  23
  2
 3. ރަނޭ

  ފޮޓޯއިން ގިޔާމަތުގެ އަލާމާތް ފާޅުވޭ...

  18
  1
 4. މިއަދު

  ކުަޖަހަން ނުުމެ ތިއުޅޭ ގިނަޒުވާނުންވެސް އެކަން އެކުރަނީ މުސްލިމުންގެ ބޮޑުޢީދުގައި އެއީދުފާހަގަ ކޮށް އުފަލާއި ޖާކުރުމަށްތޯ ނޫނީ ބަޔަކަށް ބަލާބޮޑުކުރަންތޯ މުސްލިމުންގެ ޢީދުފެށެނީ ޢީދުނަމާދުން ކުލަޖަހަން ނުކުތުމުގެ ކުރިން ޢީދުނަމާދުކުރީ ކިތަށް ބޭފުޅުންތޯ އަދި ކުލަޖެހުއްޓާލާފަ ވިއަސް މެންދުރު ނަމާދުކުރީ ކިތައްބޭފުޅުންތޯ ﷲ ފަރުޟުކުރެއްވި ކަންތައްތައް ދޫކޮށް ޢީދު އުފާ ކުރުމަށޭ ކިޔާ ކުލަޖެހުމާއި އެފަދަ އެހެނިހެން ކަންތައްކުރުމަކީ ބަލާބޮޑުކުރުން ނޫން ދެންކޮންކަމެއް

  15
 5. ލަމް

  އެހެންމީހުންގެ ގަޔަށް ކުލަ ޖެހުމަކީ ވިޔާނުދާ އަމަލެއް. ދަށުދަރަޖައިގެ ކަމެއް

  19
 6. ކުލަ މާރި

  މާ ސަޅި ކަމަކަށް ހެދިގެން ނުޖެހޭ މީސް މީހުންގެ ގަޔަށް ބޮލަށް އަރާ ފެންޖަހާ ކުލަ ޖަހާކަށް. މީ ވަރަށް މަސްލަޙަތު ގެއްލޭ ކަމެއް. ކުލަ ޖަހަނީޔޭ ކިޔާފަ މީހުންގެ އަނބިންގެ ގަޔަށް އަރާ ޅަ ޒުވާން އަންހެން ކުދިންގެ ގަޔަށް ބޮލަށް އަރާ ޖިންސީ ގުނަވަންތަކުގައި ހިފާ ހަދަނީ. ޢީދު ފާހަގަ ކުރަނީޔޯ މިވެސް. މީ ޢީދުގެ ޙުރުމަތް ކެނޑުން ނޫން ދެން ކޮން ކަމެއް؟ މިކަން ނުކޮށްވެސް ޢީދު ފާހަގަކުރަން އިނގެންވާނެ.

 7. ކުލަބޯ

  އޭ ބުނަން ކުލަ ޖެހުމުގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ އެބަ. ބައެއް މީހުން އެބަތިބި އަގުބޮޑުކޮށް ވަރަށް ސީރިއަސްކޮށް ލޮލުގެ ސާޖަރީވެސް ހަދައިގެން. އެމީހުންގެ ލޮލަށް ގެއްލުމެއް ލިބިއްޖެއްޔާ ވަރަށް ގެއްލުންވާނެ އެމީހާއަށާއި އެމީހާގެ އާއިލާއަށްވެސް. ވީމާ ބުއްދިވެރީ ގަދަކަމުން ކުލަ ނުޖެހުން. ކުލަ ޖަހާ ބަޔަކާ އެކު ވަކި ސަރަޙައްދެއްގެ ވަކި ގަޑިޔެއްގަ ކުލަ ޖަހާ. އިލްތިމާސް ކުރަން.

 8. މަލިކު

  ހުރިހާ ދަންނަ ބޭކަލުންތަ މިޔަށް ކޮމެންތު ކޮއްފަ މިތިބީ. ދެން މިހެން ބުނާ އިރަށް ފެލިގަންނާނެ!

  2
  5