ބޮލީވިޑްގެ ދެވަނައެއް ނެތް މަޝްހޫރު ތަރި، ސަލްމާން ޚާންގެ އަންހެން ފޭނަކު، އޭނާ ހިނގާފައި ދަނިކޮށް އަތުގައި ހިފައި ދަމައިގަތުމުން ސަލްމާން ހިތްހަމަނުޖެހިއްޖެއެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އިންސްޓަގްރާމްގައި ދައުރުވަމުންދާއިރު، އެ ވީޑިއޯ އިން ފެންނަނީ އިވެންޓެއް ނިންމާފައި ކާރަށް އަރަން ސަލްމާން ދިޔަ މަގުމަތީގައި ގިނަ އަދަދެއްގެ ފޭނުންގެ ތެރެއިން އަންހެން ފޭނަކު އޭނާ އާއި އެކު ސެލްފީއެއް ނެގުމަށް ސަލްމާންގެ އަތުގައި ހިފައި ދަމައިގަތް މަންޒަރެވެ. އެއާއެކު ނުރުހުމާއެކު ބަލާލުމަށްފަހު ސަލްމާން ހިނގައިގަންނަ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.

https://www.instagram.com/p/B0_EfDtHRvj/?utm_source=ig_web_copy_link

މި ވީޑިއޯއަށް އިންޓަނެޓުގެ ބޮޑު ސަމާލުކަމެއް މިހާރު ލިބެމުންދާއިރު، ސަލްމާންގެ ސެކިއުރިޓީ ގާޑުން ހުރަސްކޮށް މިގޮތަށް އަންހެން ފޭނަކު އޭނާގެ އަތުގައި ހިފައި ދަމައިގަތުމުން ދޭހަވަނީ ސެކިއުރިޓީންގެ ހުށިޔާރުނެތް މިންވަރުކަން ކަމަށް އެއްބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު ދަނީ ފޭނަކު ސެލްފީއެއް ނަގާލަން ސަލްމާންގެ ކިބައިން އެދުމުން އޭނާގެ އަމަލުތަކާއި ހަރަކާތްތައް ހުރީ ހަރުކަށި ގޮތަކަށް ކަމަށް ބުނެ ސަލްމާނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ސަލްމާންގެ ކުރީގެ މަޝްހޫރު ފިލްމް، "ހަމް އާޕްކޭ ހޭ ކޯން" އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާއަކަށް ފަހުއެވެ. 1994 ވަނަ އަހަރު ނެރުނު އެ ފިލްމުގައި ސަލްމާނާއެކު ފެނިގެންގޮސްފައި ވަނީ ބޮލީވުޑްގެ ތަރި، މަދޫރީ ޑިސިޓް އެވެ. މި ހަފްލާގައި ސަލްމާނާއި މަދޫރީގެ އިތުރުން، ފިލްމުގައި މަސައްކަތް ކުރި ގިނަ ފަންނާނުން ފެނިގެން ދިޔައެވެ.

ސަލްމާންގެ އަތުގައި އޭނާފެ ފޭނަކު ހިފައި ދަމައިގަތުމުން އޭނާ ހިތްހަމަ ނުޖެހުނު މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ކުޑަކުއްޖަކު ކޮއްޕާލި ސެކިއުރިޓީ ގާޑެއްގެ ކަންކަށިމަތީގައި ސަލްމާން ޖެހި މަންޒަރު ފެންނަ ވީޑިއޯއެއްވެސް ދާދިފަހުން މީޑިއާގެ ބޮޑު ސަމާލުކަމަކަށް ވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯވަ

    ހެރޭސްމެންޓް. އަންހެނަކު ޖެހޭތަ ފިރިހެނެއް ގައިގަ އަތްލަން

    17
    1
  2. މަރޭ މިތުރު

    ސަލްމާން ކާ އެޓިޓިއުޑް ބިލްކުލް ސަހީ ހޭ. ކިސީކޯ ބިނާ ޕޫޗޭ އުސްކާ ހާތް ކީޗްނާ ގުޑް މެނަރސް ނެހީ ހޭ.

    12
  3. އައްޑޫ_ހައިވޭ_ކުއީން

    އިމޭޖިން އެ ގައި ޑުއިން ދިސް ވިތް އަ ފީމޭލް އެކްޓަރ. އިޓް ވުޑް ހޭވް މޭޑް ދަ ހެޑްލައިންސް ބައި ނަު. ސަލްމާން ހިއަރ ހޭޒް އޯލް ދަ ރައިޓްސް ޓު ޝޯ ޑިސްކޮމްފޯރޓް.

  4. ސައްލޫ

    ސަލްމާން ގެ އުމުރު މަތިވެ ރީތި ކަން ގެއްލުނީމަ މާޔޫސް ވެފަ އިން ވަރުން ރުޅި ގަދައީ މިހާރު

    2
    7