ކުޑަ ދަރުފުޅު ބޮޑު ވަމުން އަންނަ އިރު ކާންދޭ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ.

އެގޮތުން ކުޑަ ދަރުފުޅަށް ކާންދިނުމުގައި މި ކަންތައް ފާހަގަވާނަމަ ލުއިކާނާ ހުއްޓާލުމަށްފަހު ހަރު ނުވަތަ ސޮލިޑް ފުޑް ދަރުފުޅަށް ދޭން ފަށާށެވެ.

ކުޑަ ދަރުފުޅަށް ހަރު ކާނާ ދޭން އެންމެ ރަގަޅު އުމުރަކީ ކުއްޖާގެ އުމުރުން 6 މަހުން ފެށިގެންނެވެ. ނަމަވެސް ބައެއް ބެލެނެވެރިން ބުނާ ގޮތުގައި ކާންދޭ ގަޑީގައި ކުޑަ ދަރުފުޅު ދަތްޕިލަ ދެއްކުމަކީ ލުއި ކާނާ ހުއްޓާލަން ޖެހޭ ކަމުގެ އަލާމާތެކެވެ.

ތަޖުރިބާ ކާރުން ވެސް ބުނާ ގޮތުގައި ކާންދޭ ގަޑީގައި ދަރިފުޅު ދަތް ދައްކާ ސަމްސަލުގައި ދަތް އަޅާ ނަމަ އެއީ ހަރުކާނާ ފަށަން ޖެހިޖެއްކަން ދޭ ސިގްނަލް އެކެވެ.

މީގެ އިތުރުން ބައެއް ކުދިންނަކީ އަވަހަށް ދަތް ފަޅާ ކުދިން ކަމުން އެކުދިންނަށް ހަރުކާނާ ދިނުން އެހާ ރަގަޅެއް ނުވާނެ ކަމަށް ވެސް ތަޖުރިބާ ކާރުން ބުނެއެވެ.

ހަރުކާނާ ދުނުމުގައި ދަރިފުޅުގެ ބަރުދަނަށް ވިސްނަންވާނެއެވެ. އެހެނީ ބައެއް ކުދިންނަކީ ވަރަށް އަވަހަށް ފަލަވާ ކުދިންނެވެ. އެހެން ކަމުން ކާން ދިނުމުގައި ވަކި މިންގަނޑެއް ހިފެޓުން މުހިންމެވެ.

ރަގަޅު ކާނާއަކީ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމަށްޓަކައި ކޮންމެ އިންސާނަކަށްމެ ލާޒިމް އެއްޗެކެވެ. ކުޑަ ދަރިފުޅު ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު ބަރާބަރަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިބެންޖެހެއެވެ. އެހެން ނޫނީ އެކުއްޖާއަށް ދުޅަހެޔޮ ގޮތުގައި ބޮޑުވުމުގެ ފުރުޞަތު ހަނިވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު