މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ އިން ދޮންކެޔޮ ހުސްވެދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

އެގޮތުން އެންމެ އަވަހަށް ހުސްވެދާނެ ކަމަށް ބެލެވެނީ ދޮންކެޔޮގެ ބާވަތެއް ކަމުގައިވާ ކަވެންޑިޝް ބަނާނާ ކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން އިންޒާރުދިން ގޮތުގައި މި ދޮންކެޔޮގެ ބާވަތް ހިމާޔަތްކޮށް، ދިރުވާ އާލާ ނުކުރެވިއްޖެނަމަ މުސްތަގުބަލުގައި ކާން ބޭނުންކުރާ ދޮންކެޔޮގެ ބާވަތްތައް ދުނިޔެއިން ނެތިގެން ދިއުމަކީ ދުރުގައިވާކަމެއް ނޫނެވެ.

މި ބާވަތަކީ ވަރަށް ފަސޭހައިން ނުރައްކާތެރި ވައިރަސްތަކަށް ހަމަލާދެވޭނެ ބާވަތަކެވެ. އާންމުކޮށް ދޮންކެޔޮ ގަސް މަރުވަނީ ޕަނަމާ ބަލީގެ ސަބަބުންނެވެ. ނަމަވެސް ސައިންސުވެރިން ބުނި ގޮތުގައި މި ގަސްތަށް މަރުވީ އެ ބަލިޖެހިގެނެއް ނޫނެވެ. ދުނިޔެ ހޫނުވެގެން އާލާވާނެ މާހައުލެއް ނެތިގެންނެވެ.

"ކެވެންޑިޝް" ބާވަތުގެ ދޮންކެޔޮލުގެ އެތެރޭގައި އޮށެއް ނުހުންނާނެ އެވެ. މި ބާވަތުގެ ނިރަކީ އޮށް އިންދައިގެން ފަޅުވާ ގަހެއްވެސް ނޫނެވެ. މި ނިރު ހެދޭނީ މި ބާވަތުގެ އެހެން ގަހަކުން ފަޅާ އާ ކުރިއަކުންނެވެ. މީގެ މާނައަކީ މި ބާވަތުގެ އެންމެ ގަހެއްގައިވެސް ވައިރަސްއެއް ހުރިނަމަ ދެން އަލަށް ފަޅާ ނިރުގައިވެސް އެ ބާވަތުގެ ވައިރަސް ހުންނާނެ އެވެ.

ސައިންސްވެރިން ވަނީ ދޮންކެޔޮގެ ހުރިހާ ބާވަތެެއް ހިމާޔަށް ކުރަން އެ ބާވަތްތަށް ދިރުވާ އާލާ ކުރަން ޖެހޭ މަސައްކަތް އިތުރު ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ދޮންކެޔޮ އިންޑަސްޓްރީ އަކީ 36 ބިލިޔަން ޑޮލަރުގެ އިންޑަސްޓްރީ އެކެވެ. ދޮންކޭލަކީ ވަރަށް ފަސޭހައިން ހަލާކުވާ މޭވާއެކެވެ. މާކެޓުތަކުގަ ޕެކް ކޮށްފަ ހުންނަގޮތަކުން ވެސް ދޮންކެޔޮ ހަލާކުވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާމިޒު

    ޢަވަހަށް ނާސްތާ ޕްރޮގްރާމް ހުއްޓާލާ

    8
    1
  2. ކާފު

    ނިހާނުމެން ތިހެން ތިކަންވާކަށް ދޫނުކުރާނެ

    3
    3
    • Anonymous

      ގޯތި ވަށައިގެން ޕާކު ހެދީމަ ހުންނާނީ ރަނގަޅަށް ?

  3. އ. ޖ. އ

    ކޮންމެސް މީހަކު މިސޮރަށް ލާރި ކޮޅެއް ދީބަލަ

  4. Aishath nausheen

    ????

  5. Aishath nausheen