އަވަށްޓެރި އިންޑިއާ އަކީ އިޖްތިމާއީ އެތައް މައްސަލަ ތަކެއް އުފެދިފައިވާ ގައުމެކެވެ. ކުޑަކުދިން ވަގަށް ނެގުމާއި، ރޭޕްގެ އިތުރުން އަމިއްލަ ބަނޑުން ވިހާ ދަރިން އެކި ތަންތަނަށް އުކުމަކީ އެ ގައުމުގައި އާއްމު ކަމެކެވެ. މިފަދަ ގޮތަކަށް އެންމެ ފަހުން ހިނގާފައިވާ ހާދިޘާ އަކީ މަޔަކު އޭނާގެ އަމިއްލަ ދަރި ޗަކަ ކާނު ގަނޑެއް ތެރެއަށް އެއްލާލުމެވެ.

ޖުލައި މަހުގެ ފަހު ކޮޅު ހަރިޔާނާގެ އަންހެނަކު ވަނީ ފަތިސް ގަޑީގައި ބޭރަށް ނިކުމެ، އޭނާ އުޅޭ ހިސާބާއި ތަންކޮޅެއް ދުރަށް ގޮސް، ކާނު ގަނޑެއް ތެރެއަށް ކުނި ކޮތަޅެއް ހެން އެއްލާލާފައެވެ. ޕްލާސްޓިކު ކޮތަޅު އެ ކުއްޖާ ގައިގައި އޮޅާފައި ވާއިރު، ކާނު ގަނޑު ތެރޭގައި ޖެހި އެ ކުއްޖާގެ ބޮލަށް ވަނީ އަނިޔާ ތަކެއް ލިބިފައެވެ.

އެއީ ފަތިސް ގަޑި ކަމުން، މީހުންނަށް އެ ކުއްޖާ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ނަމަވެސް، ކަންތައް ވީ ވަރަށް އާދަޔާ ހިލާފަށެވެ. ތުއްތު އަންހެން ކުއްޖާގެ ރުއިމުގެ އަޑަށް މަގުމަތީގައި އުޅުނު ކުއްތާ ތަކެއް ވަނީ އެތަނަށް ޖަމާވެ، ބަލަން ފަށައިފައެވެ. މާ ގިނަ އިރު ތަކެއް ކާނު ގަނޑު ތެރެއިން އެ ކުއްޖާ ނަގާފައި ވަނީވެސް އެ ކުއްތާ ތަކެވެ.

އަދި މަގުމަތިން ދިޔަ މީހުންގެ ސަމާލުކަން އެކަމަށް ގެނައުމުން، އެ މީހުން ވަނީ ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައެވެ. ވިހެއި އިރު ބަރުދަނުގައި އެންމެ 1.1 ކިލޯ ހުރި މި އަންހެން ކުއްޖާ އަށް މިހާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުއްޖާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވައެވެ.

މި އަމަލު ހިންގި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެތައް ބަޔަކު އެ ކުއްތާ ތަކަށް އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި އެ ކުއްތާ ތައް މަގު މައްޗައް ދޫކޮށްލުމުގެ ބަދަލުގައި، ކޮށްދިން ކަންތަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ރަނގަޅަށް ބެލެހެއްޓުމަށް ވެސް މީހުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާޫޫ މަަަރިޔަނާ

    ?

    19
  2. ސޮނިފުހޭއިސްކިން ޓޯޓޯ

    ގެރި މޯދީ ރަށުގެ މަންމައިންގެ ހާދަ އަގަލު ކުޑައޭދޯ