ފްލޮރިޑާއަށް ނިސްބަތްވާ ކުއްޖަކު ބަނޑުހައިވެގެން ގުޅީ ފުލުހުންނަށެވެ. އޭނާ ގުޅީ ވަރަށް ވަރަށް ބަނޑުހައިވެގެންނެވެ.

މިދިޔަ ހުކުރު ދުވަހު އުމުރުން ފަސް އަހަރުގެ މަނުއެލް ބެޝްރާ ނަމަކަށް ކިޔާ މި ކުއްޖާ 911 އަށް ގުޅާފައި ބުނީ، އޭނާ ވަރަށް ބަނޑުހައިވެފައިވާކަމަށާއި، ބޭނުންވަނީ ޕިއްޒާއެއް ކަމަށެވެ.

މި ކުއްޖާގެ އެދުން ފުއްދުމުގެ ގޮތުން، ފުލުހުން މެނިއެލްގެ ގެއަށް ދިޔައެވެ. ފުލުހުން ހީކުރީ އޭނާ ހަމަ ރަނގަޅަށްވެސް ބަނޑުހައިވެގެން އުޅޭނީ ކަމަށެވެ. އެހެން ނަމަވެސް މެނުއެލް އާއި އޭނާގެ 15 އަހަރުގެ ދައްތަ ރަނގަޅު ކަމަށް ފުލުހުންނަށް ވަނީ އެނގިފައެވެ. އަދި މަނުއެލް ފުލުހުންނަށް ގުޅާފައި ވަނީ އޭނާއަށް ނޭގި ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

ފުލުހުން ވަނީ މަނުއެލްއަށް 911 އަށް ގުޅަން ޖެހެނީ ކޮން ކަހަލަ ހާލަތެއްގައި ކަން ކިޔާދީފައެވެ. އަދި އޭނާއަށް ބޮޑު ޕިއްޒާއެއްވެސް ދީފައެވެ.

ފުލުހުން ވަނީ 911 ގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށާއި، ޑެލިވަރީ ކަންތައްތަކުގައި އެ ނަމްބަރަށް ނުގުޅުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހރިވައް

    އަހަރެން ހީކުރީ ފަލަސްތީނުގައި ހިނގިކަމެއްގެ ވާހަކަ ކަމަށް.

    4
    1
  2. ގޮލާ

    ރާއްޖޭގަނަމަ ގެނެސްދޭނީ 10 އަހަރުގެ ޖަލުހުކުމެއް..
    ބީތާއިންވިއްޔާ ގިނައީ މިތާ މުއަސަސާގަ..

    5
    1