ކުޅުދުއްފުށީ މާލި ޕެރޭޑަށް ލިބިފައިވާ ސަމާލުކަމާއި ގުޅިގެން އެޕެރޭޑްގެ ވާހަކަ އަދި މާއަވަހަށް ނިންމާލެވޭކަށް ނެތެވެ. އިއްޔެ ބޭއްވި މާލި ޕެރޭޑަށް ފަހު އިއްޔެ އާއި ރޭ އަދި މިއަދު ވެސް މީސް މީޑިއާގައި އެންމެ ހިނގަނީ މާލި ޕެރޭޑްގެ ފޮޓޯތަކެވެ. އޭގެ ތެރެއިން ވެސް ވަކިން ހާއްސަ ދެ ފޮޓޯއެއް ނުވަތަ ދެ ކެރެކްޓާއަކަށް ވަނީ މާބޮޑަށް ސަމާލުކަން ލިބިފައެވެ.
އެއް ކެރެކްޓަރ އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިފަވާގޮތައް ޓަގް ބޯޓެއްގައި އިންނެވި "ބްރޯ" އެވެ. އަދީބު އާއި ދާދި އެއްގޮތައް "ރޫފަ ހެޔޮކޮށް" އިން ކުއްޖަކު މި ކެރެކްޓަރ އަށް ތައްޔާރުކޮށްފައި އިނީ ނިކަން ފުރިހަމައަށެވެ. އަދީބުގެ އެންމެ "ޗާލާކީ ދުވަސްވަރު" އަދީބު ފެނުނު ގޮތާއި އެއްވެސް ތަފާތެއް ނެތެވެ. އޭނާ ފެނުނީ "އަދީބުގެ އައިނު އަޅައިގެން އަދީބުގެ ތުނބުޅީގައި އިންދައެވެ."
ފާހަގަ ކޮށްލެވުނު ދެވަނަ ކެރެކްޓަރ އަކީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ލުތުފީ އެވެ. ދިވެހި ސަރުކާރުން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީ އަށް އެންމެ މަތީ އިއްޒަތް ދީގެން ގެންގުޅޭތާ ދެމަސް ފަހުން، ފާޑުކިޔުންތައް އަމާޒުވެ، ހަދާނެ ގޮތް ހުސްވުމުން ލުތުފީ ރާއްޖެ ގެނައިއިރު ހުރިގޮތާއި، އިއްޔެ ކުޅުދުއްފުށީ ޕެރޭޑުން "އަސްލު ލުތުފީ" ފެނުނު ގޮތާއި މާބޮޑު ތަފާތެއް ނެތެވެ.
ލުތުފީ ރާއްޖެ އައިއިރު ހުރި ސްމާޓް ކަން "އަސްލު ލުތުފީ" ވަނީ ވަރަށް ރަނގަޅަށް ދައްކުވައި ދީފައެވެ.
މާލި ޕެރޭޑާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ގިނަ ބަޔަކު އަންނަނީ މާލި ޕެރޭޑަށް ވަރަށް ބޮޑަށް ތަރުހީބުދީ ތައުރީފް ކުރަމުންނެވެ.
ހުރިހާ މާލިތައް ވެސް ސަޅި... އެކަމް އަސްލު ލުތުފީ އެންމެ އެއްގޮތް ކުރެވިފައި ހުރީ...
އުތުރުމީހުން ކުރާ ޒަމާނަށްނުފެތޭ ލޯކޮލިޓީ ކަންކަން. ރަށުރައްޔިތުން ނިކުމެ ބަތްކައްކާ ކުޅެނީ މާސިންގާ ބޮޑެތި ފިރިހެނުންލައްވާ. އެއްބަޔަކު ގައިގަ ދެލި އުނގުޅައިގެން، އަނެއްބަޔަކު ގައިގަ ފުށް އުނގުޅައިގެން. އަނެއްބަޔަކު ގާޑިޔަލަކަށް ފެންތާނގީއެއް ލައިގެން. ތަރައްގީއަކީ އިންސާނާއަށް އަންނަ އެއްޗެކޭ ކިޔަނީ މިހެންވެ.
ހުޅުމާލެ މީހުން ކުރީމަ މާލެ ޕެރޭދުވެސް އޯކޭ.. ކަލޭމެންކުރަންވީމަ މުޒާހަރާ ވެސް އޯކޭ.. މާލޭގަ އުޅޭމީހުން ވީމަ ވަންވޭ ފަޅަން ވެސް އޯކޭ..
އުތުރު މީހުން ޒަމާނަށް ނުފެތެނީ އޭ ބުނާއިރު..ކަލޭ ޖެހޭދޯ އެކުޅިވަރުތައް ބަލާފާ ކޮމެންޓް ކުރަންވެސް.. އަޖައިބުހީވޭ..އުތުރުމީހުންގެ ވަރެއް ހަމަނެތް..ސާބަސް އުތުރު ރައްޔިތުންގެ އީދު ފޯރިއަށް..
ތިބުނާ އެންމެ ތަރައްޤީވެފައިވާ ޔޫރަޕްގެ ޤައުމުތަކުގަވެސް މާލި (ކެރެކްޓާރސް) ދައްކައިދޭ ޕެރޭޑް އެއީ ވަރަށް މަޤުބޫލް އެއްޗެއް. މިސާލަކަށް އެމީހުންގެ އެކި ދުވަސްތައް ފާހަގަކުރާގޮތް ބަލާލަ. ކޮޕީކުރާށެކޭ ނޫން މިބުނަނީކީ. އެކަމަކު މިޢީ ކޮންމެ ޤައުމެއްގައިވެސް ކުރާ ކަންކަން
ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ނެރޭ ފުޅަނދުތަކަށްވުރެ މާ ބޮޑަށްވެސް ސަޅި
ޢުތުރުމީހުނޭ ޒަމާނައް ފެތުނަސް ނުފެތުނަސް ކަމެއްކުރަނީ މިގައުމައް އެންމެ މުހިންމު ވަގުތު ތަކުގައި ގައުމު ގެހިމާޔަތު ގައި މާޒިގައި ކަށިން ހިތްވަރުނެރެ އަމިއްލަ ފުރާނައިން ގުރުބާން ވެގެންވެސް މި ގައުމުު ހިމާޔަތް ކުރުމައް އެންމެ ބޮޑު ގުރުބާނީއެއް ވީ އުތުރައް ނިސްބަތްވާ ދަރިންކަން ތާރީހް ހެކިދޭ
ކަލޭނުބެލީމަ ވީނުން ކާކުބަލާށޭ ކިޔާއާދޭސްކުރީ..ހަޖަމުނުވީދޯ؟؟ގައިމު މިދިޔައަހަރު ޔާމީނުވެރިކަމުގަ މާލާމަތް ކުރީކަލޭހުރި ހެވިދިލިފަ ސާބަސްދޭން..ދެންކީއްވެމިހާރު..ހަމަހަގީގަތް މިދައްކަދިނީދޯ..ހަޖަމުކޮއްލާ އަންމްއަހަރު އަދިމާފައްކާވާނެ ފާގަދިޔަހޯދާ ރެޑީވޭ ސޯލިހު ހަމަކަޑައީ..
ވަރަށް ބަރާބަރު ހަގީގީ ހިޔާލު ތަކެއް
ފާޑުކިޔާމިހަކު ފާޑުކިޔަންވީ މީހަމަ ކޮންމެ ބޮޑުއީދަކާދަމަކޮއް އެއިރެއްގަހިނގާ އެންމެ ހޫނުގަދަ ބަހުސްތައް ކޮންމެސަރުކާރެއް އޮތަސް އަދިސިޔާސީ ކަމެކޭ ބުންޏަސްފަރުވާލެއްނެތް ބަލަންބެނުން ނުވާ ބަޔަކު ނުބަލަނީ ހަޖަމުނުބައިވާނަމަ ނުބަލާނީ މިގަކޮބާ ދޮގެއް
ތި މާލި ޕެރޭޑު މަށަށް ވަރަށް ފައްކާ. ގެންދާގޮތާއި ދޭ މެސެޖުތައްވެސް ހަމަ ވަރަށް ބަރާބަރު. ކުޅުދުއްފުށްޓަށް ހަމަ ސާބަހާއި އައްސަރިބަސް.
އަސްލު ލުތުފީ ރާއްޖެ އައީ މޫދަށް އެރެން. !
ސާބަހޭ ކުޅުދުއްފުށީ މާލި ޕެރޭޑް.
ޢެމްޑީޕީ މީހުނައް ހަޖަމް ނުވީދޯ
ޢަންނަ އަހަރު ނުކުންނަނީ އެބުލީ
ކުޅުދުއްފުށީ ޕެރޭޑް ވަރަށް ބަރާބަރު. މިބާވަތުގެ މަޖާ ކުޅިވަރުތަކަށްވެސް ބަދަލު އަންނާނެ. ޚިޔާލީ މާލިތަކުގެ ބަދަލުގައި ޙަޤީޤީ ކަންކަމާ ގުޅުވައިގެން އެކަންކަމުގައި އުޅުނު " މީހުން " ދައްކާލުމަކީ ހަދާނާ ތާރީޚަށް ޓަކައި ވަރަށް ބޭނުންތެރިކަމެއް.