ދިވެހީންނަކީ އަމިއްލަ ބަހަކާއި، އަމިއްލަ ތާރީހެއް އޮތް މިނިވަން ބައެކެވެ. ދިވެހި ވަންތަކަން ކޮންމެ ކަމަކުންވެސް ދައްކުވައިދޭ ސަގާފީ ބައެކެވެ. ހާއްސަކޮށް އަލްހާ އީދު ފަދަ މުނާސަބަތުތަކަކީ ދިވެހީންގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. ކޯޑި ޖެހުމާ ބޮޑު މަސް ދުއްވުމުގެ އިތުރުން ސަގާފީ ނެޝުންތަކާ މާލި ކުޅިވަރަކީ ދިވެހީންގެ ސަގާފަތް ދައްކުވައިދޭ ކަންކަމެވެ.

ފަހަކަށް އައިސް ފުރަ މަލޭގައި އެފަދަ ހަރަކާތްތައް މަދުވެގެން ދިޔައިރު، އީދާ ދިމާކޮށްވެސް އާމުއްކޮށް އެކަންކަން ކުރަމުން އައީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައެވެ. ގިނަ ރަށްތަކުގައި އެކަންކަމަކީ އަދިވެސް ކޮންމެ އީދަކާ ދިމާކޮށް ކުރަމުން އަންނަ ކަންކަމެވެ. އެކަން ކުރުމަށް އިތުރު ބަޔަކަށް ފުރުސަތުވެސް ނުދޭނެއެވެ. އެކަން ކުރާނީ އެރަށެއްގެ ހީވާގި ރައްޔިތުންނެވެ.

އެފަދަ ޖޯޝެއްގައި އެފަދަ ކަންކަން ރަށްރަށުގައި ކުރަމުން އަންނައިރު، ހުޅުމާލޭގައި ބޭއްވި މާލި ޕެރޭޑުން ފެނުނީ ތަފާތު މަންޒަރެކެވެ. އެކަމާ ހިތާމަވެސް ކުރަން ޖެހޭ ފަދަ މަންޒަރެކެވެެ. ބޮޑު މަސް ދުއްވުމަށް ބިދޭސީން ހަރަކާތްތެރިވާ މަންޒަރެވެ. ދިވެހީން ޖޯޝާއެކު ކުރަމުން އައި ކުޅިވަރުވެސް ގެއްލި ދިޔައީ އެއްކަލަ ބިދޭސީ މީހާގެ އަތް މައްޗަށެވެ.

ބިދޭސީން އީދު ކުޅިވަރުގައި ބައިވެރި ކުރުމަށް ދެކޮޅު ހަދާ، އެކަމަށް ހިތްވަރު ދެނީކީ ނޫނެވެ. އެހެން ނަމަވެސް ދިވެހީންގެ ދިވެހި ވަންތަ ކަންކަން ކުރަންވާނީ ދިވެހީންނެވެ. ބިދޭސީން ބައިވެރި ކުރާނެ އެހެން ކުޅިވަރުތަކެއް ރާވާ އިންތިޒާމް ކުރެވިދާނެއެވެ. ބިދޭސީން އައިސް ދިވެހީންގެ ހުރިހާ ކަމަށް ނުފޫޒު ފޯރުވައިގެން ދިޔަ ހިސާބަކީ މުޅި މުޖުތަމައަށް ބަދަލުތަކެއް އައި ހިސާބެވެ.

ފިހާރަތަކާއި ވިޔަފާރިތައްވެސް އެމީހުން އަތް ދަށުގައި އޮތްއިރު، ދިވެހީން މުޅިން ކަންނެއް ކޮށްލައިފިއެވެ. މިހާރު ދިވެހީންގެ ގައުމީ ކަންކަންވެސް ގެއްލުވާލާ، އެކަންކަމަށްވެސް އަތް ގަދަ ކުރަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބަނާނާ ސަރުކާރު

    ބިދޭސީންގެ ސަރުކާރެއްގަވާނީ ހުރިހާކަމެވެސް ބިދޭސީން ލައްވާކުރުވަން. ކައުންސިލް އިންތިހާބުގަ ވާދަނުކޮއްފިއްޔާ ރަގަޅު މިވަރުންދަންޏާ. ކާނިވާ ސަރަހައްދުގަ ބާއްވާ ނައިޓްމާކެޓުގަވެސް ދިވެހިންދަނީ އުގުޅެން. ވިޔަފާރިވެރިންނަތިބީ ބިދޭސީން. މިވަރުވާއިރު މާލެސިޓީ މޭޔަރަށް ރޭކާނުލާ. ސަރުކާރު ގަދަނިދީގަ.. ރައްރަށުގަ ބިދޭސީން ކުރަމުންދާ ވިޔަފާރިތަ އެރައްރަށުގެ ކައުންސިލްތަކަށް ނުފެނޭ. ޒިންމާއެނެތި ދައުލަތުން ބޮޑުމުސާރަނަގައިގެން ޕާޓީ ޕްރޮމޯޓުކޮށް ޕާޓީއަށް ކެންޕޭނުކުރަން ތިބޭބައެ ކައުންސިލަރުންނަކީ.. މިއީ ރައްޔިތުން އެދޭގޮތްވީމަ އޯކޭ..

    19
    4
  2. އެންޓިރޭސިޒަމް

    ބަލަ އީދަކީ ހުރިހާ މުސްލިމުންނަށް އަންނަ ދުވަހެއް ވީވަރަކުން އީދުގެ އުފަލުގަ ޢައިރު މުސްލިމުންނާ ބީރައްޓެހިންވެސް ބައިވެރިކުރުވަން އޮންނަނީ އަންގަވާފަ.. އެއްގަނޑުން ދީނީވާބައެއް ދިވެހިންނަކީ.. ރޭސިސްޓުވިޔަސް ބޮޑުވަރު

    12
    21
  3. ޖ

    މީދިވެހިންލަދުގަންނަންޖެހޭނެ ވަރުގެކަމެއް ބޭރުމީހުންރާއްޖެ އައް އައްގަދަކުރާމިންވަރު މިފެންނަނީ

    24
    6
    • ކަމަޔަ

      ރަސްފަންނުގައި ހުރި ފާޚާނާއަކީ ބިދޭސީންނަށް ބަހައްޓާފައި ހުރި ތަނެއް. އެމީހުން އެތަނަށް އަންނަނީ ފާޚާނާ ކުރަން. އެތަން ވަރަށް މުޑުދާރުކޮށް ހުރީ. ނިކަން ވަގުތު މީހުން މިކަމާއިބެހޭ ގޮތުން ޚަބަރެއް ގެނެސްދީބަލަ މި ކޮމެންޓު ނުޖެހިޔަސް އެންމެ ރަގަޅު.

  4. ހިތާމަހުރި

    އެންޓިރޭސިޒަމް ކަލޭ ހަމަތަ. މިތާނގަ މިއުޅެނީ ބިދޭސީންގެ އަތްމައްޗަށް ފަހަރަކު ކަމެއް ފަހަރަކު ކަމެއް ދާތީވެ. ކަލޭ ތިޔަ ބުނާ އިސްލާމްދީނުގެ އަނެއް ގަނޑުގައި އޮންނާނެ ވަރަށް ސާފް ޢިބާރާތުން މުސްލިމުން ވާންޖެހޭނީ ހުރިހާ މާނައެއްގައިވެސް އެހެން ދީންތަކުގެ މީހުންނާއި އެހެން ގައުމުތަކުގެ މީސްތަކުންގެ ކިބައިން މިނިވަން ވެފައިވާ ބައެއްކަމުގައި ވާންޖެހޭނެކަމަށް. މުސްލިމުންނާ ޖެހިގަނެލިޔަސް ތީދެން ފުކެއް ބޮޑުވަރު. އެއް ގަނޑޯ އަދި ބުނެބަލަ !!!!

    21
    4
  5. ކަރަން މިޔާ

    ޝޭހުން މިކަމައް އެއްޗެއްބުނެބަލަ؟

    7
    1
  6. ރާއްޖެތެރެ

    މިހެމްވާނީ މާލެ ސަރަހައްދުގައި މިކަން ކުރަންވީމަ، ވާގޮތް

    7
    1
  7. ދެރަކަމެއް

    ދިވެހިން ވަރަށް ކަންނެއް ވެއްޖެ

    12
  8. އެކޮއި

    އެކޮއި މީ ބޮޑު މަހެއްތަ ނޫނީ ހަރުފައެއްތަ؟

  9. އައްޓަމަސް

    ތީގައިހާސްވާންޖެހޭސަބަބެއްނެތް! ދިވެހިންގެ އަނބިދަރިންވެސް ބަންގާޅީންނާއި ހަވާލުކޮއްގެން އުޅޭބަޔަކު އެބައުޅޭ! ލިޔުންތެރިޔާ މާބިދޭސީވެފައި ބިދޭސީންބައިވެރިކުރަން ދެކޮޅުހަދަނީކީ ނޫނޭ ލިޔުނީ ބިރުންތަ؟! ކޮންގަވްމެއްގައިތަ ސަގާފީ ކުޅިވަރުތަކުގައި ބިދޭސީންބައިވެރިކުރަނީ؟ ބިދޭސީން ކުޅިބަލާނީ! "ބަންގާޅީޑިވްސް" އަށް ނަންވެސް ބަދަލުކުރަންފެނޭމަށަށް

  10. ޏޮ

    ތީ ހުޅުމާލެގަ ކަންކުރާ ގޮތް.. ނޮޓް.. ރާއްޖެ ތެރޭގަ...

    2
    1