މިއަހަރުގެ ޒުވާނުންގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ނ.ވެލިދޫގައި ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުންނާއި ބޮޑުއީދުގެ އުފާ ފާޅުކުރުމުގައި ބައިވެރިވުމުގެ ގޮތުން ރާއްޖޭގައި ހެދި އެންމެބޮޑު އުޅާލި ނ.ވެލިދޫގައި ތައްޔާރުކޮށްފިއެވެ.

ނ.އަތޮޅުގެ ޚަބަރުތައް ގެނެސްދޭ "ނޫނުޑެއިލީ" ގައި ބުނެފައި ވަނީ ވެލިދޫގެ އާއިލާއެއް ކަމަށްވާ "ޤާސިމްސް ފެމެލީ" ގެ ފަރާތުން "ބޮޑުއީދު ބޮޑުއުޅާލި" މި ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފިހުނު ބޮޑު އުޅާލީގެ ބަރުދަނުގައި 110 ޕައުންޑް (49 ކިލޯ) ހުރި ކަމަށެވެ. މި އުޅާލި އޮޅާފައިވަނީ 28 ފަށުންނެވެ. އަދި ބޮޑުމިނުގައި، ފުޅާކޮށް 6 ފޫޓު 7 އިންޗި ހުރި މި އުޅާލި ފިހުމަށް ދޮޅުގަޑިއެއް ހާއިރު ހޭދަވެފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

އުޅާލި ތައްޔާރު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހަށް ވެލިދޫއަށް ވަޑައިގެންނެވި ޝަރަފްވެރި މެހުމާން އދ.ގެ ޖެނެރަލް ސެކްރެޓަރީގެ ވަފްދު، ޖަޔަތުމާ ވިކްރަމަނަޔަކެ އާއި ޒުވާނުންގެ މިނިސްޓަރ އަޙުމަދު މަހުލޫފް އާއި އެ ވަފްދުގެ ހުރިހާ ބޭފުޅުންނަށް ދައުވަތުދީގެން އާއްމުންގެ ގިނަބަޔަކަށް ފެންނާނޭފަދައިން ވެލިދޫގެ ބަނދަރާއި ކައިރި ސަރަހައްދެއްގައެވެ.

ވެލިދޫގައި އުޅާލި ތައްޔާރު ކުރަނީ – ފޮޓޯ: ނޫނުޑެއިލީ
ވެލިދޫގައި އުޅާލި ތައްޔާރު ކުރަނީ – ފޮޓޯ: ނޫނުޑެއިލީ

"ނޫނުޑެއިލީ" އިން ބުނީ އެންމެ ސަގާފީ ރެސިޕީ ބޭނުން ކޮށްގެން މިއުޅާލި ތައްޔާރުކޮށް ވަނީ އެވޭލާ ޒަމާނުގައި އެންމެ ފުރަތަމަ އުޅާލި ހަދަންފެށިގޮތަށް ނާށި އަނގުރުން ފިހެގެންނެވެ.

ބޮޑުއުޅާލި ފިހުމަށްފަހު، އދގެ ޒުވާނުންނާ ބެހޭ ސަފީރު ޖަޔަތުމާ ވިކްރަމަނަޔަކެ އާއި ޒުވާނުންގެ މިނިސްޓަރ އަޙުމަދު މަހުލޫފް އަށް "ޤާސިމްސް ފެމެލީ" ގެ ފަރާތުން ވަނީ ވެދުމަށް އަރުވާފައެވެ.

"ޤާސިމްސް ފެމެލީ" އަކީ ނ.ވެލިދޫގައި އީދުގެ ގިނަހަރަކާތްތަކެއްގައި ބައިވެރިވެ، އާއިލީރޫހު ދިރުވާ އާލާކޮށް އީދުގެ އުފާ ކުލަގަދަކޮށް ފާޅުކުރުމަށް ހަރަކާތްތެރިވާ އާއިލާއެއް ކަމަށް "ނޫނުޑެއިލީ" ގައި ބުނެފައި ވެއެވެ.

އުޅާއްޔަކީ ދިވެހިންގެ ސަގާފީ ކެއުމުގެ ތެރޭގައި ހިމެނޭ ހެދިކާއެކެވެ. އާއްމުކޮށް ބޮޑު ޢީދަށް ތައްޔާރުކުރާ އުޅާލި އާއްމުކޮށް ފެންނަނީ އަތްތިލައެއްގެ ސައިޒްގައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުދައްރިސް

    އުޅާލި އެއީ ތެލުލާ އެެއްޗެއް.. ފިހުނީމާ އުޅާއްޔަކަށް ނުވާނެ. މިސާލަކަށް.. ގަބުޅިއާއި ފުށާއި ހަކުރު އެއްކޮށްފައި ވަކި ކަހަލައެއްޗަށް އަޅައި ފިހުނީމާ ގަބުޅި ބޯކިބަލަށް ވެފައި.. ތަވާ މަތީގައި ވަކި ގޮތަކަށް ފިހުނީމާ ގަބުޅި ފޮޅިއަށް ވެފައި.. ދިވެހި ރަދީފުގައި އުޅާލި ކިޔަނީ ތެލުލާ އެއްޗަކަށް.. ފިހުނީމާ އުޅާލި ކިޔާކަމެއް ނެތް ނުދެނަ ހުރިން..

    41
    6
    • ާއަޙްމަދު

      އެމީހުން ބޭނުން އެއްޗެއް ލިޔެވޭނެ. ބަލާނެ ބަޔަކު ނެތެއްނު.

      9
      3
  2. އައި

    ތެލުލިޔަސް ފިހުނަސް އުޅާލިވާނީ ހަމަ އުޅާއްޔަށް.. ބަޔަކު ކަމެއް ކުރީމަ ހަމަ ހަސަދަވެގެން ތިއުޅެނީ.

    13
    13
  3. ތުނިޔަ

    އުޅާލި އެއީ އެވޭލާ ޒަމާނުއްސުރެ ތެލުލާއެއްޗެއް...ދެން ފިހެގެން އެވޭލާވާންވީ ގޮތެއް ނޭނގެ!

    12
    4
  4. ޢަލީ

    ރައްޔިތުންގެ ލާރިގަނޑު ޕަކަޅާކޮށްގެން ކޮން އިސްރާފެއްކުރާކަށް، މި އަޟުޙާޢީދަށް އެކި ރަށްރަށުގެ ކައުންސިލްތަކުން އިމެއްނެތި ޚަރަދުކޮށްފައިކަމީ، ފެންނަށްހުރި ހަޤީޤަތް މިކަން ބަލާނެބަޔަކު މިޤައުމަކު މިހާރަކުނެތް، ހުސް ފެއިލިއަރ. ތިއަށްވުރެ ދެމެހެއްޓެނިވިކަމެއްކުރިނަމަ ފަހުން މާފައިދާވާނެ، ތީތި ސިމެންތިއާ ހިލަވެލިންހަދާ ބޮޑުމަގުގަ ބެހެއްޓިނަމަ ބަލަންދާމީހުން އަބަދުވެސް ތިބޭނެ.

    5
    9
    • ބަލަ އައްޔާ

      އޭބަލަ އައްޔާ ތި ޙަބަރު ތަންކޮޅެއ ރަނގަޅަށް ކިޔާބަލަ! ތީ ގާސިމްސް ފެމެލީގެ ފަރާތުންކޮށްފަ އޮތް ކަމެއް! ބަޔަކު ބަޖެޓް ކޮށްގެން ކޮށްފައޮތް ކަމެއްނޫން! ބުރިޔަށް ބާރުކުރިޔަސް ބޮޑުވަރު

      15
      2
  5. ބަކުރުގެ ތަކުރު

    ދުނިޔޭގެ ރެކޯރޑް ފޮތަށް އަރުވާ ވަރުގެ ކަމެއްތީ!!

    10
    5
  6. ފިހުނު އުޅާލި

    އެންމެ އިހުޒަމާނުގައި އުޅާއްޔަކީ ފިހާ އެއްޗެއް، މިހާރުވެސް ކޭމައްލާާ ބޮޑު އުޅާއްޔަކީ ފިހާއެއްޗެއް. ދިވެހިން އެންމެ އިހުޒަމާނުގައި ކުރިގޮތް ދިރާސާކޮށް ބަލާ ހޯދައިގެން ކުރިކަމެއްމީ

    11
    2
  7. އައިޝް

    ސާބަހޭ ގާސިމްސް ފެމެލީ??????

    8
    1
  8. ހަސަންފުޅު

    އެބަޔަކު ކުރާނެކަމެއް ކުރާނެ ގޮތެއް އެނގޭނީ އެބަޔަކަށް. ދެން ލަލަލާ....

    8
    2
  9. ނޯރައިސް

    ހާދަ ފައްކާ ޢާއިލާއެކޭ ގާސިމްސް ޢާއިލާތީ. އަހަރެންވެސް ތިފަދަ ޢާއިލާއެއްގެ މީހަކަށް ވަރަށް ވާ ހިއްވެ ☹️

    10
  10. ައަލީ އަނގަ

    ސާބަހޭ.. ތީ ހަމަ ނަމޫނާ އާއިލާ އެއް.

    10
    1
  11. ފަރީދު

    ތިވަރުގެ އާއިލާއެއް އަހަރެން ނުދެކެން

  12. ލައިލާ

    އަހަރުމެން އާއިލާވެސް ތިހެން ވާނެނަމަ އަޅެޭ ތިއާއިލާ އައް ވަދަބަ ހެޔޮނުވާނެ

  13. މޯޑު

    އުޅާއްޔަކީ އިހުގަ ފިހުނު އެއްޗެއް. ތެލކީ މާ ފަހުގެ އެއްޗެއް ކޮއްކޮ މެންނޭ. ދެން ރާއްޖޭގެ އެކި ހިސާބުގަ ތަފާތުވުން އެކަށީގެންވޭ.
    ބުނެލަން އޮތީ މީ ތަފާތު ކަމެކޭ. ނަމޫނާ ގުޅުމެއް. ސަހާދަތް!

  14. ޓިނު

    އެންމެ ބޮޑު ނާނަ ކަޓާ ކީނަމަ މާފުރިހަމަވިސް ސަބަބަކީ ފިހުނީމަ

  15. އާމިނަ

    އުޅާލިވެސް ޖަޒީރާވީ

  16. ސޭހު އަނީލް

    ތީތި ކާން ގެންނަންވީ ޝޭހު އިޔާޒުއާއި ފިކުރީ

    2
    1
  17. އަޙުމަދު

    އެއީ ހަމަ ނަމޫނާ އާއިލާއެއް. ކުދި ބޮޑުއެންމެން ވަރަށް ގުޅެން. ޅިޔަން ފަހަރީންވެސް އުޅޭނީ ހަމަ އެއްބަނޑު އެއްބަފާ މީހުން އުޅޭހެން. މި އީދަކުނޫން. ކޮންމެ އީދަކުވެސް އެ އާއިލާއިން ކުރާނެ އަބަދުވެސް ތަފާތުކަމެއް. މި ފަހަރުވެސް ރަށުގަ އޮތް ފުޅަނދުބުރަށް ހެދި ރީތި ދޯންޏެއް ބަލާބަލަ. މައުލޫމާތު ލިބޭގޮތުން އެ ދޯނި މިހާރުވަނީ ރިސޯޓަކަށް ނަގާފަ.