އިންޑިއާގައި އުފައްދާފައިވާ އެޤައުމުގެ ޖައްވީ އުޅަނދު، "ޗަންދްރަޔާން-2" ދުނިޔޭގެ އޯބިޓް ހުރަސްކޮށްފިއެވެ.

އިންޑިއަން ސްޕޭސް ރީސާޗް އޯގަނައިޒޭޝަން (އައިއެސްއާރުއޯ) އިން މިކަން ހާމަކޮށް ބުނެފައިވަނީ، ދުނިޔޭގެ އޯބިޓު ފަހަނައަޅައި ޗަންދްރަޔާން-2 މިހާރު ދަނީ ހަނދަށް ދިއުމުގެ އެންމެ ފަހުގެ ދަތުރު ފަށާފައެވެ.

އިންޑިއާގެ ޖައްވީ އިދާރާގެ ސައިންސްވެރިން ލަފާކުރާގޮތުގައި، ޗަންދްރަޔާން-2 އަށް ހަނދާއި ހަމައަށް ދަތުރުކޮށް ހަނދުގެ އޯބިޓަސް ވަދެވޭނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު ހަނދުގެތެރެއަށް ވަދެ، ބިންފަދަ ފަށަލައަށް އެ އުޅަނދު އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ޖައްސާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

ދުނިޔޭގެ އޯބިޓުން މިއަދު ނިކުމެ ހަނދާއި ދިމާލަށް ޗަންދްރަޔާން-2 އިން މިސްރާބު ޖަހާފައިވާއިރު، އެ އުޅަނދު ދުނިޔެއިން ނައްޓާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު، އިންޑިއާގެ ސަތިޝް ދަވާން ސްޕޭސް ސްޓޭޝަނުންނެވެ. އެންމެ ފުރަތަމަ އެ އުޅަނދު އުދުއްސާލުމަށް ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 15 ވަނަ ދުވަހުގައި ކަމުގައި ވީނަމަވެސް، ބައެއް ޓެކްނިކަލް މައްސަލަތަކާއި ގުޅިގެން ދަތުރު ވަނީ ލަސްކޮށްފައެވެ.

މިއީ އިންޑިއާގެ ޖައްވީ އުޅަނދެއް ހަނދަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. އެ އުޅަނދު ޖައްސަން ހަމަޖެހިފައި ވަނީ ހަނދުގެ ދެކުނު ފަޅީގައެވެ. މިއީ މީގެ ކުރިން ހަނދުގައި ޖެއްސި އުޅަނދުތައް ތިރިކޮށްފައިވާ ސަރަޙައްދެއް ނޫނެވެ. ހަނދުގައި ހަރަކާތްތެރިވާ މި އުޅަނދު 14 ދުވަސް ވަންދެން ހަނދުގައި މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރި ވާނެ އެވެ. އެހެންކަމުން އެ ސަރަޙައްދުން އާ ހޯދުންތައް ހޯދައި، ތާރީޚުގެ ތެރެއަށް ވަނުމަށް އިންޑިއާގެ ސައިންސްވެރިން ދަނީ ތައްޔާރުވަމުންނެވެ.

ޖަޕާން ,ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން މީގެ ކުރިން ހަނދަށް އުޅަނދުތައް ކާމިޔާބުކަމާއެކު ފޮނުވާފައި ވެއެވެ. ނާސާ އިން މިހާރު ކުރިޔަށް ގެންދާ އެންމެ މުޙިންމު މިޝަނަކީ، އެ އިދާރާގެ ފަރާތުން އެސްޓްރޮނޯޓުން ދުނިޔެ އާއި ޖެހިގެން އޮންނަ ގުރަހަ (ޕްލެނެޓް)، މިއްރީޚު (މާސް) އަށް ފޮނުވުމުގެ މިޝަނެވެ. 2030 ވަނަ އަހަރު އަންނަން ވާއިރަށް އެ މިޝަން ކާމިޔާބުކަމާއެކު ފެށުމަށް އެ އިދާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަހުރަބު

    ކޮބާ ކޮމެންޓް ކުރާ ކުދީންތައް؟

    1
    6
  2. ސޯމަން

    ހުސް ފޭކު.

    2
    4
  3. ލޮލް

    ހަނދަށް ދިޔައީ މޯދީ!
    ދެންތެދުވެރި އަންނި!
    އިބޫ މިވަފުދު ޒިޔާރަތްކުރީ ހަނދުން ގޯތި ދޫކުރި ގޮތް ރަގަޅުތޯބަލަން އެތަނުގަ އޮތް ހާއްސަ ޖަލްްސާ އަށްް!