އިންޑިއާ މީހަކު އުފަން ދުވަހަށް ލިބުނު ބީއެމްޑަބްލިވް ކާރާއި މެދު ހިތްހަމަ ނުޖެހިގެން އެ ކާރު ކޯރެއްގެ ތެރެއަށް ކޮއްޕާ ވައްޓާލައިފިއެވެ.

މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އެ ޒުވާނާގެ ބައްޕަ އޭނާއަށް ގަނެދެން ލަގްޒަރީ ކާރާއި މެދު ހިތްހަމަ ނުޖެހިގެން އެ ކާރު ކޮއްޕާ ވައްޓާލާ ލަނީ ކޯރަކަށެވެ. އަދި އެ ކޯރު ތެރޭގައި އެ ކާރު ފެންނަ ވީޑިއޯއެއްވެސް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ހަރިޔަނާ ސްޓޭޓްގައި މިކަން ހިނގިއިރު، އެ ޒުވާނާ އެ ކާރު ބޭނުން ނުވެގެން އެ ކާރު އެއްލާލީ އެހެން ބްރޭންޑެއްގެ ކާރެއް ބޭނުން ވެގެންނެވެ.

އެ ކާރު ފެންގަނޑު ތެރޭގައި އޮއްވާ ނަގާފައިވާ ވީޑިއޯގައި ފެންނަނީ، އެ ކާރު ބޮޑު ވިނަގަނޑެއްގައި ޖެހިގެން އެތަނަށް މަޑުވެފައި އޮންނަ މަންޒަރެވެ. އަދި ބަޔަކު އެ ކާރު ސަލާމަތް ކުރަން މަސައްކަތް ކުރާ މަންޒަރުވެސް ފެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފުލުހުންވެސް ދަނީ އެކަން ބަލަމުންނެވެ.

ބީއެމްޑަބްލިވްއެއްގެ އަގު 3.5 މިލިއަން ރުޕީސްއަށް އަރާއިރު، އެ ޒުވާނާ ބޭނުންވާ ކާރުގެ އަގު ފަސް މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު