ލޯބިވެރިޔާއާއި އޮތް ލޯބީގެ ގުޅުން ކެނޑިއްޖެއެވެ. އެ މައްސަލާގައި ބަދަލު ހޯދުމުގެ ގޮތުން އެތައް ކަމެއް ކޮށްފައި އެބަހުއްޓެވެ. މިއީވެސް ބަދަލު ހިފުމުގެ ގޮތުން މީހަކު ކުރި ކަމެކެވެ. އިންޑޮނޭޝިއާއަށް ނިސްބަތްވާ ފިރިހެނަކު މި ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއަށް އަށް ކުރި ހަރަދުތަކުގެ ބަދަލު ހޯދުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

އަރިއަންޓޯ ނަމަކަށް ކިޔާ މި ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ ލިން އާއި ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހެޅީ ދެ މީހުންގެ ގުޅުން އިތުރަށް ކުރިއަށްގެންދަން ލިން ބޭނުން ނުވުމުންނެވެ.

އަދި މިހާރު އޭނާ ޑިމާންޑް ކުރަނީ ލިންގެ އަތުން 40 މިލިއަން އިންޑޮނޭޝިއާ ރުޕިޔާ ހޯދުމަށެވެ.

އަރިއަންޓޯ ލިން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، އޭނާ އުޅުނީ އިތުރު ދެ ކައިވެނިކޮށްގެންނެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ލިން އެހެން މީހަކާއި ކައިވެނިކޮށްފިނަމަ ބަދަލުގެ ގޮތުގައި، ލިން އޭނާއަށް ދޭން ޖެހޭ ފައިސާ އިތުރު ކުރާނެ ކަމަށެވެ.

މި މައްސަލަގައި މި ދެ މީހުން ކޯޓަށް ގޮސްފައި ވަނީ ޖުލައި 31 ވަނަ ދުވަހުއެވެ. ކޯޓު ތެރޭގައި މި ދެ މީހުން އުޅުނުގޮތުން ފަނޑިޔާރަށްވެސް އުނދަގޫވެ މި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ފަނޑިޔާރު އެދުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިހާރު އެ ލިންވެސް މަސައްކަތް ކުރަނީ، އަރިއަންޓޯއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާށެވެ. އޭނާ މައްސަލަ ހުށަހަޅަން ނިންމި މައްސަލައަކީ، އެރިއަންޓޯ އެގެއަށް ގޮސް އެ ގެއިން ފެންބުއި ކޮންމެ ފަހަރެެއްގެ ބަދަލު ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    އެޑުވާންސްއަށް ލޯނު ނެގީދޮތަ