ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ކުޅިވަރުތައް ފޯރީގައި ދަނީ ކުޅެމުންނެވެ. މޫސުން ތަން ނުދިން ނަމަވެސް އެރަށެއްގެ ފެންވަރުގައި އީދުގެ ހަރަކާތްތައް ދަނީ ކުރިއަށެވެ. އެކި ރަށްރަށުގައި ކުރިއަށްގެންދާ ހަރަކާތްތައް ތަފާތެވެ.

މިގޮތުން މިހާރު މީސްމިީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިގެން އުޅެނީ ހދ. ނޮޅިވަރަންފަރުގައި އިއްޔެ ކުރިއަށްގެންދިޔަ ބޮޑު މަސް ބޭނުމުގެ ހަރަކާތަށެވެ. އެ ހަރަކާތުގެ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެހެން ރަށްރަށާއި ހިލާފަށް މިރަށުގައި ބޮޑު މަސް ބާނަނީ މޫދުގައެވެ. 20 ވަރަކަށް މީހުުން ވެގެން ބޮޑު މަސް ބޭނުމުގެ ހަރަކާތުން ރަށަށް އިތުރު ފޯރިއެއްް ގެނެސް ދެއެވެ. މި ހަރަކާތް ބަލަން ރަށުގެ ވަރަށް ގިނަ އަަދަދެއްގެ މީހުން އަތިރި މައްޗަށް ޖަމާވެއެވެ.

ކުރިން މިރަށުގައި އީދާއި ދިމާކޮށް ބޮޑު މަސް ބާނާ އުޅެނީ އެއްގަމުގައެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު މިހާރު މިކަން ކުރަނީ މޫދުގައެވެ. މޫދުގައި މިކަން ކުރަނީ ދަނގަޑުން ހަދާފައިވާ އޮންނަ މަސް އޮނިގަނޑެއްގައި، އަވި ނެޓް އަޅައި އޭގައި ކުލަ ޖައްސައިގެންނެވެ. އަދި މޫދަށް އެރިގެން ބޮޑު މަސް ކުޅިވަރު ކުޅޭއިރު، ރިޔާ ނެގި ދޯންޏެއް މަސް ބޭނުމުގައި ހަރަކާތްތެރިވަމުން ދާނެއެވެ.

މި ހަރަކާތް ކުރިއަށްގެންދާ ގޮތާއި ގުޅޭގޮތުން "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި މިކަމުގެ އިސްކޮށް އުޅޭ މީހަކު ބުނީ، ބޮޑު މަސް ބޭނުމުގެ ކުޅިވަރު މިހާރު ކުޅެނީ މޫދުގައި ކަމަށާއި، އެ މަސް ބޭނުމަށް ރިޔާ ނެގި ދޯންޏެއްވެސް މޫދުގައި އާއި އެއްގަމުފައި ހަރަކާތްތެރިވާނެ ކަމަށެވެ.

ނޮޅިވަރަންފަރުގައި ބޮޑު މަސް ބޭނުމުގައި ހަރަކާތް

އެކި ފަހަރު އެކި ގޮތަށް ކުރިއަށްގެންދާ މި ކުޅިވަރު ކުރިއަށްގެންދާއިރު، އެއްގަމުގައި އޮންނަ ދޯނީގައި ހަތަރު މީހަކު ތިބޭނެއެވެ. އެއީ ކެޔޮޅުންނާއި ކިިޔަވާ މީހާވެސް ލައިގެންނެވެ. މި މީހުން ދޯންޏަށް ދާއިރު، މި މީހުންގެ އަނބިންގެ ގޮތުގައި ތިބޭ މީހުންވެސް ދޯނި ކައިރިއަށް ގޮސް މި މީހުންނަށް ހަދިޔާ ދީ ހަދައެވެ. މިއީ ހަމަ ކުރީ ޒަމާނުގައި މަސްވެރިކަމަށް ނުކުންނައިރު، ކަންތައް ކުރާހެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް އޭނާ ބުންޏެވެ.

"ދޯނީގައި ތިބޭނީ ހަތަރު މީހުން، އެއީ ކެޔޮޅުންނާއި ކިޔަވާ މީހާ އާއި ކުރީ ޒަމާނުގައި މަސް ނުބޭނުނީމަ ކަންތައް ކުރާ ގޮތަށް، އެންމެންވެސް ތިބޭނީ ކޮސްޓިއުމް ލައިގެން، އާއްމުކޮށް ތިބޭނީ ހުދު ކުލައިގެ ގަމީހާއި މުންޑު އަނދެފައި ތިބޭނީ، އެކި ފަހަރު އެކި ގޮތަށް ކުރިއަށް ގެންދަނީ، މިފަހަރު ގެންދިޔައީ އެ މީހުންނާއެކު އެ މީހުންގެ އަނބިންގެ ގޮތުގައި ދިވެހި ވަންތަ ހެދުން އަޅައިގެން އެ މީހުންނާއެކު ގޮސް، ކުރީ ޒަމާނުގައި ކަނޑުމައްޗަށް އަރަންޏާމުން ހަދިޔާއެއް ދޭނެ، އޭގައި ހުންނާނީ، ދުފާ އެއްޗެއްސާއި، ކުރީ ޒަމާނުގެ މީހުން ބޭނުން ކުރާ ދިގުކޮށް ހުންނަ ރޮއްޓެއް ކަހަލަ އެއްޗެއް، ކޮންމެ މީހަކަށް، ދެން އެމީހުންނާއި އެ މީހުންގެ ދަރިން ކައިރިން ދާނީ، ދެން ދޯންޏަށް އެ މީހުން ނައްޓާލާނެ، ދެން ދޯނީގެ ތިބޭ މީހުން ދޯންޏަށް އެރީމަ ދެން ދޯނި އެތާ ދުވާ ގޮތަށް އެ ކޮންސެޕްޓަށް ދާނީ".

އޭނާ ބުނީ، ދޯނީގައި ތިބޭ މީހުން ދޯންޏަށް އަރާ ރިޔާ ނަގާ އެއްގަމުގައި ހަރަކާތްތިވާނެ ކަމަށެވެ. އަދި އެ ރަށަކީ ފަޅު ބޮޑު ރަަށެއްްކަމުން އެ މަސް މޫދުން އަރައިގެން އަންނައިރު، އިތުރު ރިޔާ ދޯންޏެއް މޫދުގައި ހަރަކާތްތެރިވާނެއެވެ. އެ ދޯންޏަކީ އެއް އަޅަމުން މަސް ބާނަމުން އަންނަ ދޯންޏެއް ކަމަށް އޭނާ ބުންޏެވެ.

"މޫދުން މަސް އަންނާނީ، ދެން އެ މަސް ފެނިގެން އޭގެ ކައިރީގައި އުޅޭނެ ދޮށި އަޅައަޅާ އެހެން ދޯންޏެއް، އެއީ މޫދުގެ ތެރޭގައި ދުއްވާ، ދެން އޭގެ ތެރޭގައި މަސް ބާނަމުން އެއް އުކަމުން އަންނައިރު، އެ ދޯނިން އެކަކު މޫދަށް ވެއްޓޭނީ، މިއީ ކުޑަކުދިންނަށް އެ ހަރަކާތް އިންޓްރެސްޓް ކުރުވަން ކުރާ ކަމެއް، އެ މީހާ ދެން މޫދަށް ވެއްޓުނީމަ ބޮޑު މަސް އެ މީހާ ކާލާނެ، ކާލީމަ އެ މީހާގެ ހަށިގަނޑުގެ އެއްބައި ފެންނާނެ ލޭ ފައިބާގޮތަށް". ބޮޑު މަސް ހަރަކާތް ކުރިއަށްގެންދާ ގޮތް ކިޔާދެމުން އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ނޮޅީވަރަންފަރުގައި ބޮޑު މަސް ބޭނުމުގެ ހަރަކާތް -ފޮޓޯ: ހަސަންޓޭ ޓްވިޓާ

އޭނާ ބުނީ، ނަނު އެެއް ލައިގެން މޫދުން އެ މަސް ބާނާނެ ކަމަށެވެ. އެ މަސް ބާނާނީ އެއްގަމާއި ދިމާލުގައި އޮންނަ ދޯނިންނެވެ. އަދި މަސް ބާނާ ނިމުމުން އެ ހަރަކަތް ނިންމުމަށްފަހު ގިނަ ބަޔަކު ފޮޓޯ ނަގާ ހަދާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތް އެންމެ ފުރިހަމައަށް ގެނެސް ނުދެވުން ކަމަށެވެ. އެހެން ނަމަވެސް ގޮނޑުދޮށުގައި ގިނަ ބަޔަކު މި ހަރަކާތް ބަލަން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އެރަށަށް މިފަހަރު އީދަށް ގިނަބަޔަކު ޒިޔާރަތްވެސްކޮށްފައި ވެއެވެ.

މި މަސް ބޭނުމާއި، ތައްޔާރުކުރުމުގެ ހަރަކާތުގެ ރަށުގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޮޅިވަރަންފަރު މީހާ

    މިދިޔަ އަހަރު ޓީވީއެމް އިން ލައިވް ކުރި މި ހަރަކާތް

  2. ނޮޅިވަރަންފަރު މީހާ

    މިފަހަރުވެސް ޓީވީން ލައިވުކުރާނޭކިޔައިގެން ނޮޅިވަރަންފަރުމީހުން ވަރައްފޮނިކެނޑި މިހާރު ޓީ.ވީ.އެމްވެސް އޮތީސިޔާސީވެގޮސްހުސްވެފައި

    3
    1
  3. ަަަަަަަަަަާާާާއައްޔަ

    ވަރަައް ތަފާތު ސާބަހޭ ދަރިންނޭ

    3
    1