ޒޮމްބީ ނުވަތަ މަރުވެފައިވާ މީހުންގެ ގަބުރު ދިރިގެން އިންސާނުންގެ ތެރެއަށް ނިކުމެ އުޅޭ މަންޒަރު ކުރިން ފެންނަނީ ފިލްމުތަކާއި ގޭމްތަކުންނެވެ. ބިރުވެރި ސިފައަކަށް ތިބޭ ޒޮމްބި އަކީ ޚިޔާލީ އެއްޗެއް ނަމަވެސް ސައުދީ އަރަބިއްޔާގެ 28 އަހަރުގެ ޒުވާނަކު މިވަނީ އެޒޮމްބީގެ ސިފަ ހަމަލޮލަށް ފެންނަ ގޮތް ހަދާފައެވެ.

ފާރިސް އަލް-މުއައިލީ ކިޔާ މިޒުވާނާ ވަނީ މޭކަޕް ކޮށްގެން މީހުން ޒޮމްބީ އަކަށް ބަދަލު ކޮށްފައެވެ. އޭނާގެ މޭކަޕްތަކަށް މިހާރު ވަނީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

ފާރިސް ބުނީ ތަފާތު އާދަޔާއި ހިލާފު މޭކަޕްތައް ކުރުމަކީ އޭނާ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެއް ކަމަށާއި އޭނާ މިމަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިން ކަމަށެވެ.

"ހަތް އަހަރު ކުރިން އަހަރެން މަސައްކަތް ކުރީ ވަރަށް އާދައިގެ ގޮތަކަށް. އޭރު އަހަރެންނަށް މާބޮޑު މައުލޫމާތެއް ވެސް ނުލިބޭ. މޭކަޕް ކުރާނެ ގޮތެއް ވެސް ނޭނގޭ. ނަމަވެސް އަހަރެން އަމިއްލައަށް ބައެއް ތަކެތި ހޯދައިގެން އަމިއްލަ އަށް މިކަން ދަސްކުރީ." ފާރިސް ބުންޏެވެ.

ފާރިސް މިހާރު ވެސް ގެންދަނީ ތަފާތު މޭކަޕްތައް ކުރާނެ ގޮތް ދަސްކުރަމުންނެވެ. މޭކަޕް ކުރާނެ ގޮތް އޭނާ ދަސްކުރަމުން ގެންދަނީ ތަފާތު މޭކަޕްތައް ކުރުމާއި ގުޅޭ ގޮތުން ލިޔެފައިވާ ފޮތްތައް ކިޔައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަޔާން

    ރީއްޗެއް ނޫން. މީ އިސްތިހާރެއްތަ.

    4
    1
  2. ވަހީދު

    އަރަބި ކަރަ ޔަހޫދީންގެ އަތް މައްޗަށް ދާނެ ކަމަށް ރަސޫލުﷲ (ސ) ހަދީސް ކުރެއްވުކުން، ސަހާބީން ދެންނެވި އެވެ. އެއިރު މުސްލިމުން ކޮބައި ހެއްޔެވެ. ޙަދީސް ކުރެއްވި އެވެ. هم قليل. އެމީހުންނަކީ މަދު ބައެކެވެ. ފިކުރު ކުރާ ބަޔަކަށް މިކަމުން ވެސް ފިލާވަޅު ލިބޭނެެެވެ.