ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް އާދަޔާ ހިލާފް ގާނުނުތައް ހަދާފައި ހުރެއެވެ. ބައެއް ގާނޫނުތައް އެއްވެސް ވަރަކަށް ހަމަނުޖެހޭ އިރު، މިފަދަ އިން އެންމެ ގިނައިން ގާނޫނުތައް ހަދާފައިވާ ގައުމަކީ އެމެރިކާ އެވެ.

އެ ޤައުމުގެ ގިނަ ސްޓޭޓް ތަކެއްގެ ގާނޫނު ބުނާ ގޮތުން، އާދިއްތަ ދުވަހު ކާރާއި، ސައިކަލާއި އެނޫންވެސް އިންޖީނުލީ އުޅަނދު ތައް ގަނެ ވިއްކައި، އޭގެ ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން 1000 ޑޮލަރު ނުވަތަ 15،420 ރުފިޔާ އިން ޖޫރި މަނާ ކުރެވޭނެއެވެ.

އެމެރިކާގައި ކާރު ވިއްކާ ކުންފުންޏެއް ކާރުތައް އަތުރާފައި

މިއީ އެ ގައުމުގެ ޕެންސިލްވޭނިއާ އާއި މިޗިގަންގެ އިތުރުން އެހެން 15 ސްޓޭޓެއް ގައިވެސް ގާނޫނު އޮންނަ ގޮތެވެ. ނަމަވެސް، ކުރީ ޒަމާނުގައި ހަދާފައިވާ މި ގާނޫނު މިހާރު އަންނަނީ ގިނަ ސްޓޭޓް ތަކަކުން އުވާލަމުންކަން ފާހަގަކޮށްލެވެއެވެ.

މި ގާނޫނު ހެދި ފަރާތްތަކުން މިކަން ކޮށްފައި ވަނީ އާދިއްތަ ދުވަހަކީ އެމެރިކާގައި ހަފްތާ ބަންދަށް ޗުއްޓީ ލިބޭ ދުވަސް ކަމުން އެ ދުވަހަކީ އެންމެން އަރާމު ކުރުމަށް ދޭ ދުވަހެއްގެ ގޮތުންނެވެ. ނަމަވެސް، ބައެއް ސްޓޭޓް ތަކުގައި މި ގާނޫނޫ އުވާލާފައި ވުމުން ވިޔަފާވެރިން އަންނަނީ އެ މީހުންގެ ސްޓޭޓުންވެސް އެ ގާނޫނު އުވާލުމަށް ގޮވައިލަމުންނެވެ.

މިކަމުގެ އިތުރުންވެސް، ގަބޫލު ކުރަން ދަތި އެތައް ގާނޫނެއް އެމެރިކާގައި ހަދާފައި ވެއެވެ.