ޕްރިންސް ހެރީ އާއި މޭގަން މާކެލް އަކީ ޔަގީނުން ވެސް މިހާރު އިނގިރޭސިވިލާތުގައި ތިބި އެންމެ މަޝްހޫރު ދެމަފިރިންނެވެ. އެދެމަފިރިން ބައިވެރިވާ ހަފްލާއެއްގައި ބައިވެރިވުން އެއީ ޝަރަފެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް ހެރީ އާއި މޭގަންގެ ގާތް ރަހުމަތްތެރިން ދެކެނީ އެގޮތަކަށް ނޫނެވެ.

ހެރީގެ ދެމަފިރިންނާއި ގާތް ރަހުމަތްތެރިކަމެއް ބާއްވަމުން އައި މީހުން އިންތިޒާމް ކުރާ ޕާޓީތަކަށް ވެސް ދެމަފިރިންނަށް ދައުވަތު ދިނުމަށް ރަހުމަތްތެރިން ބޭނުން ނުވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

ހެރީ އާއި މޭގަން އަށް ޕާޓީތަކުގެ ދައުވަތު ދޭން ރަހުމަތްތެރިން ބޭނުން ނުވާ އެންމެ ބޮޑު އެއް ސަބަބަކީ ހެރީ އާއި މޭގަން އަންނަ ޕާޓީތަކަށް އާއްމުންގެ މާބޮޑު ސަމާލުކަމެއް ލިބޭތީއެވެ. ޕާޓީއަށް ޒިޔާރަތް ކުރާ މީހުންގެ އަމާޒަކަށް ވަނީ ވެސް އެދެމަފިރިންނެވެ. އެހެންކަމުން ހެރީ އާއި މޭގަން އަށް ވެސް ޕާޓީގައި ބައިވެރިވުން ވަނީ "ތަކުލީފަކަށް ވެފައެވެ."

އޭގެ އިތުރުން ޕާޓީތަކުގައި މޭގަން ގެންގުޅެން ބޭނުންވާ އާދަތަކަކީ "އެމެރިކާގެ އާދަތަކަކަށް" ވާތީ އާއި އެއީ ހާއްސަކޮށް ހެރީގެ ރަހުމަތްތެރިން ބޭނުންވާ "އިނގިރޭސީންގެ އާދަތަކަށް" ނުވާތީ ހެރީ އާއި މޭގަން އަށް ދައުވަތު ދިނުމަށް ހެރީގެ ރަހުމަތްތެރިން ބޭނުން ނުވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

ހެރީ އާއި މޭގަން އަށް ޕާޓީތަކުގެ ދައުވަތު ދޭން ރަހުމަތްތެރިން ބޭނުން ނުވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާއިރު މޭގަން އާއި "ޖައްސާލައިގެން" އިނގިރޭސިވިލާތުގެ މީޑިއާތަކުން އުޅޭކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އިނގިރޭސިވިލާތުގެ މީޑިއާތަކަށް ވަނީ އަމާޒުވެފައެވެ.