އެމެރިކާގެ ޖައްވީ ކަންތައްތަކާއި ބެހޭ އިދާރާ ނާސާގެ ދުނިޔެ ވަށައިގެން ދައުރު ކުރާނެ އެންމެ ބޮޑު ޓެކެސްކޯޕް "ޖޭމްސް ވެބް ޓެލެސްކޯޕް" ބޭނުން ކޮށްގެން ދުނިޔެއަށް ވުރެން 40 އަލި އަހަރު ދުރުގައިވާގުރަހަ ނިޒާމެއް ބަލަން ތައްޔާރުވެއްޖެއެވެ.

ދުނިޔެއާ 40 އަލި އަހަރު ދުރުގައި ތަރިއެއް ވަށައި އެބުރޭ 7 ގުރަހަ ހިމެނޭ މި ނިޒާމަށް ކިޔަނީ "ޓްރެޕިސްޓް-1" އެވެ. ދުނިޔެއާ މި ނިޒާމާއި ދެމެދުގައި ހުރި ދުރުމިނަކީ 40 އަލި އަހަރެވެ. އަލި އަހަރަކީ، އަހަރު ދުވަހުގެ ތެރޭ އަލި ދަތުރުކުރާ ދުރުމިނެވެ.

ނާސާއިން ޖައްވު ބެލުމަށް އުފައްދި އެންމެ ބޮޑު ދުރުމީ ނުވަތަ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް މިހާތަނަށް ނާސާއިން އުފެއްދި އެންމެ ބޮޑު ޓެކެސްކޯޕެވެ. މި ޓެލެސްކޯޕުގެ ކޮންމެ ބިއްލޫރިގަނޑެއްގެ ދިގުމިނުގައި 6 ފޫޓު ހުންނަ އިރު ބަރުދަނުގައި 40 ކިލޯގްރާމް ހުންނާނެއެވެ.

ނާސާއިން ހާންމަ ކުރާ ގޮތުގައި މި ޓެކެސްކޯޕް މެދުވެރިކޮށް މިހާރު މިބޭނުން ކުރާ ޓެލެސް ކޯޕު ތަކަށް ވުރެން އެތަށް ހާސް ގުނަ ސާފު ފޮޓޯތަކެއް ލިބޭނެއެވެ. އެހެން ކަމުން ދުނިޔެ ވައްތަރު ގުރަހަ ހިމެނޭ " ޓެރެޕިސްޓް -1" ނިޒާމުގެ މިހާތަނަށް ލިބޭނެ އެންމެ ސާފު ފޮޓޯތަށް ލިބޭނެ ކަން ކަށަވަރެވެ. ނާސާއިން މި މިޝަން ފެށުމަށް ނިންމާފައި ވަނީ 2021 ވަނަ އަހަރު މި ޓެލެސްކޯޕް ޖައްވަށް ފޮނުވުމަށް ފަހުއެވެ.

ނާސާއިން މިހާރު ބޭނުން ކުރާ ހަބްލް ދައުރު ކުރަމުން ދަނީ ދުނިޔެ އާއި ހަނދާ ދެމެދުއެވެ. އެއާ ހިލާފަށް ޖޭޑަބްލިއުއެސްޓީ ދައުރު ކުރަމުން ދާނީ ދުނިޔެއަށްވުރެ 1.5 މިލިއަން ކިލޯމީޓަރު ދުރުމިނުންނެވެ.