އިންޑިއާގައި އުމުރުން 19 އަހަރުގެ ޒުވާން މާބަނޑު އަންހެނަކު ރޭޕްކޮށްފިއެވެ.

އިންޑިއާ ބަންސްވަރާގައި މި އަަންހެނާ ރޭޕްކޮށްފައި ވަނީ ފަސް މީހުންވެގެންނެވެ. އެ އަންހެން މީހާ އާއި އޭނާގެ ލޯބިވެރިޔާއާއެކު ކައިރި އަވަށަކަށް ދިޔަ މަގުމަތީގައި ލޯބިވެރިޔާ އަށާއި، އެ އަންހެން މީހާއަށް އަނިޔާކުރީ ކަނޑި ފަދަ އެއްޗެހި ބޭނުންކޮށްގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މިހާ ރޭޕްކުރިއިރު، އޭނާގެ ބަނޑަށް ފަސް ހަފްތާއެވެ. އަދި އެކަމާއި ގުޅިގެން އެ އަންހެން މީހާގެ ދަރިފުޅުވެސް ވަނީ ބައިގެން ގޮސްފައެވެ. އަދި އެ ޒުވާނާގެ ލޯބިވެރިޔާ ވަނީ އަމިއްލައަށް މަރުވެފައެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ، އެ ރޭގަނޑު 10:00 ޖެހިހާއިރު، ބައިސްކަލުގައި ދަތުރުކުރަމުން ދަނިކޮށެވެ. ސައިކަލުގައި ދަނިކޮށް އެ އަންހެން މީހާގެ ލޯބިވެރިޔާއާއި ކުރިމަތިލީ ތިން މީހުންނެވެ. އެ މީހުން އެ ފިރިހެން މީހާއަށް އަނިޔާކޮށް އޭނާގެ ފޯން ވަގަށް ނެގިއެވެ. އެންމެ ފަހުން ފިރިހެން މީހާ ޖެހުނީ ލޯބިވެރިޔާ ދޫކޮށްލުމަށްފަހު ދާށެވެ.

އަދި އެނބުރި ވިލޭޖަށް އައިސް އޭނާ ވަނީ އަމިއްލައަށް ދަން ޖެހިގެން މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ ގަހެއްގައި ދަން ޖެހިގެންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ކޯޓުގައި ބުނެފައި ވަނީ، މަސްތުހާލުގައި ހުރި ތިން މީހަކު އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ މީހުން ނޫޅޭ ތަނަކަށް ގެންގޮސް ކަމަށެވެ. އަދި އެ މީހުން އޭނާ ރޭޕްކުރި އިތުރު ދެ މީހަކުވެސް ގެނެސްގެން ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

އަދި އެ ފަސް މީހުން އެ އަންހެން މީހާ މަގުމައްޗަށް އެއްލާލީ އެރޭ 4:00 ޖެހި ހާއިރު ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެއުޅި

    މޯދީ ވެއްޖެއެއްނު ކަޝްމީރާ ނުހިފާ އޭނާގެ ގައުމުގެ އަންހެނުންނަށް އެގަުމުގައި ދިރިއުޅެވުނަދޭން