އައްޑޫ ނޭޗާ ޕާކްގައި ފުރަތަމަ ފަހަރަށް ކައިވެނި ޕާޓީއެއް ބާއްވާ، ޕާޓީގެ ފޮޓޯތައް އާއްމު ކުރުމާއި އެކު އަނެއްކާވެސް ޕާކަށް ސަމާލުކަން ލިބިއްޖެއެވެ.

އައްޑޫ ނޭޗާ ޕާކްގެ ފޭސްބުކް ޕޭޖްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ އެތަނުގައި ބޭއްވި ފުރަތަމަ ކައިވެނި ޕާޓީ ކަމަށެވެ. އައްޑޫ ނޭޗާ ޕާކްގައި ފުރަތަމަ ބާއްވާފައި ވަނީ އިބްރާހިމް ޝާދް އާއި ދާނާ އުގައިލްގެ ކައިވެނި ޕާޓީ އެވެ.

އައްޑޫ ނޭޗާ ޕާކް އިން ވަނީ އެޕާކްގައި ކައިވެނި ޕާޓީ ބޭއްވި ދެމަފިރިން، ކައިވެނި ޕާޓީ ބާއްވާ ތަނެއްގެ ގޮތުގައި ނޭޗާ ޕާކް އިހްތިޔާރު ކުރީތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

https://www.facebook.com/anpmaldives/posts/1267117333470075

އައްޑޫ ނޭޗާ ޕާކަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިތަދޫ އީދިގަލި ކިޅިން ފެށިގެން ކޯއްޓޭއާ ހިސާބަށް ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. ޕާކް ބަލާލަން ޒިޔާރަތް ކުރާ މީހުންނަށް ވަރަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައި ހުރެއެވެ.

އައްޑޫ ނޭޗާ ޕާކަކީ އައްޑޫ މީހުންގެ އިތުރުން އެސިޓީ އަށް ޒިޔާރަތް ކުރާ އެންމެން ވެސް މިހާރު ބަލާލަންދާ ތަނެކެވެ. ގިނަ އަދަދެއްގެ ފަތުރުވެރިންގެ ސަމާލުކަން ވެސް އެޕާކަށް ލިބިފައިވެއެވެ. އެހެންކަމުން އައްޑޫ ނޭޗާ ޕާކް ވެފައި ވަނީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ތަނަކަށެވެ.

2015 ވަނަ އަހަރު ފެށި އައްޑޫ ނޭޗާ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާ، އެތަން ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސުދޭ

    ޒުވާނުންގެ ހިތްތަކާ ކުޅެލި ގަޓްހުރި ރައީސް ސާބަަހޭ ރައީސް ޔާމިން

    86
    25
  2. އަލީ

    މިހާ ޕްރޮމޯޓް ކޮައްލި އިރު ފޮޓޯ ނެގި ފަރާތަަށް ކްރެޑިޓް ދިނުން ސަޅި ވީސް

    52
    3
    • ހުސޭނުބޭ

      އެބުނާހެން ތީގަ ފޮޓޯނެގި މީހާގެ މޮޅުކަންވެސް އެބައޮތް!

  3. އަލީ ޙުސައިން

    މި ފަދަ އެތައް ތަރައްގީއަކަށް ހުރަސްއަޅަި ވެރިކަން ފޭރިގަނެ ސްލޯހު ވެރިކަން ރާއްޖެއަށް ގެނައުމުގައި އިންޑިޢާގެ އެހީގައި މަސއްކަތްކުރި އެންމެންނަށް ހަލާކުހުރި! ސާބަސް ރައީސް ޔާމީން! ޡިބްދާބާދު!

    63
    9
  4. ބަވާބް

    ގޫބައްޑާ ސިހުރުޕާކް...

    4
    10
  5. ދާލު

    ރާއްޖެއް މިހާރު ދިމާވެފައިމިވާ ތަރައްޤީ ނުކުރެވޭ ވެރިކަމާއި، އަދި ރާއްޖެއަށް ދިމާވެފައިމިވާ ގެއްލުމާ ހަލާކުގެ އެންމެ އިސް ފަރާތަކީ އީ.ސީ ޝަރީފުގެ ގުރޫޕު ހިންގާލި ވަރުގަދަ ހިޔާނާތުގެ ސަބަބުންކަން ޔަޤީން އެހެންވީމާ އީ.ސީ ޝަރީފުގެ ގުރޫޕުން މިހިންގާލި ހީލަތްތެރި ހިޔާނާތްތެރި ޢަމަލުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މާތްﷲގެ އިރާދަފުޅުން ގެއްލުމާއި ހަލާކު މިންވަރު ކުރައްވާށި އާމީން

    15
    3
  6. ނަވާރަ

    ޝުކުރިއްޔާ ތަރައްޤީގެ ރައީސް ރައީސްޔާމީން ތިޔައީ ތަރައްޤީގެރައީސްއޭ އަދު ޤައުމުފަޚުރުވެރިވާ

    23
    6