ދިވެހިންނަކީ އައު ޓުރެންޑްތަށް ފޮލޯ ކުރުމަށް ނިކަން ފޯރި ހުންނަބައެކެވެ. އެކަކު ކަމެއް ކުރާއިރަށް އެކަމެއް ސަޅިވެ، އެގޮތަކަށް ކަން ކުރުމަކީ ދިވެހިންގެ ތެރޭގައި އާއްމު ކަމެކެވެ.

މިގޮތުން ފިރިހިނުން ފަހަތު ޖީބަށް ވޮލެޓް ޖެހުމާއި އަންހެންވެރިން ފަހަތު ޖީބަށް ފޯނުޖެހި ޒަމާނެއްވެސް ދިޔައެވެ. އެހެންނަމަވެސް މިފަހަރު މިއޮތީ މުޅިން ތަފާތުކޮށްލާފައެވެ. މިހާރު ފިރިހެނުންގެ އައު ޓުރެންޓަކީ ހުސް ހުދު ކުލައެވެ.

ފިރިހެން ކުދިންގެ އާދަޔާ ހިލާފު ފެޝަން ޓްރެންޑަށް މިގޮތް ވެގެންދިޔަ ގޮތެއް ނޭންގުނެވެ، އެހެންނަމެވެސް އެގޭ ކަމަކީ މިއީ މިހާރުގެ ޓުރެންޑްކަމެކެވެ. މަގުމަތިން ހިގާފައިދާ ފިރިހެނުންނަށް ބަލައިލުމުން މިކަން ޔަގީންވެގެންދާނެއެވެ.

މީގެ ކުރިން މުސްކުޅި އުމުރު ފުރައިގެ މީހުން ހުކުރަށް ދާންލި ހުދު ގަމީސް މިއަދު ޒުވާން އުމުރު ފުރައިގެ ކުދިން ޑޭޓްތަކަށާއި ހަވީރު ފިނިބުރުތަކުން ޖާގަ ހޯދައިފިއެވެ. ހުދު ގަމީސް އެކަންޖެއް ނޫނެވެ. ހުދު ގަމީހާއެކު ހުދު ޖީންސާއި ހުދު ބޫޓެވެ، މިއީ މިހާރުގެ ޓުރެންޑެވެ.

އާއްމުކޮށް މިފަދަ ގޮތަކަށް ހެދުން އަޅާއުޅެނީ ކޮރެއާ ހިސާބު މީހުނަށް ވުމުން މިކަމަކީ ކޮރައަން ސީރީސްއިން ދިވެހިންގެ ތެރެއަށް ތައާރަފްވި ކަމެއް ކަމަށް ޤަބޫލު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    މިވެސް ފާޑެއްގެ އިމްތިޙާނެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި މުސްލިމުން ހެދުން އަޅަންވީގޮތް ބަޔާންކޮށްދީފައި އޮންނައިރުވެސް، މުސްލިމުންކަމަށް ދައުވާކުރާމީހުން، ޣައިރުމުސްލިމުން ގެންގުޅޭ ފާޑުފާޑުގެ ޓުރެންޑުތައް ފޮލޯ ކުރުމަކީ ހާދަހާ ހިތާމަހުރި ކަންކަމެވެ. އަދި އެކަންތައް އިސްތިހާރު ކޮށްދިނުމަކީވެސް މުސްލިމުންގެ ހައިސިއްޔަތުން ކޮށްގެންވާނެ ކަމެއްނޫނެވެ. ޣައިރުމުސްލިމުންގެ ޓުރެންޑުތައް ފޮލޯ ކުރާއިރު ދީނީގޮތުން އެކަމަކީ ކިހާވަރެއްގެ ކަމެއްތޯ ބެލުމަކީ ބުއްދިވެރި ގޮތެކެވެ. ވަﷲ ޢައުލަމް..