ކަޝްމީރުގައި ދިރިއުޅޭ ހިންދޫންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު “ދަ ކަޝްމީރު ފައިލްސް”ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ “ދަ ކަޝްމީރު ފައިލްސް” ފިލްމެއް އަންނަ އަހަރު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ކަޝްމީރަށް ބިނާކުރާ މި ފިލްމާ ބެހޭ ގޮތުން ވިވެކް ބުނީ ފިލްމެއް ހަދަން އޭނާ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެއެވެ. އަދި އެންމެ ފަހުން މިކަން ހަގީގަތަކަށްވާ އިރު، ބެލުންތެރިން ޝައުގުވެރިވާ ކަހަލަ ފިލްމެއް ގެނެސް ދޭވޭނެ ކަމަށް އޭނާ ބުންޏެވެ.

ކަޝްމީރުގައި ދިރިއުޅޭ ހިންދޫންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

ވިވެކް ބުނި ގޮތުގައި "ދަ ކަޝްމީރު ފައިލްސް" ގައި އެތަނުގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ވަރަށް ބޮޑަށް ގެނެސްދޭނެ އެވެ.

ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ވަނީ މިދިޔަ އެޕްރީލް މަހު “ދަ ތަޝްކެންޓް ފައިލްސް” ގެނެސް ދީފައެވެ.