އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ތުނބުޅިއާއެކު ހުރި ތަފާތު ފޮޓޯ އެއް މީސް މިޑިއާގައި ދައުރުވާން ފަށައިފިއެވެ.

މި ފޮޓޯ މަޝްހޫރު ގިނަ މީސް މީޑިއާ ޕްލެޓް ފޯމްތަކުގައި ދައުރުވާ އިރު މިފޮޓޯ ދައުރުވާތާ މިހާރު ވަނީ ދުވަސް ކޮޅެއް ވެފައެވެ.

އެމެރިކާގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ ތާއީދު ހޯދާފައިވާ އަދި އެމެރިކާގެ ރައީސް ކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވި އޮބާމާގެ މި ފޮޓޯ މީސް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ހީކުރީ އޮބާމާ ތުނބުޅި ދިގުކުރައްވަން ފެއްޓެވީ ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު ހީކުރިގޮތާއި ހިލާފަށް މިއީ ފޮޓޯ ޝޮޕް ކޮށްފައިވާ ފޭކް ފޮޓޯއެއް ކަން މިހާރުވަނީ ސާބިތު ކުރެވިފައެވެ.

ބަރަކް އޮބާމާ ނުވަތަ ބަރަކް ޙުސައިން އޮބާމާ އުފަންވީ 4 އޮގަސްޓު 1961 ގައިއެވެ. އޮބާމާއަކީ އެމެރިކާގެ 44 ވަނަ ރައީސެވެ.

2008 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ހިލަރީ ކްލިންޓަން އާއި ވަރަށް ގާތް ގާތުން ވާދަކުރައްވާ، އޭނާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ހޯއްދެވިއެވެ. އޭނާ ވެގެން ދިޔައީ އެމެރިކާގެ ބޮޑު ޕާޓީއަކުން ރިޔާސީ ކެނޑިޑޭޓްކަން ލިބިވަޑައިގެންނެވި އެފްރިކާ ދަރިކޮޅުގެ ފުރަތަމަ މީހާއަށެވެ. 2008ގެ ނޮވެމްބަރުގެ ރިޔާސީ އިންތިޚާބުގައި ޖޯން މެކެއިން ބަލިކުރައްވާ، 15 ޖެނުއަރީ 2009 ވަނަ ދުވަހު ބަރަކް އޮބާމާ ވަނީ އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ކަމުގެ ހުވާކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަދުން

    އޭނާ އިސްލާމުވަނީކަމަށްވެސް ވެދާނެއެއްނު.

    • Anonymous

      ލޮލް. އޭނަ އެއީ މޮޔައެއްނޫނޭ އެހެން ވާކަށް

      • ގަނޑިޔާ!!!

        ތިބުނީ މޮޔައިންނޭތަ އިސްލާމްވަނީ؟ މުސްލިމުންގެ ތެރޭގައި މިއުޅެނީ މޮޔައިންނޭތަ ތިބުނީ؟ ކަލޭ ތީ ކޮން ދީނެއްގެ މީހެއް ދެން؟ ލަދުކުޑަ

  2. ބޮގު

    އެނޯނިމަސް ކަޑަވީ ދޯ