ކޮންމެ މީހަކުވެސް ދުޅަހެޔޮ ސިއްހަތަކާއި ރީތި ހަށިގަނޑެއް ބޭނުންވާނެއެވެ. އެގޮތުން ދެ ޖިންސުގެ މީހުންނަށްވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މީހާ ފަލަވެ ބަރުދަން އިތުރުވުމުގެ މައްސަލައެވެ.

ހިކެން ނުވަތަ ބަރުދަން ލުއިކުރަން އުފުލަން ޖެހޭ ތަކުލީފުތައް ވެސް އެހާ ބޮޑެވެ. ނަމަވެސް ދުވަން ނުގޮސް ކަސްރަތު ނުކޮށްވެސް މިކަން ކުރެވިދާނެ ގޮތް ތަކެއް އެބަހުއްޓެވެ.

އެގޮތުން ގަދީމީ ޗައިނާގައި އިންސާނާއަށް ދިމާވާ އެކި ބަލިބަލީގެ ޝިފާއަށް ހަށިގަނޑު ވަކި ހިސާބުތަކަށް ބާރަށް ފިއްތާލުމުން އަވަސް ފަރުވާ ލިބޭ ކަމަށްވެއެވެ. އޭގެ ތެރޭގައި ބޮލުގައި ރިއްސުން ހުޅު ހުޅުޅުގައި ރިއްސުމުގެ ބަލި ހިމެނެއެވެ.

އެގޮތުން ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ތިން ތަނަކަށް 2 ނޫނީ 3 ވަރަކަށް މިނެޓް ބާރަށް ފިއްތައިގެން ހުރުމުން މެޓަބޮލިޒަމް އިތުރުވެ މީހާ އަވަހަށް ހިކޭގޮތް ވެއެވެ.

މި ތިން ސަރަހައްދަނީ އުޅަ ބޮށީގެ އެތެރެވި ފަރާތް ,

މަތީ ތުންފަތާއި ނޭފަތާއި ދެމެދު

އަދި އަތުގެ ބޮޑުމައި އިގިލި އެވެ.

މި ތިން ތަނަށް ދުވާލަކު މަދުވެގެން ތިން ވަރަކަށް މިނެޓް ބާރަށް ފިއްތައިގެން ހުރުމުން މެޓަބޮލިޒަމް އިތުރުވެ މީހާ ހިކޭނެ ކަމަށް ވެއެވެ.