އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗުއްޓީ އެެއް ނަންގަވައިފިއެވެ.

ޑިސްކަވަރީ ޗެނެލުން ދައްކާ މަޝްހޫރު ޝޯވ މޭން ވަރސަސް ވައިލްޑްގެ އެޕިސޯޑެއްގައި މަޝްހޫރު ޓީވީ ޕްރެޒެންޓަރ ބެއަރ ގްރިލްސް ކުރި ސުވާލަކަށް ޖަވާބު ދެމުން މޯދީ ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުވެސް މަސައްކަތް ކުރެއްވީ އެއްވެސް ޗުއްޓީއެއް ނުނަންގަވާ ކަމަށާއި 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗުއްޓީ އެއް މި ނެންގެވީ މި އެޕިސޯޑް ޝޫޓް ކުރުމަށް ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ވެރިކަމުގެ ދައުރުގައި މި ޝޯވ އިން ފެނިގެން ދިޔަ އިރު ބޮޑު ވަޒީރު މޯދީ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ވެރިކަން ކޮށްފައިވާ އަދި ކުރަމުންދާ ބޭފުޅުންގެ ތެރެއިން މޭން ވަރސަސް ވައިލްޑްގައި ފެނިގެންދިޔަ ދެވަނަ ވެރިއަކަށެވެ.

މޯދީއާއި ބެއާ ގްރިލްސްގެ މި ޝޯވ ދައްކަން ފެށީ އިއްޔެ އެވެ. އިންޑިއާގެ ޖަންގަލީގައި ނަގާފައިވާ މި ޝޯ ދުނިޔޭގެ 180 ގައުމުގެ މީހުންނަށް އެކި ބަހުރުވަތަކުން ތަކުން ފެންނާނެއެވެ.

މި ޝޯވްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެތަށް ހުނަރެއް ފެނިގެންދާނެއެވެ. މޯދީ ވިދާޅުވީ މިއީ ބެލުންތެރިންނަށް އިންޑިއާގެ އެހެން ފަރާތެއް ފެންނާނެ އުފެއްދުމަކަށް ވާނެ ކަމަށެވެ.

މި ޝޯވގެ ޓީސާ ޓްރެއިލާ އާއިއެކު ބެއާ ގްރިލްސް ބުނެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނެވި ގޮތެއްގައި ޖަނަވާރު ހިމާޔަތް ކުރުމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ޖަނަވާރެއްނޫން ހިމާޔަތް ކުރަންވީ. ކަލޭ ގައުމުގެ އަންހެނުންނާ، ކުޑަކުދިން ހިމާޔަތްކޮށްބަލަ މާތާހިރުވާނެ. ޖަނަވާރުގެ ހިމާޔަތުގަ އުޅޭއިރު ލަދެއް ހަޔާތެއްވެސްނެތިއްޔޭ މި ބޭގަނޑު. މީގެން އެނގެނީ މީނަގެ ކުރިމަތީ އިންސާނުންނަށްވުރެ ޖަނަވާރުންގެ މުހިންމުކަން.

  22
 2. ޗަކޮއެ

  އަހަރެމެންގެރައީސް އަބަދުވެސް ޗުއްޓީގައި ފެންސްމަތިން ފުއްމުމުގައި. ވެރިކަމުގެ ފުރަތަމަ ހަފުތާވެސް ހަށިހެޔޮދުޅަހެޔޮ ކިޔާފަ މުޅިމާލެ ކުޑަކޮށްގެން ދުވީ. ކުނިކެހުމާ ކާނުސާފުކުރުމުގައި އަވަދިނެތި.

 3. ވޯލްޑް ޓުއަރ

  މޯދީ އަކީ އަބަދުވެސް ދުނިޔެ ވަށާ ބުރު ޖަހަމުން އިސްތިހާރު ކުރަމުން ދާ މީހެއް.