ޕްރިޔަންކާ ޗޯޕްރާއަކީ މިހާރު އެންމެން ކަހަލަ ގޮތަކަށް ދަންނަ މޫނެކެވެ. ބޮލީވުޑްގައާއި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރިއެކެެވެ. މިހާރު އޭނާ ވަނީ ލަވަކިޔުންތެރިޔާ ނިކް ޖޮނަސް އާއި ކައިވެނިކުރުމަށްފަހު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށްފައެެވެ.

ދާދި ފަހުން މިދެމަފިރިން ވަނީ ލޮސް އެންޖަލަސްގެ ބެވެރްލީ ހިލްސްއިން ގަތް ފަސް ކޮޓަރީގެ ގެ ވިއްކާލާފައެވެ. 6.9 މިލިއަން ޑޮލަރަށް އެ ގެ ވިއްކާލިއިރު، މިހާރު ދެމަފިރިން ދަނީ ބޮޑު ގެއެއް ގަތުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު އެންމެންގެ ސަމާލުކަން ލިބިގެން އުޅެނީ ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި އޭނާ ދެއްކި ނިކްގެ އެނދުމަތީ ސިއްރުގެ ވާހަކައަށެވެ.

ޕްރިޔަންކާ ބުނީ، އޭނާ ހޭލާއިރު، ނިކް އޮންނާނީ އޭނާގެ މޫނަށް ބަލަހައްޓައިގެން ކަމަށެވެ. އެކަމާއި ވަރަށް އުނދަގޫވާ ކަމަށާއި، ނިކް އެގޮތަށް ބަލާތީ ކުޑަކޮށް މޭކަޕްކޮށްލަން ބޭނުންވާ ކަމަށް ޕްރިޔަންކާ ބުންޏެވެ. އެހެން ނަމަވެސް ނިކް ވަރަށް ސްވީޓް ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާއާއި ނިކްގެ ވާހަކަަތަކަކީ ގިނަބައެއްގެ ސަމާލުކަން ލިބެމުން އަންނަ ވާހަކަތަކަކަށްވީއިރު، އެވާހަކަތައް ވަނީ ގިނަބަޔަކު ފޮލޯ ކުރަމުންދާ ވާހަކަތަކަކަށެވެ. އެގޮތުން އެދެމީހުންގެ އުމުރު ތަފާތު ވިޔަސް ކައިވެނީގެ ގޮށް ޖަހާލެވޭނެ ކަމުގެ ޔަގީންކަން ދެ މީހުންވެސް ދިނެވެ. ޕްރިޔަންކާއާއި ނިކްގެ އުމުރުގައި 10 އަހަރުގެ ތަފާތު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަލީ

  ކީއްކުރަން ބާ އިނގިރޭސި ވިލާތައް ދިރިއުޅުން ބަދަލު ކުރަންވީ ..އެމެރިކާ ގަ އެއް ނޫންތަ ދިރި އުޅެނީ ..ލޮސް އެންޖެލިސް ބެވެލީ ހިލްސް

  31
  4
 2. ލޮލް

  ޕްރިޔަންކާ 10 އަހަރު ހަގު ޅަސޮރަކާ އިނީމަ މަހީކުރީ ސުނިޔަންކާވެސް އޭނާއަށްވުރެ 10 ނޫނީ 20 ވަރަކަށް އަހަރު ހަގު ސޮރަކާ އިންނާނެ ކަމަށް..! ނުވި ދޯ އެކަމެއް..؟!

  48
  21
  • އަލީ

   ކަލޭ އެހެން ހީކޮށްގެން އަނގަ މަށްޗަށް ޖަހައިގެން އޮވެބަލަ

   13
   3
   • އޭނަ

    މަލާމާތް ރައްދުކުރެވުނެވެ