އިންޑިއާގެ ސީރީސްއެއްކަމަށް ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ އިން އާއްމުންގެ މަގުބޫލުކަން ހޯދި އެކްޓްރެސްއެއް އޭނާގެ ފިރިމީހާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ. އޭނާއަކީ ބިގް ބޮސްގައިވެސް މަޝްހޫރު މީހެކެވެ.

އޭނާ މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވަނީ ފިރިމީހާ އޭނާގެ އަންހެން ދަރިފުޅަށް ބަރަހަނާ ފޮޓޯ ދައްކައި، ދަރިފުޅުގެ ތަޅާ މައްސަލައާ ގުޅިގެންނެވެ.

މިދިޔަ އާދީއްތަ ފުލުހަށް މި މައްސަލަ ހުށަހެޅިއިރު، ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ. އަދި އެ މައްސަލައާއި ގުޅިގެން މިހާރު އެ ފިރިހެން މީހާ ވަނީ ހައްޔަރުވެސްކޮށްފައެވެ.

އެ އެކްޓްރެސް ފުލުހުންގެ ގާތުގައި ބުނެފައިވަނީ، ދަރިފުޅާއި ދިމާލަށް އޭނާގެ ފިރިމީހާ އެއްޗެހި ކިޔާ ކަމަށެވެ. އަދި ބަރަހަނާ މަންޒަރު ފެންނަ މޮޑެލުންގެ ފޮޓޯތައްވސް ދަރިފުޅަށް ދައްކާކަމަށް އޭނާ ފުލުހުންގެ ގާތުގައި ބުނެފައި ވެއެވެ.

މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. މި ދެމަފިރިންގެ ފިރިހެން ދަރިއަކު ހުންނައިރު، އޭނާގެ ފިރިމީހާ މިގޮތަށް ކަންތައް ކުރަނީ އޭނާގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅަށް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Hana

    Ei kiyun ki saas eh noon ei kureege kasauti zindagi ge prerna ge vaahaka.

    1
    1