މިހާރު ގިނަބައެއްގެ ސަމާލުކަން ލިބިގެން އުޅެނީ ހދ. ކުޅުދުއްފުށީ މަށި މާލި ޕެރޭޑަށެވެ. އެ ޕެރޭޑްގައި މިހާރުގެ ސިޔާސީ ހާލަތާއި ގުޅޭ އެކި ކަންކަން ދައްކުވައިދީފައި ވެއެވެ. އަދި މީސް މީޑިއާގައި އެންމެ ހިނގި ކަންތައްތަކާއި ސަރުކާރުގެ ތެރެއިން ދިމާވެފައި ހުރި ކަންތައްތަކާއި ގުޅޭގޮތުން އެކި އެއްޗެހި ތައްޔާރުކޮށްފައި ވެއެވެ.
މީގެ ތެރެއިންވެސް އާއްމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެކައްޗަކީ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ދެއްކެވި ވާހަކައަކާއި ގުޅިގެން ހަދާފައިވާ އެއްޗަކަށެވެ. "އެ ދައިތާގެ ގެއްލުވާލާ ބެޑްޝީޓް" މިހެން ލިޔެ ތައްޔާރު ކޮށްފައިވާ އެއްޗަކަށް ދެ ކުދިން އަރުވައިގެންދާ މަންޒަރު އެ ޕެރޭޑްގައި ފެނިގެން ގޮސްފައި ވެއެވެ. އެ ކުދިން ތިބީ ބެޑް ޝީޓް ދަށަށް ލާ ފޮރުވާފައެވެ.
މިިނިސްޓަރ ޝިދާތާ ބެޑްޝީޓާއި ގުޅޭގޮތުން ވާހަކަދައްކާފައި ވަނީ ފިލައިގެން އުޅުނު އުމުރުން 14 އަހަރުގެ ކުއްޖާއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުއްޖާ ނިދާފައި އޮންނަ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަމުން ޝިދާތާ ވިދާޅުވީ، އެކުއްޖަކީ މުޅި މޫނުގައި "ބެޓްޝީޓު" އަޅައިގެން ނިދާ ކުއްޖެއް ކަމަށެވެ.
މިގޮތަށް ޝިދާތާ ވާހަކަދެއްކުމާއި ގުޅިގެން އެ ދުވަސްވަރުވެސް ޝިދާތާއަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އަދި މީސް މީޑިއާގައި އެކި ޕޯސްޓުތައްވެސް ހަދާފައި ވެއެވެ.
މީގެ އިތުރުން، މިއަދު ދެން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ އެ ޕެރޭޑުން ފެނިގެން ދިޔަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު (އަދީބު ބްރޯ) ރާއްޖެއިން ފިލުމަށް އެރި ޓަގް ބޯޓުގެ ނަމާއި ގުޅުވާފައިވާ ހަދާފައިވާ ޓަގް ބޯޓާއި، އަދީބު އިންޑިއާއިން ހިފެހެއްޓި ސަރަހައްދު ސޫތުކުޅިގެ ނަމުގައި ހަދާފައިވާ ބޯޓަށެވެ.
މިއީ މިފަހަރު ޕެރޭޑުން އެންމެ ހިނގި ދެ އެއްޗެކެެވެ.
މަށިމާލި ޕެރޭޑަކީ، އެއިރެއްގައި، މުޖުތަމަޢުގެ ތެރޭގައި އެންމެ ދެކެވޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކެރެކްޓާތަކެއް ފެންނަ ހަރަކާތެކެވެ.
ހަހަހަހާ....
ލޮލް
ސިދާތާކަހަލަ މައުސޫމު ދެފުއްކެހެރިއަކަށް ކުޅުދުއްފުށިން ޖެހި ޖޯކަށް ފަށްފަށުން ޝުކުރިއްޔާ
މިކަމާ ޝިދާތާ ހިތްހަމަނުޖެހުމުންވެސް ވަޒީރުކަމަށްް ގާބިލުނޫންކަން އެނގޭ
ހިތުން ވަރަށް މޮޅުކަމެއް ތި ކުރެވުނީ، މާ ރަނގަޅު ވާނެ ކަރުދާސް ފޮށްޓަށް ހާލުފޮޅި އަޅައިގެން ރަށުތެރޭ ހިނގީޔާ....
ހާލުފޮޅިވެސް ކުކުޅުފޮޅިވެސް އެޅޭނެ ކުޅުދުއްފުށީ މީހުންނަށް. ބަޔަކު ފެލިފެލި ތިއްބާ ކުޅިން ބައެއް ހިއްކާފަ އެއަރޕޯޓުވެސް އެއޮތީ އަޅުވާފަ. އުތުރުގެ ފުަރަތަމަ ސިޓީއަށްވެސް މާލަހެއްނުވެ ހަދުވާނަން. ތިބޭ ޖޭވެފަ..! ދެން ލަލަލަ
ކުޅުދުއްފުށީ މީހުނޭ ކިޔާފަ ހުރިހާ ކަމެއް ނުވާނެ.. ކަރުން ހަންދާވަރަށް ހަޅޭއްލެވިޔަސް އަޅައިދޭން ނިންމާފައޮތީމަ އެއަރޕޯޓް އެޅުނީ .. ކުޅުދުއްފުށީ މީހުންގެ ތިހާ ފެންވަރު ހުރިނަމަ ކީއްވެތަ ޕެރޭޑް ނެރޭހެން ރައްޔިތުން ނުކުމެ އެއަރޕޯޓް ނޭޅީ.. ލޮލް
ދިދަ ދަނޑި އަށް ހަޖަމު ނުވަންޏާ ބައިދަނޑި އަށް ދިދަ ތިރިކޮށްގެން ހުރޭ!
ކޮށްކޯ އަހަރެމެންގެ ސަގާފަތް އަހަރެމެނަށް ކިޔައިދޭން ނޫޅޭ! ✌
އެއީ މިހާރު ސަރުކާރުގެ ހާލަތުހުރިގޮތް
ސުކުލުތަކުގައި ބުލީ ކުރުން ހުއްޓުވޭނީ ކުޑަ ކުދިން ކުރިމަތީ މިކަހަލަ ސަކަރާތް ޖެހުން ހުއްޓިގެން ދޯ
މިއަކީ އަހަރެމެން ކުޑައިރުވެސް މިކަން އޮންނަގޮތް. ބުލީ ކުރުން ގިނަވާން ވީނޫންތޯ؟ މިފަދަ ބޮޑު އާބާދީ އެއްގައި ބުލީ ކުރުން ގިނަތޯ ބަލާލަން އަންނަން ވީނޫންތޯ؟
އެމްޑީޕީ އެއްޗެހި ތައް ގެޓިންގް ހާރޓް ލޫޒް ކޮންޓްރޯލް ދޯ ތަމެން ދެން ސީލަ ބަލަ ތަމެންނަށް ކުރެވޭނެ ވެރިކަމެއް ނުހުންނާނެއޭ ތަމެން ދެން ދެފައި ދަނޑި އަށް ސީލިއްޔާ މާ ތާހިރު ވާނެއޭ މެކުނު ފުމުނަސް ގާހަކަ އަށް ނުފުމެވޭނެއޭ އިނގޭތޭ..
ތީތި ދުއްވަން ހުރިމީހާ ދަތްގޯންޏެއް ހިފައިގެން ހުރިނަމަ ވަރަށް ފުރުހަމަވާނެ
ކަންކަން ބަދަލުވެ އައުގޮތްތައް ފެންނަމުންދާ ޒަމާނެއްގައި ކުޅުދުއްފުށި މި ދައްކާދިނީ މުޅިން އައުގޮތެއް. ވަރަށްވެސް ފުރިހަމަ މަންޒަރެއް.
ދިދަ ދަނޑި ކަލޭ ހަޖަމުކުރަން ދަސްކޮށްބަލަ.