އެމެރިކާގެ ނިއުޖާޒީއަށް ނިސްބަތްވާ އަވަށެއްގައި، ޚަރަދު ކުޑަކުރުމުގެ ގޮތުން ސްކޫލެއްގެ ޕްރިންސިޕަލްގެ މަޤާމު އުވާލަން ނިންމައިފިއެވެ.

ލޭކްލޭންޑް ރީޖަނަލް ހައި ސްކޫލުން ދިރާސީ އާ އަހަރަށް ތައްޔާރުވަމުންދާއިރު، އެ ސްކޫލުގެ އެންމެ މަތީ މަޤާމު އުވާލަން ނިންމީ، އެ މަޤާމަށް މީހަކު އައްޔަން ކޮށްފިނަމަ ކުރަން ޖެހޭ ޚަރަދު ބޮޑުވާނެތީ، އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ޅަރަދު ކުޑަކުރުމުގެ މި ނިންމުން ނިންމާފައި ވަނީ ސްކޫލުގެ ބޯޑު މެމްބަރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގެ ތެރެއިން އެގޮތަށް ފާސްވުމާއެކު، ލޭކްލޭންޑް ރީޖަނަލް ހައި ސްކޫލުގައި 2014 ވަނަ އަހަރުން ފަށައިގެން ޕްރިންސިޕަލްގެ މަޤާމު އަދާކުރި މީހާގެ މަޤާމު ވަނީ ގެއްލިފައެވެ.

ލޭކްލޭންޑް ރީޖަނަލް ހައި ސްކޫލުގެ ބޯޑުގެ ނައިބު ރައީސް ނޫސްތަކުގައި ބުނެފައިވަނީ، މި ނިންމުމަކީ މިއަހަރު އެ ސްކޫލު ހިންގުމަށް ލިބެންޖެހޭ ފައިސާ އިން ބޮޑުބައެއް ކަނޑާލާފައި ވުމާއި ގުޅިގެން، އަލަށް ފެށޭ ދިރާސީ އަހަރުގައި ސްކޫލް ހިންގުމަށް ދަތިވާނެތީ ނިންމި ނިންމުމެކެވެ.

ލޭކްލޭންޑް ރީޖަނަލް ހައި ސްކޫލުގެ ބޯޑުން ބުނެފައިވާ ގޮތުގައި، އެ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމު އުވާލުމުން އަހަރަކު 141،000 އެމެރިކާ ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމިގިލީ މީހާ

    ރާއްޖޭގައި ވެސް އުވާލާ ތި މަގާމު. ކައުންސިލަރުންގެ ޒިންމާދާރު ވެރިޔާގެ މަގާމުވެސް އުވާލާ. ހާއްސަކޮއް މާމިގިލީގެ. މާމިގިލީގެ ޒިންމާދާރު ވެރިޔާއަކީ އެންމެ ދޮގުހަދާ މަކަރުހަދާ ގަމާރެއް. ބޮޓެއް އެއީ.

    1
    2
  2. ޙަލީމް

    ރާއްޖޭގަވެސް މިކަން ކުރަންފެނޭ

    6
    3
    • ާއަހުމަދު

      ރާއްޖޭގައި ސުކޫލެއްގައި ކިތައް ޕުރިން ސިޕަލުންް ތިބޭތަ ؟

  3. ޢަލީ

    މިރާއްޖޭގައިވެސް ތިކަން ކުރަން ފެނޭ، އެއީ އެއްވެސް ބޭނުންމަޤާމެެއްނޫން، އެހެނީ މިހާރު ސްކޫލު ހިންގަންޖެހެނީ އެޑިޔުކޭޝަނުގެ ސްޓޭޓް މިނިސްޓަރު އަންގާގޮތަށް، އެމީހުން ދިން އެއްޗެއްވިއްޔާ ނޫނީ ނުލިބޭނެ، ދެން ކީއްކުރާ ޕްރިންސިޕަލެއް ވޮޗަރުވެސް އެގޮތަށް ސްކޫލު ހިންގަފާނެ.

  4. ދަންނައެ

    ދަންނައެ! އިމާމެއްނެތި ނުވަތަ އަމުރުވެރިޔަކު ނެތި މީސްތަކުން ދޫކޮށްނުލާހުށިކަމެ. ފަހެ އެހާރުން އެއްވެސް މިސްރާބެއް ނެތި ދަތުރުކުރާ އޮޑިއެއްގެ ފަޅުވެރިން ފަދައިން މީސްތަކުވެ މީސްތަކުން ބައިބައި ވެދާނެއެވެ.