ސައިންސާއި ޓެކްނޮލިޖީގެ ރޮނގުން ދުނިޔެ މިދަނީ ދުވަހަށް ވުރެއް ދުވަހެއް ކުރިއަރަމުންނެވެ. އިއްޔެ ވުޖޫދުގައި ނެތް އެތަށް ތަކެއްޗެއް އަދު މިވަނީ އުފެއްދިފައެވެ. ސައިންސާއި ޓެކްނޮލިޖޫގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ފަސޭހަ ވެގެން ދިޔަ އިރު 2025 ބަނަ އަހަރު އަންނަންވާއިރަށް ސައިންސްގެ ރޮނގުން ދުނިޔެ ހޯދާނެ ބައެއް ކާމިޔާބީތަކަށް ތިރީގައި އެވަނީއެވެ.

އުދުހޭ ކާރު އާންމު ވުން

2025 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގައި އުދުހޭ ކާރު ގިނަ ވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ޓެކްނޮލޮޖީގެ އެހީގައި އުދުހޭ ކާރު އުފައްދައިފައިވާއިރު ރަސްމީ ސިފައެއްގައި އެ ބޭނުން ކުރަން އަދި ނުފަށައެވެ. އުދުހޭ ކާރު ބާޒާރަށް ނެރުމުން މަގުމަތީގެ ޓްރެފިކަށް އެދެވޭ ހައްލެއް ލިބިގެން ދާނެ ކަމުގައި ކަމާ ބެހޭ މާހިރުން ބުނެއެވެ.

ބަންދުކޮށްފައި ހުންނަ ތަންތާނގައި ތަރުކާރީއާއި މޭވާ ހެއްދޭނެ އިންތިޒާމު ހަމަޖެހުން

އިރުގެ އަލި ބޭނުން ނުކޮށް ދަނޑުވެރިކަމުގެ ގިނަ ބާވަތްތަށް ހެއްދުމަކީވެސް ސައިންސްގެ އެހީގައި މުސްތަގުބަލުގައި ކުރަން ނިންމާފައިވާ ކަމެކެވެ. ގަހުގެ ޖީން ބަދަލުކޮށްގެން އަތްވާ ނުލާވެސް ތަރުކާރީއާއި މޭވާ އޭގެ ފުރިހަމަ ކަންމަތީ ހެއްދޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އެދުވަސް 2025 އަންނަ އިރު ފެންނާނެއެވެ.

ޑައިބެޓިސް އަށް އަވަސް ފަރުވާއެއް ހޯދުން

ޑައިބެޓިސް ނުވަތަ ހަކުރު ބައްޔަކީ އެބަލީގެ ޝިކާރައަކަށް އެތަށް ބައެއް ވެފައިވާ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް 2025 ވަނަ އަހަރު އަންނަން ވާއިރަށް އެބައްޔަށް އެދެވޭ ފަރުވާއެއް ހޯދޭނެއެވެ. އެގޮތުން ޑައިބެޓިސް ނުޖެހޭ ގޮތަށް އިންސާނުންގެ ޖީން މޮޑިފައި ކުރެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އިއާދަކުރަނިވި ހަކަތަ

2025 ވަނަ އަހަރު އަންނަ އިރު ސޯލާ ޕެނަލް އިން ކަރަންޓް އުފެއްދުން އާންމު ވެގެން ދާނެއެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުވެ އިއާދަކުރަނިވި ހަކަތައަށް އިންސާނޫން ބަރޯސާ ވާނެއެވެ.

ހުރިހާ އެއްޗަކީ އިންޓަނެޓް

މިހާރު ވެސް އިންޓަނެޓް ވަނީ ވަރަށް ބޮޑަށް އާންމު ވެފައެވެ. އަދި 2025 ވަނަ އަހަރު އަންނަ އިރު މިހާރަށް ވުރެ މާބޮޑަށް އިންޓަނެޓް އާންމު ވެގެންދާނެއެވެ. ގޭގެ ލައިޓްތައް ނިއްވުމާއި ހަމައިން ގޮސް މަގުމަތީގައި ދުއްވާ ވެހިކަލްތަކުގެ ކޮންޓްރޯލް ވެސް އިންޓަނެޓް ހޯދާނެއެވެ.

ޕްލާސްޓިކް ފެންފުޅިއެއް ނުހުންނާނެ

ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ވެސް 2025 އަންނަ އިރު ނިމުމަކަށް އަންނާނެއެވެ. އެއާއި އެކު މިހާރު އެންމެ ބޮޑުވެފައިވާ ޕްލާސްޓިކްގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިލްސް

    ކާކަށް އިނގޭނީ ދުނިޔެ އޮންނާނެ ކަމެއް؟

  2. ހަމްދާ

    2025 އަންނަންވާއީރައް އެމެރީކާއާއީ ޗައީނާއީން ބޮޑު ނީއުކުލީއާ ހަނގުރާމައެއްކޮއް ދުނީޔޭގެ 2 ބައީ ކުޅެ އެއްބައީ އަންދާލާވެސްފާނެ.. އޭރުން ދީވެހީން ޖެހޭނީ މަގޫފަތް ކާން.. މީތާގަ މީހާރު މީއުޅޭ ސަރުކާރަކުންވެސް އުފެއްދުންތެރީކަމަކައް އެއްވެސް ޝައުގެއް ނުހުރޭ.. ޓުއަރީޒަމައް ޑީޕެންޑުވެގެން ދަރާވީކީގެންވެސް އުޅެނީ ފާޑު ފާޑުގެ ކާތަކެތީ އީމްޕޯޓު ކުރެވޭތޯ..