މިއަހަރުގެ ބޮޑު އީދަކީ ހުރިހާ ގޮތަކުން ވެސް ތަފާތު އީދެކެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޮޑު އީދު ފާހަގަ ކުރީ ވަރަށް ފުރިހަމައަށެވެ.

އެގޮތުން ހއ އިހަވަންދޫ އަކީ ވަރަށް ވެސް ތަފާތު ކޮށް އީދު ކުޅިވަރު ކުޅުނު އެއްރަށެވެ. އީދު ކުޅިވަރުގައި ކުދި ބޮޑު އެންމެން ބައިވެރިވިއިރު، ގިނަބައެއްގެ ލޮލުގަައި އަޅައިގަތް އެއް ފޮޓޯއަކީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަންޕްގެ ސިފަ ފެންނަ ކޮސްޓިމްއެވެ.

ފޮޓޯ ކްރެޑިޓް: އޭއެސްޕީ ފޮޓޯގްރަފީ

"ވަގުތު" އަށް މައުލޫމާތު ދެއްވި އިހަވަންދޫގެ ރައްޔިތަކު ބުނީ އެރަށަކީ ޒަމާނުއްސުރެ ވަރަށް ފޯރީގައި އަޟްހާ އީދު ފާހަގަކުރަމުން އަންނަ ރަށެއް ކަމަށެވެ.

"ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ދަނީ ބައިވެރިވަމުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އީދު ކުޅިވަރު ބަލާލުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިރަށަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިސްފައި މިއަހަރުގެ ބޮޑު އީދުގެ ކުޅިވަރުތައް ފަށާފައިވަނީ ހައްޖު ދުވަހުގެ ރޭ " އޭނާ ބުންޏެވެ.

ފޮޓޯ ކްރެޑިޓް: އޭއެސްޕީ ފޮޓޯގްރަފީ

އާބާދީގައި 2500 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން އަންނަ އިހަވަންދޫގައި ހިންގާ އީދުގެ ހަރަކާތްތައް ބަލާލުމަށް އެރަށަށް ރަށްރަށުން ޒަމާސުރެން މީހުންދާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޮން

    2500 ހެއްނޫން 3500ހާގާތްކުރާވަރަށް މީހުން އުޅޭ

    1
    3
    • ނޭގެ

      3000 އަށްވުރެ ގިނަ

  2. އެފްރީކާގެޖަންގަލި

    މާލި ހެދުމާއި ސިފަބަދަލު ކުރުމަކީ ޢީދު ކުޅިވަރެއްނޫން އެއީ ޖާހިލިއްޔަތު ދިރުވުން،

  3. Anonymous

    އިހަވަންދޫ މީހުން ޓްރަމްޕުދެކެ ހާދަ ލޯތްބެއް؟ މަތިވެރި އީދުގަވެސް ކަފަރަކު ބަލަންވީ