އަހަރުމެންގެ ސޯލާ ސިސްޓަމަށް ދިރުން ގެނެސްދޭ ތަރި (އިރު) ގައި ބާރުގަދަ ގޮވުމެއް (ސޯލަރ ފުލެއާ) އެއް އުފެދިއްޖެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.
އިރުގައި އުފެދޭ ސޯލާ ފުލެއާއަކީ އިރުގެ ބޭރު ފަށަލާގައި އުފެދޭ ގޮވުންތަކުގެ ސަބަބުން ދުނިޔެއަށް ފެންނަ އައްޔަށް ސައެންސްވެރިން ދީފައިވާ ނަމެކެވެ.
މިފަދަ ބާރުގަދަ ގޮވުންތަކާއެކު އިރުގައިވާ ވަރުގަދަ ރޭޑިއޭޝަންގެ ދޯދިތަށް ކައުނުގެ ތެރެއަށް ދޫވެގެންދެ އެވެ. މީގެ ސަބަބުން ދުނިޔޭގެ ދިރުން ތަކަށް ނުރައްކާވެއެވެ.
ނާސާައިން ބުނީ މިފަހަރު ފެނިފައިވާ ސޯލާ ފުލެއާ އުފެދިފައި ވަނީ މިމަހު 13 ވަނަ ދުވަހު ކަމަށެވެ. ނާސާގެ ސައިންވެރިން ބުނީ މި ބާރުގަދަ ގޮވުމާއި އެކު ރޭޑިއޭޝަންގެ ވަރުގަދަ ވިލާގަނޑެއް ގަޑިއަކު ދެ މިލިއަން މޭލުގެ ބާރުމިނެއްގައި ކައުނު ތެރެއަށް ދޫވެގެން ދިޔަ ކަމަށެވެ.
މި ފަހަރު ގޮވި ބޮޑު ގޮވުން ގޮވީ އިރުގެ ދުނިޔޭ އާއި ވީ ފަޅީގައި ނޫން ކަމުން މިފަހަރު އުފެދިފައިވާ ސޯލާ ފުލެއާގެ ސަބަބުން ދުނިޔެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ނާސާއިން ބުނެއެވެ.
ދުނިޔޭގެ ވަށައިގެންވާ މެގްނެޓިކް ފީލްޑުގެ ސަބަބުން ސޯލާ ފުލެއާގެ ރޭޑިއޭޝަންގެ ސަބަބުން ކުރިމަތިވާނެ އެންމެ ނުރައްކާތެރި އަސަރުތަކުން ދުނިޔެއަށް ރައްކާތެރިކަން ލިބުނަސް މީގެ ކުރިން އުފެދިފައިވާ ބައެއް ސޯލާ ފުލެއާތަކުގެ ސަބަބުން ދުނިޔެއަށް އަސަރުކޮށްފައިވެ އެވެ.
މިފަދަ ފުލެއާތަކުން އުފެދޭ ރޭޑިއޭޝަނާއެކު ބައެއް ގައުމުތަކުގެ ކަރަންޓު ގުރިޑްތައް ހަލާކުވެ، ސެޓެލައިޓްތަކަށް ގެއްލުންވުމުގެ ރިޕޯޓްތައް މަދު ފަހަރަކު ނަމަވެސް ލިބިފައިވެއެވެ.
އަރޯރާ ފެންނަނީ ދުނިޔޭގެ ނޯތް އާއި ސައުތް ޕޯލް އިން...
ތީ ދިވެހި މުސްލިމުން އޮޅުވާލަން ބުނާ ވާހަކައެއް. ނިކަން ތިޔަ ގޮވި ގޮވުމެއް ދައްކަބަލަ.
ހޯދުން ތަކުން ހޯދީމާ ފެންނާނެ އިރުގަ އަބަދުވެސް ގޮވުންތައް ގޮވާ ސޯލާ ފްލެއާރސް އެއީ އަބަދު އުފެދޭ އެއްޗެއްކަން. އެ ސޯލާ ފްލެއާރސް އިން ދުނިޔެ ހިމާޔަތް ވަނީ ދުނިޔޭގަ ވާ މެގްނެޓިކް ފީލްޑްއިން. ހޯދުންތަކުން ހޯދީމާ ބުއްދި ގަބޫލު ކުރެވޭނެ މިއީ ތެދު ކަން.
ދެން އެ މެގްނެޓިކް ފީލްޑް އުފެއްދި ފަރާތެއްގެ ހުސްތޯހިރުވަންތަކަމާއެވެ.