"ގެއްލޭ ބެޑްޝީޓަށް" ހާއްސަ ޑްރާމާއެއް މިރޭ ކުޅުދުއްފުށީގައި ކުޅެން އެރަށު މީހުން ތައްޔާރުވެއްޖެއެވެ.
ކުޅުދުއްފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިރޭ "ގެއްލޭ ބެޑްޝީޓް" ޑްރާމާ ކުޅުން އޮންނާނީ ދަމު ހިނގުމުގެ ހަރަކާތުގެ ތެރޭގައި ހިމެނިގެން އެރަށު ވެލިގަނޑު ސަރަހައްދުގައި ކަމަށެވެ.
ކުޅުދުއްފުށީ މަށި މާލި ޕެރޭޑްގައި "ގެއްލޭ ބެޑްޝީޓް" ތަމްސީލް ކޮށްދިނުމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ.
ކުޅުދުއްފުށީ މާލި ޕެރޭޑްގައި "ގެއްލޭ ބެޑްޝީޓެއް" ބޭނުން ކޮށްފައި ވަނީ ދާދިފަހުން ކުޑަކުދިންގެ ހިޔާ އިން ކުއްޖަކު ގެއްލުނީ އޭނާ ނިދާފައި އޮންނަނީ މުޅި ގައިގަ ބެޑްޝީޓް އަޅައިގެން އޮތުމުން ކަމަށް ދޭހަވާ ގޮތައް މިނިސްޓަރ ޝިދާތާ ނޫސްވެރިންގެ ބައްދަލުވެއްގައި ވިދާޅުވުމުންނެވެ.
ކުޅުދުއްފުށީ މާލި ޕެރޭޑަކީ ގަނާ އާއި ފުރައްސާރައިގެ އަމަލެއްގެ ގޮތުގައި މިނިސްޓަރ ޝިދާތާ ވަނީ ސިފަ ކުރައްވާފައެވެ. ނަމަވެސް މީގެ ކުރިން އެ ޕެރޭޑްގައި ސަރުކާރަށް ފާޑުކިޔުމުން މިނިސްޓަރ ޝިދާތާ ވެސް ހިމެނިވަޑައިގަންނަވާ، އޭރުގެ އިދިކޮޅު ފަރާތްތަކުގެ "ޝުކުރާއި، ތައުރީފް" ޕެރޭޑަށް ލިބެމުން ގޮސްފައި ވެއެވެ.
މީގެ ކުރިން ޢީދުތަކުގައި "ކަދުރު ފާތުމަ" އާއި "މޯޅި ނުވާ ފިނިފެންމާ" ފަދަ އިބާރާތްތަކުން ޔާމީންގެ ސަރުކާރަށް މަލާމަތްކޮށް ގެނެސްދިން މާލިތަކަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ތައުރީފް ވަރަށް ބޮޑަށް ލިބުނު މާލިތަކެކެވެ.
މިއަހަރު މާލި ޕެރޭޑަށް ވެސް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.
ދައިތަ ވާނެ މިޔާވެސް ހަވާލުވާން??
ކުޅުދުއްފުށީ މީހުން މޮޔަވީ... ހަހަހާ
ތި ސިދާތާޕާ އަކީ މިނިސްޓަރުކަމާ ދިދަޖެހި ކާރަކާ މަހަލު 70000 މުސާރައެއް ލިބޭތީ، ދުނިޔެއާއި އާހިރަތް ބޯލާލާޖަހާފަހުރި އަންހެނެއް.
މީހުން ބުލީކޮށް ނަފުސާނީގޮތުން އަނިޔާ ދިނުމަކީ މަޖަލެއްނޫން. މިހެންމިބުނަނީ މިފަދަ ކަމެއް ތަޖުރިބާ ކުރެވިފައި ހުރީމާ އެ ކިހާ ވަރެއްގެ ކަމެއްކަން އެނގޭތީ.
ބުލީކުރުމެއްނޫން މިއީކީ. ބޮޑެތިމަގާމުތަކުގަ ތިބޭއިރު މީހުންގެ ފާޑުކިއުން ހަޖަމްކުރަން ދަސްކުރަންވާނެ. މިއީ ޑިމޮކްރަސީ. ފެމިނިސްޓުންވެސް ހަޖަމް ކުރަންވާނެ.
އެމް.ޑީ.ޕީ މޮޔަގެރިތައް މޮޔަވީ. ކުޅުދުއްފުއްޓަކާ ނުކުޅެވޭނެ. ކަލޭމެން މޮޔަވެފަ ތިބޭ ބޮޑުވަޒީރު އައިސް ބޮނދު ބުޑަށް ސައިކިޔަންދެން.
ތި ޑުރާމާ ލައިވު ކުރާނެ ޗެނަލެއް ނެއްތަ؟
އެދައިތައަކީ ޔާމިނުސަރުކާރުގަ ކުޑަކުއްޖެއްގެމެ މަރުގެމައްސަލައެއްގަ އިހުމާލުވެގެން ވަޒީފާއިންވަކިކުރި ފަރުވާކުޑައަންހެނެއް ހަގީގަތްވާނީހަމަ ހަގީގަތައް ހަގީގަތައްއެޗެއްކުޅުނަކަސް މަލާމާތަކައްނުވާނެ އެއީވަރައްފަރުވާކުޑައަންހެނެއް
ސާބަހޭކުޅުދުއްފުށީމީހުނައް ތިވަރުގެގަޓުހުރިބަޔަކުނެތް މިރާއްޖެއަކު ކުޅުދުއްފުށީމީހުންނަކާނުޅެވޭނެދެންބާރައްއަތްޖަހާ
ސިދާތާ ބުންޏަސް އެޢީ ޖަލުތަކުންވެސް މީހުން ފިލަން ކުރާކަމެއް
That's the spirit
އަސްތާ ހާދަވަރެކޭ އެތިބަވަނީ އެމީހުން ނޮވެމްބަރު ތިނަކަށް ޖޯކްޖަހައިގެން ބީޗްގަ ކުޅިސަމާދެއްކިއިރު އެތައްޝަހީދުންގެ ހުރުމަތްކެނޑި އެނުވިކަމަކަށް ކުޅުދުއްފުށި ޕެރޭޑް ކުރިން ބޭއްވީމަ ވަރަށް ސަޅިވެފަމަޖާވި އެތައްބަޔަކަށް ބްލީކުރި ނަމަވެސް ނުވި ކަމަކަށް ނަމަވެސް މިފަހަރު ތިމާމެންނަށް ނިސްބަތް ވީމަ ގޯސްމިވީ އަދި އެކަމަށް އިންޒާރުދީ ބިރު ވެސްދައްކަނީ ހަމަތެދަކަށްވާތީތާ ބަލަގަ ބަޔަކު ތަމްސީލެއް ކުޅުނެކޭ ކިޔާފަ ތިޔަހާވަށް މޮޔަވާކަށް ނުޖެހޭ މީ ކުޅުދުއް ފުށީގެ ސަގާފަތުގައި ހިމެނޭ ކުޅިވަރުގެ ތެރެއިން ކުޑަކުޑަ މަންޒަރެއް ތަމްސީލަކަށް ބަދަލުވީ ހަޖަމްނުވާ ބަޔަކަށް މޮޔަވާތީ އިތުރަށް ހާމަކޮށްދޭން އެތައްބަޔަކު މިކަމަށް އެދިގެން ކުޅިވަރުގެ ފޯރިގަދަކޮން ނިންމާލަން ހެހެހެހޭ
ސާބަހޭ ކުޅުދުއްފުށީ ރައްޔިތުން
ރާއްޖެތެރޭ މީހުން ގޮތެއްފޮތެެއް ނުހުންނަނީ އިލްމު ނުލިބޭތީތަ؟ ނޫނީ ހަމަ ހުންނަ ޖާހިލުކަމުން ނުލަފާކަން އަރުވަނީބާ؟ މީހުންނަށް މަލާމާތްކޮށް ވައްތަރު ޖައްސާމީހުންނަށް ﷲ ލަޢުނަތް ލައްވާފަ އޮތް އާޔަތް ދައްކަބަލަ މީހަކު މިވެރިންނަށް.
އާހާހާ، އާ ދެސް ހޮޓް