އިންގްލޭންޑުގެ ސިޓީއެއްގެ ގެތައް މަތިން ބޮޑު "ބޯބުރިއެއް" ފެނިގެން ގިނަ ބައެއްގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ދުވާލުގެ ވަގުތެއްގައި، މި "ބޯބުރި" ބްރިސްޓޯލް ސިޓީގެ މަތިން ދިޔަ މަންޒަރު ގިނަ ބަޔަކަށް ފެނިފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އެކަން އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެންގޮސްފައެވެ.

ނަމަވެސް މި "ބޯބުރި"އަކީ ބްރިސްޓޯލް އިންޓަނޭޝަނަލް ބެލޫން ފިއެސްޓާގެ ނަމުގައި ކުރިޔަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން އަރުވާފައިވާ ހޮޓް އެއާ ބެލޫނެއްކަން ފަހުން ވަނީ ހާމަވެފައެވެ. ސްޓާވާސްގެ ކެރެކްޓަރ، ޑާތް ވޭޑާގެ މާސްކު އަޅުވާފައި ހުރި މި ހޮޓްއެއާ ބެލޫން ގިނަ އިރުތަކެއް ވަންދެން އެ ސިޓީގެ މަތިން ދަތުރުކޮށްފައި ވެއެވެ.

މި ހަރަކާތް ހިންގި ބްރިސްޓޯލް އަކީ ސްޓާވާސް ސިލްސިލާގައި ޑާތް ވޭޑާގެ ރޯލުން ފެނިގެންދިޔަ ޑޭވިޑް ޕްރޮއުސް ނިސްބަތްވާ ސިޓީއެވެ. އޭނާ ކުޑައިން ފަށައިގެން އުޅުނީ އެ ސިޓީގައި ކަމަށްވާއިރު، ތައުލީމް ހާސިލް ކުރީވެސް އެ ސިޓީގެ ބްރިސްޓޯލް ގްރޭމާ ސްކޫލުންނެވެ.

ބްރިސްޓޯލްގައި ކުރިޔަށްގެންދިޔަ ހަރަކާތެއްގައި ޑާތް ވޭޑާގެ މާސްކު އަޅުވާފައިވާ ހޮޓްއެއާ ބެލޫނެއް ދޫކޮށްލާފައި ވަނީ، އެ ސިޓީއަށް ނިސްބަތްވާ މަޝްހޫރު ބައެއް ފަރާތްތަކަށް ޚާއްސަކޮށްގެންނެވެ. މި ހަރަކާތް ކުރިޔަށް އޮތް ދުވަސްތަކަށްވެސް ދެމިގެންދާނެ ކަމަށް ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާޫޫ މަަަރިޔަނާ
  2. ީިިގުދު