ކޮންމެ އަހަރެއްގައި ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އެތައް މިލިއަން މުސްލިމުންނެއް މައްކާއަށް ޒިޔާރާތް ކުރެއެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ގިނަ އަދަދަކަށް ހިމެނޭ އިރު، މި އަހަރު ހައްޖުގެ އަޅުކަމުގެ ތެރެއިން ފެނުނު އެންމެ ހިތްގައިމު ފޮޓޯ އަކީ މިއެވެ. އެހެންކަމުން މި ފޮޓޯގެ ފަހަތުގައި ވާ ހާދިޘާ ކިޔައިދޭނަމެވެ.

ސައުދް އަލް މުންސިހިޖް އަކީ ސައުދީގެ ފޮޓޯގްރަފަރެކެވެ. ހައްޖުގެ އަޅުކަމަށް ގޮސް އުޅޭ މީހުންގެ ފޮޓޯ ނެގުމަށް އޭނާ ދިޔައިރު ފެނުނީ ކޮންމެ މީހެއްގެ ހިތަށްވެސް ފިނި ކަމެއް ގެނުވާނޭ ފަދަ ކަމެކެވެ. މުސްކުޅި ފިރިހެނަކު ވަރުބަލިވެ، ފަޔަށް ތަދުވެގެން އުޅޭ މަންޒަރު ފެނުމުން ފުލުހަކު ވަނީ އެމީހާ ކައިރިއަށް ގޮސް އެހީވާން ފަށާފައެވެ. އެ ބިމަކީ ހޫނު ގަދަ ތަނެއް ކަމުން، ފުލުސްމީހާ ވަނީ އޭނާގެ ފެންފުޅިނަގައި އެ މީހާގެ ބޮލަށް އަޅައިދީފައެވެ.

ފުލުސް މީހާ އެހީތެރި ވަނީ

އުމުރުން ދުވަސްވީ މީހާ ފަޔަށް ތަދު ވެގެން އުޅޭކަމުން ފުލުސް މީހާ ދެން ވަނީ އޭނާ ދެ އަތް ދަނޑި މައްޗައް ލައި، އުރާލުމަށްފަހު އަރަފާތު ބިމުގައި އެމީހާ ދާން ބޭނުންވި މަންޒިލަށް ގެންގޮސް ދީފައެވެ. އެއީ 3 ކިލޯ މީޓަރުގެ ދިގު ރާސްތާއެއް ނަމަވެސް، ފުލުސް މީހާ މިކަން ކޮށްފައި ވަނީ ވަރަށް ވެސް ހިތްވަރު ގަދަކަމާއެކުގައި ކަން ފާހަގަކޮށްލެވެއެވެ.

ސައުދް މި ހާދިޘާ ހިނގައި ދިޔަ ގޮތް އެގައުމުގެ މީޑިއާތަކާ ހިއްސާ ކުރުމުން ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިގެން ގޮސްފައެވެ. މުސްލިމުންނަކީ އަބަދުވެސް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވާން ޖެހޭ ބައެއް ކަމުގައި ވާއިރު، އެ ފުލުސް މީހާ ވަނީ މިކަމުގައި ލާމަސީލު ނާމޫނާ އެއް މުޅި ދުނިޔެ އަށް ދައްކާފައެވެ. އަހަރެމެން ދިވެހިން ވެސް މިގޮތަށް ވަމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙައްޖު

    އެ ފުލުސް މީހާ އަށް ރަހުމަތް ލައްވާށި..އާމީން

    118
    1
    • އަޅުގަނޑު

      މާޝާﷲ. އާމީން

      46
  2. މަނާހު

    ޢަހަރެމެން އެންމެންވެސް މިފަދަ މިސާލުތަކުން ނަމޫނާ ލިބިގަނެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ލޯތަކަށް ފިނިކަން ލިއްބައިދޭ ބަޔަކުކަމުގައި ވަމާ ހިނގާށެވެ.

    40
  3. ސޮނިފުހޭއިސްކިން ޓޯޓޯ

    އެ ސިފައިންގެ ކުއްޖާގެ މަންމައަށްސެލިއުޓް ކުރަމެވެ.އިސްލާމީ ތަޢުލީމުގެއަސްލު ކުލަ.

    44
  4. ކޮސްބެ

    އެތާ ތިބޭ ހުރިހާ ފުލުސްވެސް މުސްލިމު ނޫންތަ؟ އޭނާ އެކަންޏެއް ނޫންދޯ އެކަންތައް އެގޮތަށް ކުރާނީ އަކީ. ވަކި އެމީހާ ޚާއްސަ ތިޔަ ކުރީ ކޮންގޮތަކަށް ވިސްނާފަތަ؟

    3
    36
    • ލަޔާން

      ހައްޖާޖީންނަށް އެހީވާ ސައުދީ ސިފައިންގެ ހިތް ހެޔޮ ކަމުގެ އެފަދަ ފޮޓޯތަށް އެހެން ނޫނަސް ފެނޭ.

  5. ބޯގޯސް

    އޭނާ އެކުރީ ކުރަން ޖެހޭކަމެއް. ކޮން ރަހުމަތެކޭތަ؟

    2
    40
    • ހަހަ

      ތިމާ އަމިއްލަ އަށް އެހެން އުޅެވޭ ބާ؟ އެއީ ކުރަން ޖެހޭ ކަމެއް. ޥާހަކަ ހާއްސާ ވަނީ ވ. މަދުންް ފެންނ ކަމަަކަށް ވީމަ- ގެޓު ވެބާ ބްރޯ

      14
      1
  6. އިޙްތިރާމް

    މިއަދު މިނޫސް ކިޔައިލުމުން ހިތަށް ފިނިކަންލިބިއްޖެއެވެ. ނޫސްވެރިކަމަކީ، ދޭދޭމީހުން ޖެއްސުމާއި، ނަފުރަތު އުފެއްދުމެއްނޫނެވެ. ކަމެއްހިނގައިދިޔަގޮތުގެ ތެދުޚަބަރު ގެނެސްދިނުމެވެ. މުޖުތަމަޢަށް ފައިދާކުރަނިވިގޮތަށް ތެދުޚަބަރު ގެނެސްދިނުމެވެ. ބައެއްގެ ނުވަތަ މީހެއްގެ އުނިސިފަ ފޮރުވައިދޭން މަސައްކަތްކުރުމެއްނޫނެވެ. ބަޔަކަށް ޕްރޮޕަގެންޑާ ފަތުރައިދީ އަނެއްބައެއްގެމައްޗަށް ނަފުރަތު އުފައްދައިދިނުމެއްނޫނެވެ. ވަގުތަކީ މުހިންމުއެއްޗެކެވެ. ފާއިތުވެހިނގައްޖެނަމަ، އަނބުރާނާންނާނެއެއްޗެކެވެ.

  7. ލަޔާން

    އުފާވެރި މަންޒަރެއް.