"ހަބޭސް" ބޮޑުބެރު ގްރޫޕް އިން ހއ.ދިއްދޫގައި ދޭން ހަމަޖެހިފައި އޮތް ޝޯވ ކެންސަލް ކުރުމުން އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

"ހަބޭސް" އިން މިރޭ ދިއްދޫގައި ދޭން ހަމަޖެހިފައި އޮތް ޝޯވ ކެންސަލް ކުރަން ޖެހުނީ ރޭ ހޯރަފުށީ ގައި އެގްރޫޕްން ޝޯވ ދެމުން ދަނިކޮށް މޫސުން ގޯސްވެ، ސްޓޭޖް ވެއްޓުމުން ޝޯވ ކުރިއަށް ނުގެންދެވި މިރެއަށް ޝޯވ ލަސްކުރަން ޖެހުމުން ކަމަށް ހަބޭސް އިން ބުނެއެވެ.

"ހޯރަފުއްޓަކީ އަޅުގަނޑުމެން މިކޮޅަށް ގެނެސްދިން މީހުން. އެހެންވީމަ ކޮންމެހެން ވެސް އެމީހުންނަށް ޝޯވއެއް ކުޅެދޭން ޖެހޭ. ރޭ މޫސުން ގޯސްވެ މިފަދަ ހާދިސާއެއް ހިނގީމަ އެޝޯވ މިރެއަށް ފަސްކުރަން ޖެހުނީ. ދެން މާދަމާ ރޭ އެބައޮތް ވެލިދޫގައި ޝޯވ. އެހެހެންވީމަ ދިއްދޫ އަށް ދެވޭކަށް ނެތް. ނަމަވެސް ދިއްދޫ އަކީ އަޅުގަނޑުމެން ވެސް ދާން އެންމެ ބޭނުން އެއްރަށް." ހަބޭސްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ދިއްދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ހަބޭސް އިން އެރަށުގައި ދޭން އޮތް ޝޯވ ކެންސަލް ކުރުމުން ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންދާ ކަމަށެވެ.

"މިއަދު މެންދުރު ހަބޭސް އަންނާނެ ކަމަށް ރައްޔިތުން ބަނދަރުމައްޗަށް ވެސް ޖަމާވި އެމީހުންނަށް މަރުޙަބާ ކިޔަން. ހަބޭސް ނައުމުން މިރޭ ރަށުގެ ޒުވާނުންތަކެއް ބޮޑުބެރު ޖަހަން މިނިންމީ. ނަމަވެސް ރަށުގެ ޒުވާނުން ބޮޑުބެރު ޖަހަން ފެށިއިރު މީހުން ހަޅޭލަވަން ފަށައިފި ހަބޭސް ކޮބާހޭ ކިޔާފައި. ކައިރި ރަށްރަށުން ވެސް ފެރީގައި މީހުން އައިސްތިބި ހަބޭސްގެ ޝޯވ ބަލަން. އެންމެން ނުރުހުން ފާޅުކުރަން ފެށީމަ މިރޭގެ ޝޯވ މިވަނީ ހުއްޓާލާފައި." އޭނާ ބުންޏެވެ.

"ހަބޭސް" އިން ބުނީ ދިއްދޫގައި ޝޯވ ދިނުމަށް އެގްރީމެންޓްގައި ސޮއިކުރުމުން ދިއްދޫ އިން ފައިސާގެ އެއްބައި ވެސް ދީފައިވާ ކަމަށާއި ނަމަވެސް ޝޯވ ކެންސަލް ކުރަން ޖެހިފައިވާތީ އެފައިސާ އަނބުރާ ދިއްދުއަށް ރައްދުކޮށްދޭނެ ކަމަށެވެ.

ދިއްދޫގެ އީދު ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ ހަބޭސް އަށް ދެއްކި ފައިސާގެ އިތުރުން ވެސް ހަބޭސް އަންނާތީ ބޮޑެތި ޚަރަދުތަކެއް ސްޓޭޖް އަޅަންށާއި އެހެން ކަންކަމަށް ކޮށްފައިވާ ކަމަށާއި ހަބޭސް ނައުމުން ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ.

އީދާއި ދިމާކޮށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވުމުން ގިނަ ހަރަކާތްތަކަށް ވަނީ ހުރަސްއެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކުރެދިބުރި

    ކޮން ހަބޭހެއް ހަތްބޭހެއް ކިޔާކައް މީތިބުނާ ބަޔަކު އީދު ފަސްރޭ ފަސްގުރޫޕް ރަށައްގެނައިސް ކުޅިވަރު ދައްކާނެ ކަމައްބުނެ މިދިޔަ ބޮޑުއީދު ސްޓޭޖްމަތީ ފޮނިކެނޑި އެއްމެފަހުން އެއްބޭހެއްވެސް ނެހެދުނު ސިޔާސީ ސްޓަންޓް ޖައްސައިގެން ރައްޔެތުންގެ ބޮލައް ސަވާރުވުން ކޮބާތަ އެއްކަލަ ދިއްދޫ މުއްސަންދި ވިޔަފާރިވެން ގޮއްރީންދޫ ގައިގަ ލައިގެން މަހައްދޭބަލަ މާތާހިރުވާނެ ނުފޯރާފޮތިން ފޫގަޅަންނޫޅެ ތިމާމެން ވަރުން އުޅުނިއްޔާ ރައްޔެތުން އެތިބީ ސްޓޭޖަކައިރީ ކަލޭމެންތިތިބީ ވަތްގަންޑައްބަލަން ހޯރަފުށީ ވަރެއްނުވާނެ ދިއްދޫ މީހުނައް އިންގޭނީ ހަމއެކަނި ސިޔާސީ ހޯބޯލަވަން ތިބޭނީ ބާކީވެފަ

  2. ޑިޝް ސަތަރި

    ފެންނެތި ކަޅުހަން ހެލޭތީ ހަމުގެ ހެލުން ކެނޑުވުމަށް ފަމުގެ ފުލަށް ކޮއްޗެ އިސްކުރު ޖަހައިގެން ކަޅުހަން މައިތިރިކުރި ރަށު މީހުނަށް ނޭގޭނެ ރަހުމަތެއް ލެއްވިޔަސް... ހަބޭސް މީހުން އެރިނަމަ ކިތަށް ޖޯޑު ވަކިވާން ޖެހޭނެބާ؟ ވަގުތީއުފާ... ވިސްނަވާ ވިސްނަވާ ވިއްސާރަ މޫސުން ކޮއްކޮމެނޭ އޭސީ އައުޑޯ، ޑިޝް އެންޓަނާ ނަމަ ނަމަ ވާރޭގައި ނުތެމޭނެ ގޮތަށް ސަތަރި އަޅާތި... ހަވާލެއް ނުވާނެ މިނަންކަމާ... އަނގަ ހިސާބައްވުރެ ގަދަވާނީ...

    6
    2
  3. ނޫހު ކަޅޭ

    މޮޔައިން ގިނަރަށެކެ ތިޔައީ
    ހަމަ އެކަތި ވެސް ހުރީ ހާހަކުން
    އަނގަ ހީސާބަށްވުރެ ގަދަވުން އެއީ
    އުފާކުރެތެ ތިބެ އަމިއްލަ ޖާހިލުކަމުން

    6
    3
  4. ރަނޭ

    ދަތުރު ވެރިން ދަތުރުވަރުބަލި ފިލުވާލަން ހުނަރުވެރި ޗީޕް ކުދިން ގިނަރަށެއްތީ. ހަބޭސް ހަމަ ހަބޭސް އަރުވާލީ މިފަހަރު. 3 މީހަކު މިހާރުވެސް އަރާހިކިފަ

    4
    1
  5. ބުރޯ

    ބޭނުން އެއްޗެއް ހަދާނީ. ލަލަލާ

  6. ދިއްދޫ ސުޖާ

    މި ޝޯ އިންތިޒާމް ކުރި ފަރާތްތަކުން ހަބޭސް ކޯޓަށް ގެންގޮސް ގެއްލުމުގެ ބަދަލު ހޯދުމަށް ދަންނަވަން

    9
    1
  7. ސުމިތު

    الله اكبر

  8. سمت

    އަލްހަމްދުﷲ
    ﷲ އަކުބަރު
    ޝައިތޯނާއިގެ ދުއްމާރިތައް ނެތިކޮއްދެއްވާފާންދޭވެ. އަދި އެފަދަ މުންކަރާތްތައް ވިއްސި ވިހާލި ކޮއްދެއްވާފާންދޭވެ.

    18
  9. ދަންޑަހެލު

    ދިއްދޫ ރައްޔިތުން ފާފައެއް ނުކެރެވުނީތީ ދެރަވެ ހިތާމަ ކުރާއިރު... މާދަމާ އެފާފަކުރެވުނީތީ ހިތާމަކުރަންޖެހޭލޭ މާބޮޑުވާނެއެވެ. ބުއްދި ވެރިޔަކީ ވަގުތީ އުފާ ދޫކޮށްލައިގެން ނަމަވެސް ދާއިމީ އުފާ ލިބިގަންނަ މީހާއެވެ.

    13
  10. ގަމު މީހާ

    ތީ ނަސީބެއްނު ވިއްސާރަވެގެންވެސް ޝޯ ކެންސަލްވިކަން..ޢަދި ބޮޑު ގެއްލުމެއް ނުވެ ސްޓޭޖް ހަލާކުވިކަން..ހަމަ ރަނގަޅަކަށް ދިމާވި ކަންކަންތިހިރަ ފެންނަނީ...

    13
  11. ކައްޑޭ

    ހަރާން ކަމަކަށް ހުރަސް އެޅުމުންވެސް މިމީހުންއައީ ރުޅި. ތިރަށުމީހުންނަށް ރަންގަޅަކަށް ވީކަމެއް ކަމަށްވެސް ވެދާނެއްނު.

    11
  12. އަޙްމަދް

    ދިއްދޫ ރައްޔި ތުންނޭ ތިޝޯ ކެންސަލްވީ ކަމަށް ޓަކާ ﷲ ޝުކުރު ކުރާށެވެ.
    ތިޢި ﷲ މެެދުވެރި ކުރެއްވި ބޮޑު ރަޙްމަތެވެކެ.

    10