މީގެ 3.5 ބިލިއަން އަހަރު ކުރިން ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ މާސްއަށް ބޮޑު ގިނި ހިލައެއް ވެއްޓި 1000 ފޫޓުގެ ސުނާމީއެއް އުފެދުނު ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މާސްއަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. މާސްއަކީ ދުނިޔެއާ 139 މިލިއަން މޭލު ދުރުގައިވާ ގުރަހައެކެވެ. ސައިންވެރިން ބުނާ ގޮތުގައި މީގެ 3.5 ބިލިއަން އަހަރު ކުރިން މާސްގައި ބޮޑެތި ކަނޑުތަކެއް ވެއެވެ.

ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މާސްގެ ބޮޑު ސަރަހައްދަކީ ކުރިން ބޮޑެތި ކަނޑުތަކެވެ. މި ކަނޑުތަކުގެ ފުން މިން ބައެއް ހިސާބުތަކުގައި 1.6 ކިލޯ މީޓަރު ހުރެއެވެ.

ސައިންވެރިންގެ މި ހޯދުންތަކަށް ބާރުދޭ ހެއްކަކީ މާސްގައި ހުރި ބޮޑެތި ވަޅުގަނޑު ތަކެވެ. ބައެއް ވަޅުގަނޑު ތަކުގެ ބޮޑު މިނުގައި 130 މީޓަރު އެބަހުއްޓެވެ.

މީގެ ކުރިން މާސްގެ ކަނޑުތަކުގައި ހުރި ފެންތަށް މި ގިނި ހިލައިގެ ބާރުގަދަ ކަމުން ހިނދެއް ފެށީ ކަމަށް ސައިންސްވެރިން ބުނެެެވެ. އެހެން ނަމަވެސް އަދިވެސް މާސްގައި ކޮންމެވެސް ވަރަކަށް ފެން އެބަހުއްޓެވެ.

ފެނަކީ ދިރުން ދެމިހުރުމަށް ބޭނުންވާ ވަސީލަތެވެ. މާސްގައި ފެން އުފެދޭ ގޮތާއި، ފެން ދައުރުވާ ގޮތް ސައިންސްވެރިންނަށް ހޯދިފައިއެއް ނުވެއެވެ. މާސް އަށް އިންސާނުން ކޮންމެވެސް ދުވަހަކުން ދަތުރުކުރުމަކީ އަދި ޚިޔާލެއް ނަމަވެސް، ސައިންސްވެރިންގެ އުއްމީދީ ވިސްނުމެވެ.

2025 ވަނަ އަހަރުގައި މާސް އަށް އިންސާނުންނާއެކު ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ މިހާރު ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަތްބޯ

    ތީ ހައްތާވެސް ދިވެހި މުސްލިމުންނަށް އޮޅުވާލަން މުޝްރިކުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތައް.

    12
    3