ނެޓް ފިލިކްސްގެ ފަހުގެ ބިރުވެރި ފިލްމް "އީރީ" ބެލި ގިނަ ބަޔަކު އެ ފިލްމު ބިރުވެރިކަމުން ލައިޓް ނުޖައްސާ ނިދަން ނުކެރުނު ވާހަކަ މި ވަނީ މީޑީއާތަކުގެ ސަމާލުކަން ލިބިފައެވެ.

ބިރުވެރި ފިލްމް "އީރީ " ފިލިޕީންސް ފިލްމެެކެވެ. މި ފިލްމަކީ އަންހެން ކުދިން ތިބޭ ކެތެލިކް ސްކޫލެއްގައި ކުއްލި ގޮތަކަށް ކުދިންތަކެއް މަރުވާން ފަށާ ދެން ހިންގާ ކަންކަމުގެ މައްޗަށް ބިނާ ކޮށް އުފައްދާފައިވާ ފިލްމެކެވެ.

ރިޕޯޓްތަށް ބުނާ ގޮތުން މި ފިލްމް ބެލި އެތަށް ބަޔަކު ވަނީ މި ފިލްމު ބިރުވެރިކަމުން އެކަނި ނިދަން ބިރުގަންނަ ކަމަށް ބުނެފައެވެ. އަދި ލައިޓް ނުޖައްސާ ނިދަންވެސް ބިރުގަންނަ ކަމަށް ބުނެފައެވެ.

އެކި ވެބްސައިޓް ތަކުގައި ވެސް މި ފިލްމަށް ވަނީ ވަރަށް ބޮޑު ރޭޓިން އެއް ލިބިފައެވެ.

އާއްމުކޮށް ބިރުވެރި ފިލްމްތަކުން ފެނިގެންދާ “ސިއްސަސިއްސާއިގެން” ދާ ފަދަ މަންޒަރުތައް އީރީ” ގެ މި ފިލްމުންވެސް ފެންނައިރު، އާންމުނަށް މި ފިލްމްތައް އެންމެ ކަމުދާ ސަބަބަކީވެސް މިއީކަމުގައި ވެދާނެއެވެ.

ނެޓްފްލިކްސް އިން މޮޅެތި ބިރުވެރި ފިލްމަތަކެއް ގެނެސްދީފައިވާއިރު، "އީރީ" އަކީ އޭގެ ތެރެއިން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު އެންމެ މަޤުބޫލުކަމެއް ލިބެމުން އަންނަ ބިރުވެރި ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު